Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ހަރުގެ ޖަލްސާ

ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނާ މުޚާތަބު ކުރަނީ އެއްވެސް އިއްޒަތެއް ނެތް ބައެއްގެ ގޮތުގައި ކަމަށާއި، ރިޔާސީ ބަޔާން އިއްވެވިއިރު ވެސް ފެނުނީ ރައްޔިތުންނަށް ބަވާ ޒާތަށް އަމަލުކުރި މަންޒަރު ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 05:20
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހޭވައްލާ ތައްޔާރު ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ދިވެހިންނަކީ އެއްވެސް އަގެއް ޝަރަފެއް އިއްޒަތެއް ނެތް ބައެއް ކަަމަށް މި ސަރުކާރުން ހަދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ހިތު ހުރިހާ ގޮތަކަށް ދިވެހިންނާއި މި ސަރުކާރުން މުޚާތަބު ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ރިޔާސީ ބަޔާނުން ވެސް ފެނުނީ ކުރިމަތީ ބައިތިއްބައިގެން ބަވާ ޒާތަށް ވާހަކަދައްކަމުން ރައްޔިތުންނާ މުޚާތަބު ކުރިތަން. ރިޔާސީ ބަޔާނުން ވެސް ފެނިގެން ދިޔައީ ރުޅި ގަދަވެގެން އުޅުނު މަންޒަރު. މިއީ ހަޑި ކަމެއް. ރައްޔިތުން ހޮވާފައި ޤާނޫނުއަސާސީ އާއި އެއްގޮތަށް ކަންކަން ކޮށްދޭށޭ ބުނީމަ މިއީ ކަންތައް ކުރާ ގޮތް." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓަށް ގޮންޖެހުމަށް ފަހު މި ސަރުކާރުން އަމަލުކުރަމުން ދަނީ ވަރަށް ހުތުރު ގޮތްގޮތަށް ކަމަށެވެ. ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ވާއިރު ރައްޔިތުންނަށް މި ސަރުކާރުން ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ފެންނަނީ ޤާނޫނޫ އަސާސީގެ ރޫހު ވަޅުލާފައިވާތަން ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ލޯތްބެއް އޯގާތެރިކަމެއް ހުރެގެން ސިޔާސަތެއް ބައްޓަންކޮށް އެ ސިޔާސަތުގެ މަތީގައި ޚިދުމަތް ދޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ" އޭނާ ވިދާޅުވި އެވެ.

މިއަދު ސަރުކާރުން ކަންކަން ކުރާ އުސޫލަކީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ތަކުރާރުކޮށް އެތައް ދޮގުތަކެއް ހެދުން ކަމަށާއި އެކަމުގެ ގެއްލުން ވަނީ ދިވެހިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދޮގާއި މަކަރު ހެދުމަކީ އާއްމުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއަހުމަދު އަބްދުﷲރައްޔިތުންގެ މަޖިލިސްއެމްޑީޕީރިޔާސީ ބަޔާން 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

05 ފެބުރުއަރީ 2026
މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

05 ފެބުރުއަރީ 2026
5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

05 ފެބުރުއަރީ 2026
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ

05 ފެބުރުއަރީ 2026
މާލޭގެ އަތޮޅު ފިހާރަތަކުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް އެ ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލަނީ

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު