Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް، ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ދެވަނަ ދައުރެއް ނުލިބޭނެ: އިބްރާހިމް ރަޝީދު

އިބްރާހިމް ރަޝީދު ވިދާޅުވީ ގިނަ ފައިސާ ހޯދުމަށްޓަކައި އެ ޕާޓީއަށް މީހުން ރަޖިސްޓްރީކޮށް، އެންމެ ބޮޑު ޕާޓީ ކަމަށް ކަނޑައަޅާފައިވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ ޖަގަހަ އާއި އޮފީސް އިމާރާތްކޮށް، އެތަން ހުޅުވާފައިވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 06:55
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް ކަމަށާއި، ބާރުގެ ބޭނުން ކޮށްގެން ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް  ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮތެއްފޮތެއް ނެތް ކަމަށާއި، ގައުމާ ވެރިކަން ހިންގަން ޖެހޭ އުސޫލުތަކާއި ގޮތްތައް ލިޔެފައިވާ ފޮތެއް ދިން ނަމަވެސް އެއަށް ވެސް ބެލުމެއް ނެތް ކަމަށެވެ. ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ ފޮތަށް ވެސް އިހުތިރާމް ނުކުރާ ކަމަށާއި، ހިތުހުރި ގޮތަކަށް އެފޮތަށް ވެސް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މިހާރު ގާނޫނާ ހިލާފަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތް އިބްރާހިމް ރަޝީދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަށް މަސައްކަތް ކުރަނީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ނުލިބޭނެކަން ޔަގީންވުމުން ކަަމަށެވެ.  އަދި ވިދާޅުވީ ހުރިހާ އިންތިޚާބެއް އެއްކުރި ނަމަވެސް ގައުމު ހިންގަން ދެވަނަ ފުރުސަތެއް ރައީސް މުއިއްޒަށް ރައްޔިތުން ނުދޭނެ ކަމަށެވެ. 

މިސާލަކަށް ބަލާ ދެ އިންތިޚާބު އެއްކޮށްލާ ވާހަކަ އެ ދެއްކީ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކުރާނެ އިންތިޚާބުތައް ނުވަތަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުތައް ބާއްވަން ޖެހޭ މުއްދަތާ އުސޫލުތަކެއްް. އެއަށް ބަދަލު ގެންނަ ކަމަށްވަންޏާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފުރަތަމަ ދާން ޖެހެނީ. މިހާރު އަނެއްކާ ފާސް ކޮށްފައި ވޯޓަކަށް ދާ ގޮތަކަށް ނޫން އޮންނާނީއެއް. މިހާރު އެވާ ގޮތަކީ ހުރިހާ ފިކުރެއް އެހުރީ ދެ އިންތިޚާބު އެއްކޮށްލައިގެން ވެސް ދެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ވިސްނުމަކަށް އެ ގެންދަނީ އެގޮތް މިގޮތް ހަދައިގެން ނަމަވެސް. އެކަމަކު ދެ އިންތިޚާބެއް ނޫން ހުރިހާ އެއްޗެއް އެއްކޮށްލައިގެން ވެސް ނެތް އިންތިޚާބެއް ކާމިޔާބުވާނެ އެއްވެސް ގޮތެއް ނުފެނޭ.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

މީގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ ވެރިކަން ކުރާ ސިޔާސީ ޕާޓީ ޕީއެންސީއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ފިކުރުގެ ތެރޭގައި ވެސް ގޮތެއްފޮތެއް ނެތް ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ގިނަ ފައިސާ ހޯދުމަށްޓަކައި އެ ޕާޓީއަށް މީހުން ރަޖިސްޓްރީކޮށް، އެންމެ ބޮޑު ޕާޓީ ކަމަށް ކަނޑައަޅާފައިވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ ޖަގަހަ އާއި އޮފީސް އިމާރާތްކޮށް، އެތަން ހުޅުވާފައިވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށެވެ. 

އިބްރާހިމް ރަޝީދު ވިދާޅުވީ ޕީއެންސީ ފިކުރާއެކު އެއްވެސް ކަމެއް ރަނގަޅު ނުވާނެ މަންޒަރު ރައްޔިތުންނަށް މިހާރު ފެނިފައިވާ ކަަމަށެވެ. ގައުމުގެ އެންމެހައި ކަންކަން ހިންގަމުން ދަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށާއި، ހަރުދަނާ ހުރިހާ ނިޒާމެއް ހަލާކު ކޮށްލާފައިވާ ކަަމަށެވެ. އަދި މިހާރު ގައުމު އޮތީ އެންމެ ބޭފުޅެއް ބޭނުންވާ ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ގޮތެއްފޮތެއް ނެތުމުން ގައުމަށް ވާނެ ހުރިހާ ގޮތެއް މިހާރު ވަމުންދާ ކަމަށާއި، ގައުމުގެ ފޭރާން ހަލާކުވަމުންދާ ކަަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިބްރާހިމް ރަޝީދުމުއިއްޒު ސަރުކާރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026
ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

ރަށްރަށުގެ ތަރައްގީއަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭކަށް ނުޖެހޭ: ނިޔާޒު

11 ޖެނުއަރީ 2026
އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

އާސަންދަ އަށް ސަލާން ޖަހަން ދާންޖެހުނީ ރައީސް ގާތަށް: 3 ދުވަހުން ދެއްވާނެ ކަމަށް ބުނި ޖަވާބު އަހަރު ނިމުނު އިރުވެސް ނުދެއްވި!

10 ޖެނުއަރީ 2026
ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ ބަހަނާގެ ސިލްސިލާ އެއް؛ މިފަހަރު ހުރިހާ ބަދުނާމެއް ކައުންސިލްތަކުގެ ބޮލަށް!

10 ޖެނުއަރީ 2026
ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު