Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ. ވިހަފަރު

އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ، އަދި މަޝްރޫއު ވެސް ނުފެށޭ: އީއާރުއޭގެ ޗީފް އެގްޒެކެޓިވް

ނ. ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށިކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ހަދާފައިނުވާކަން އީއާރުއޭ އިން ވަނީ ކަށަވަރުކޮށްދީފައި. ތިމާވެށީގެ ގާނޫނާ އެއްގޮތަށް އީއައިއޭ ފާސްނުކޮށް މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އީއާރުއޭ އިން ބުނޭ.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 10:58
ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން - 29 ޖެނުއަރީ 2026.

ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން - 29 ޖެނުއަރީ 2026. | ސްކްރީން އިމޭޖް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނ. ވިހަފަރުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި އިރު އެ މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު (އީއައިއޭ) ނުހަދާކަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ކަށަވަރު ކޮށްދީފި އެވެ.

ސަރުކާރުން މަޝްރޫއު ފެށިކަމަށް ބުނެފައިވާ އިރު، ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައިވަނީ ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭ ފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓެއް ހަދާ ހުށަހަޅަން ވާނެ ކަމަށެވެ. 

Advertisement - newsAdvertisement
ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން - 29 ޖެނުއަރީ 2026.
ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން - 29 ޖެނުއަރީ 2026.

"ހުރިހާ ފަރާތަކަށް ވެސް އެނގޭނެ އީއައިއޭ ރިޕޮސިޓްރީ އަކީ ޕަބްލިކް (އެއްޗެއްކަން) ... ޕްރޮޖެކްޓާ ގުޅުން ހުރި ރިޕޯޓް ގެ މަރުހަލާތައް މިހާރު ކުރިއަށް ދަމުން ދަނީ،" އީއާރުއޭގެ ޗީފް އެގްޒެކެޓިވް ވިދާޅުވި އެވެ. 

އީއާރުއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ރާއްޖެ ޓީވީ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، "ކުޑަ ލޭންޑިން އޭރިއާ އެއް" ހަދަން އެއް ދުވަހުގެ މުއްދަތުގެ ހުއްދަ އެއް ދީފައިވާ ކަމަށާއި، "އެއީ މަޝްރޫއުގެ ބައެއް ނޫން،" ކަމަށެވެ. 

އޭނާ ވިދާޅުވީ، އެއީ ވަކި ކުޑަ ކަމަކަށް އިންނަ ޕާމިޓެއް ކަމަށާއި އެއީ އެންމެ ދުވަހަކަށް ދިން ޕާމިޓެއް ކަމަށެވެ.

ހައްސާން ވިދާޅުވި ގޮތުން އަދި ވިހަފަރު ގެ މަޝްރޫއުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެއެވެ. އޭނާ ވިދާޅުވީ، މަޝްރޫއު ކުރިއަށް ދާނީ، ތިމާވެށީގެ ހުއްދަތައް ލިބި، އެންވަޔަރަންމަންޓަލް ކްލިއަރެންސް ޕްރޮސެސް ނިމުމުން ކަމަށެވެ.

އީއާރުއޭގެ ޗީފް އެގްޒެކެޓިވް މިހެން ވިދާޅުވި ނަމަވެސް  ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ މި ކަމާ ގުޅޭ ޚަބަރު ގައި ސާފު ކޮށް ބުނެފައިވަނީ "ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ،" ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކޭނެ ކަމަށާއި، އެ ރަސްމިއްޔާތުގައި "ޢަމަލީ ގޮތުން މިމަޝްރޫޢު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު،" ކަމަށް ރައީސް އޮފީހުން ހާމަ ކޮށްފައިވެ އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ސަރުކާރުގެ ޓީވީ - ޓީވީއެމް އިން ވަގުތުން ދުރަށް ދައްކަމުން ދިޔައިރު، ދެ ހައިމާކް ބާއްވައިގެން ކޮނެގެން ފަސްނަގާ އަޅަމުން ދިޔަ އިރު މުޅި ސަރަހައްދަށް ކިސަޑުތައް ފެތުރިފައިވާ މަންޒަރު ވެސް ދެއްކި އެވެ.

އީއާރުއޭގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ، އީއައިއޭ ރިޕޯޓު ފާސް ވުމުގެ ކުރިން "އުސޫލެއްގެ ގޮތުން މަޝްރޫއު ކުރިއަށް ގޮސްގެން ނުވާނެ،" ކަމަށެވެ.

ވަރަށް ސާފު ކޮށް އޭނާ ވިދާޅުވީ، 29 ވަނަ ދުވަހު ވިހަފަރުގައި ކުރިއަށް ދިޔައީ މަޝްރޫއު ފެށުން ނޫން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީއައިއޭ ރިޕޯޓު ހުށަހެޅުމުން، ރިވިއު ޕްރޮސެސް އިން ކުރިއަށް ގެން ގޮސްގެން ނޫނީ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށޭނެ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ، އޭގެ ކުރިން އެއްވެސް ކަމެއް ކުރިއަށް ގެންދާ ކަމަށް ރިޕޯޓެއް ލިބިއްޖެ ނަމަ، އެއީ ގާނޫނާ ޚިލާފަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. 

"އަޅުގަނޑަށް އެނގިގެން ވިހަފަރުގެ އީއައިއޭ އެއް ސަބްމިޓެއް ނުކުރޭ."

ހައްސާން ވިދާޅުވީ، ރިޕޯޓު ހުށަހެޅުމުން ރިޕޯޓު އާންމު ކޮށް ފެންނަން ހުންނާނެހެން އީއާރުއޭގެ ވެބްސައިޓް ގައި ޝާއިއު ކުރާނެ ކަމަށެވެ.

ނ. ވިހަފަރުއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ހައްސާން މުހައްމަދުތިމާވެށި ހަލާކު ކުރުމުގެ ޖަރީމާ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި

02 ފެބުރުއަރީ 2026
ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި
01 ފެބުރުއަރީ 2026

ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި

01 ފެބުރުއަރީ 2026
ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި
29 ޖެނުއަރީ 2026

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު