Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. ވިހަފަރު

ތިމާވެށީގެ ގާނޫނާ ޚިލާފަށް މަސައްކަތް ފެށި ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް ހުށަހަޅައިފި

އެމްޑީޕީގެ މެންބަރު މާޒް ސަލީމް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފައިވަނީ ނ. ވިހަފަރު ހިއްކުމުގެ މަޝްރޫޢުގައި ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނާ ޚިލާފަށް އީއައިއޭ ރިޕޯޓާއި ހުއްދަ ނެތި މަޝްރޫޢު ހިންގާތީ. މަޝްރޫޢުގެ ސަބަބުން މުޅި ސަރަހައްދުގެ މޫދަށް ކިސަޑު ފެތުރިގެން ފަތުރުވެރިކަމާއި މަސްވެރިކަމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް މައްސަލައިގައި ބުނެފައިވޭ. މާޒް ވަގުތީ އަމުރެއް ނެރެ މަޝްރޫޢު ހުއްޓުވުމާއި މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 12:15
ނޫނު އަތޮޅު ވިހަފަރުގައި އެއާޕޯޓެއް ތަރައްޤީކުރުމަށްޓަކައި ގަވައިދާ ޚިލާފަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެޑައިގެންފައި.

ނޫނު އަތޮޅު ވިހަފަރުގައި އެއާޕޯޓެއް ތަރައްޤީކުރުމަށްޓަކައި ގަވައިދާ ޚިލާފަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެޑައިގެންފައި. | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނާއި ޚިލާފަށް ރާއްޖޭގެ ފަޅުތައް ހިއްކަމުން ގެންދިޔުމުގެ ތެރެއިން ގާނޫނާ ޚިލާފަށް ނ. ވިހަފަރުގެ މަސައްކަތް ފަށާފައިވާތީ އެކަން ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް މައްސަލަ ހުށަހަޅައިފި އެވެ.

މައްސަލައިގައި ބުނެފައިވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ މަސްވެރިމުގެ ސިނާއަތަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންވަމުންދާތީ އެމައްސަލަ ބަލާ ތަހުގީގު ކޮށްދިނުމަށް އެދޭ ކަމުގަ އެވެ.

Advertisement - newsAdvertisement

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އާދިއްތަ ދުވަހު ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ  ގާނޫނު އަސާސީގެ 22 ވަނަ މާއްދާގެ އިތުރުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނާއި ޚިލާފަށް ނ. އަތޮޅުގެ ވިހަފަރު ހިއްކަން ފަށާފައިވާ ކަމަށެވެ.

މައްސަލައިގައި ބުނީ މި މަޝްރޫއު ފެށިއިރު ގާނޫނު އަސާސީ އާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު ބުނާ އެއްވެސް ލިޔެކިޔުމެއް އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ގާނޫނުގައި އެބުނާ އެއްވެސް ހުއްދައެއް މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް އެ އޮތޯރިޓީން ދީފައި ނެތް ކަމަށާ އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ސަރުކާރުގެ ޓީވީ ސްޓޭޝަން އިން ލައިވްކޮށް ދުރަށްދައްކަމުން ގެންދިޔަ މަންޒަރުތަކުން ފެންނަގޮތުގައި ދެ ހައިމާކު ބާއްވައިގެން އެތަން ކޮނެ ވެލިއަޅަމުން ގެންދިޔައީ ކިސަޑު ކޮންޓުރޯލް ކުރުމަށްޓަކާއި ގާނޫނާއި ގަވާއިދު އެބުނާފަދަ ސަލާމަތީގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ވެސް ނާޅާ ކަމަށެވެ.

އޭގެ ސަބަބުން މުޅި އެސަރަހައްދުގެ މޫދަށް ކިސަޑުތައް ފެތުރި ފަރުމައްޗަށް ކިސަޑުތައް ފައިބައިގެން ދިޔަމަންޒަރު ދައުލަތުގެ ޓީވީ ޗެނެލުން ދުރަށް ދައްކާފައި ވާ ކަމަށް މައްސަލައިގައި ފާހަގަ ކޮށްފައި ވެ އެވެ. ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިކަމާއި ގުޅިގެން އީއާރުއޭ ގެ ވެބްސައިޓް ބެލި އިރު ވިހަފަރު ތަރައްގީ ކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ތައްޔާރު ކޮށްފައިވާ އީއައިއޭ ރިޕޯޓު ވެސް އަދި އެކަމަށް ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް ވެސް ފެންނަން ނެތް ކަމަށެވެ. 

ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން، އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދާ ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، އެޕްރޮޖެކްޓެއް ހުއްޓުވުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވާ ކަމަށާއި  އަދި މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެ ކަމަށް ވެސް އެމާއްދާގައި ބަޔާންކޮށްފައިވެ އެވެ. 

މީގެ ކުރިން މިފަދަ ގޮތަކަށް އެއްވެސް މަޝްރޫއު އެއް ފެށިކަން އެނގިއްޖެ ނަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެ މަސައްކަތް ހުއްޓުވާ އެކަން ކުރި ފަރާތެއް ބޮޑެތި އަދަދުތަކުން ޖުރިމަނާ ވެސް ކުރެ އެވެ. އެހެން ނަމަވެސް ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް މުއިއްޒު ސަރުކާރުން ކުރާ މިފަދަ އެއްވެސް ކަމެއް މިހާތަނަށް ހުއްޓުވާ އެއްވެސް ފިޔަވަޅެއް އަޅާފަ އެއް ނުވެ އެވެ.

މި ގަވާއިދުގައި ބުނާ ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހަދަން ޖެހޭ ޙާލަތެއްގައި އެފަދަ ރިޕޯޓެއް ހަދާފައި ނުވާނަމަ ދެ ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމަށް މައްސަލައިގައި ވެ އެވެ. އަދި ފިޔަވަޅު އަޅާ ފަރާތުގެ މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށާ އެހެންކަމުން ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގައި ސާފު ކޮށް ބުނެފައިވާ ގޮތުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ގޮތުގެ ރިޕޯޓާ މެދު ނިންމި ގޮތުގެ ލިޔުން ނެތި މަޝްރޫއު ހިންގުމަކީ އަދަބު ދެވޭނެ ކުށެއް ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ. 

 މައްސަލަ ހުށަހެޅުއްވުމަށް ފަހު ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން މާޒް ވިދާޅުވީ މިއީ ގާނޫނުން ލާޒިމު ކޮށްފައި އޮތް ކަމެއް ނަމަވެސް މިއަދު ގާނޫނު ޕެރަލައިޒުކޮށް ތިމާވެށީގެ ކަންކަން ހިނގާ ނުހިގާގޮތް ބެލުމަށް އޮތް ވުޒާރާގެ ވަޒީރުން ފެށިގެން މުވައްޒަފުންގެ ބާރުވެސް ކަނޑުވާލާފައިވާ ކަމަށެވެ.

އެގޮތުން ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހަދަން ޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާ ބެހޭ ގަވާއިދަށް ކުއްލި އަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ލުއިތަކެއް ދީފައިވާ އިރު އެކަންކަން އެހެން ކުރުމުގެ މަގުސަދަކީ ތިމާވެށި ގުރުބާން ކޮށްގެން ތަރައްގީގެ ނަމުގައި ހިންގާ ބޮޑެތި މަޝްރޫއުތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ކޮންޓްރެކްޓަރުންނަށާއި، ސަރުކާރުގެ ތެރޭގައި ހިމެނޭ ވަކިބަޔަކަށް ނާޖާއިޒު ފައިދާ ބޮޑަށް ލިބޭނެ މަގު ތަނަވަސްކޮށް، އަދި ސަރުކާރުން ސިޔާސީ މަންފާ ހޯދުމުގެ ނުބައި ނިޔަތުގައިކަން ދަލާލާތު ކޮށްދޭ ކަމަށް ވެސް މާޒް ވިދާޅުވި އެވެ. 

މާޒް ވިދާޅުވީ ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ އޮތޯރިޓީ ގެ ފަންނީ މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ތާށި ކޮށްފައި ކަމަށެވެ. އެމީހުންނަށް އަންގާފައި ވަނީ ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް މަތިކޮށްފައިވާ ވަޒީރު ގެ ހުއްދަ ނެތި ޝަކުވާ ތަކާއި މައްސަލަތައް ނުބެލުމަށާއި، އަދި ވަޒީރު އަންގާ ގޮތެއްގެ މަތީން މަޝްރޫޢުތަކަށް ހުއްދަ ދެމުން ގެންދިއުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އެހެންކަމުން މާޒް އެދިވަޑައިގަތީ ވަގުތީ އަމުރެއް ނެރެގެން ނ. ވިހަފަރު ގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވާ އަދި އަވަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރުމާއެކު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންނ. ވިހަފަރުއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީމާޒް ސަލީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

27 ޖެނުއަރީ 2026
ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

17 ޖެނުއަރީ 2026
ހުޅުމާލޭ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ލަގްޒަރީ ހައުސިން އަށް އެޗްޑީސީ އިން ދިން މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ލަގްޒަރީ ހައުސިން އަށް އެޗްޑީސީ އިން ދިން މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު