Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ.ކެނދިކުޅުދޫ

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

ސަރުކާރުން ކުރިއަށްގެންދާ ކުދި މަޝްރޫއުތަކަށްވުރެ ކައުންސިލުން ހިންގާ ބޮޑެތި މަސައްކަތްތައް ރައްޔިތުންނަށް ފެންނާތީ، ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އަދި ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒުކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ދެނީ ހަމައެކަނި އެމްޑީޕީން ކަމަށްވެސް ރައޫފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 08:22
ފަށާއިރު ޕްރޮގްރާމްގައި ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް ވާހަކަ ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން ރަށްރަށުގައި ކަންކަން ތަންފީޒު ކޮށް މަޝްރޫއުތައް ކުރިއަށް ގެންދާތީ ކަމަށް ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރައޫފް ވަނީ އެރަށުގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައޫފް ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމުގައި އެރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިސްކިތް، އިންޖީނުގޭގެ އައު އިމާރާތް، ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ. ރައޫފް ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިޔައިރު، ޖޫނިއަރ ކޮލެޖާއި، ހޮސްޕިޓަލް ގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ސްކޫލުގެ ތިން ބުރީގެ އިމާރާތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، ނަރުދަމާ ނިޒާމުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު މަސައްކަތްތައް ދާން ޖެހޭ ބާރު ސްޕީޑްގައި ކުރިއަށް ނުދާ ކަމަށް ރައޫފް ވިދާޅުވި އެވެ. ރައޫފް ވިދާޅުވީ މިސަރުކާރުން އެރަށުގައި ކުރިއަށް ގެންދާ މަޝްރޫއަކީ ކުޑަ ކުދީންގެ ޕާކެއް ތަރައްގީ ކުރުމާއި، އައުޓްޑޯ ޖިމެއްގެ މަސައްކަތް ކަމަށެވެ.

ރައޫފް ވިދާޅުވީ ސަރުކާރުން މި ދެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް ކައުންސިލުން ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ތަރައްގީ ކޮށް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލުން މަސައްކަތްތައް ކުރާނަމަ ސަރުކާރު ޕްރޮމޯޓް ނުވާނެ ކަމަށާއި، އެސަބަބާ ހުރެ ކައުންސިލްތަކަށް ދަތި ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަސްލު އޭގެ ޒާތުގައި ބުނެވޭނީ ފުޓްބޯޅަ ދަނޑުތަކުގައި ތަންކޮޅެއް ކުރީ ޒަމާނުގައި ތަން ކޮޅެއް ކުޑަކުދީން ކުޅެން ފެށީމަ ދެން މާ މޮޅަށް ކުޅެން ފެށީމަ ހުއްޓުވާނެ. ކޮންމެވެސް ގޮތަކުން ދަނޑުން ބާލުވާނީ. ބޭރު ކުރެވޭ ގޮތަށް މަސައްކަތް ކުރާނީ. އެގޮތަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވަރަށް ބައިވަރު ޕްރޮޖެކްޓްތައް ކައުންސިލްތަކުން ވަރަށް ބޮޑެތި ކަންކަން ފެށީ. ދެން އެހެން ނަމަވެސް ސަރުކާރުން މިރަށުައި ދެ ކަމެއް. ކުޑަ ކުދިންގެ ޕާކަކާ އައުޓް ޑޯ ޖިމެއް ފެށީ. ކައުންސިލްތަކުން ބޮޑެތި ކަންތައްތަކެއް. މިރަށު ކައުންސިލުން ވެސް ވޮލީ ކޯޓެއް ފަށާ ނިންމީ. އެތައް ޚިދުމަތްތަކެއް ގާއިމް ކުރިން. އެހެންވީމަ މިރަށާއި، ރާއްޖޭގެ އެހެން ރަށްރަށުން ފަށާ އެބޭފުޅުންނަށް ވުރެ ބޮޑަށް ރައްޔިތުންނަށް ފެންނަ ގޮތަށް ކައުންސިލުގެ މަސައްކަތްތައް ފެންނަން ފެށީމަ އެއްކަލަ ލާމަރުކަޒީ ނިޒާމުގެ މޮޅު ކަމާއި، ރައްޔިތުންނަށް އޭގެން ފެންނަން ހުރި ހެޔޮކަން ފެންނަން ފެށީމަ އެކަން ހުއްޓުވަން ޖެހޭ. ސަރުކާރު ޕްރޮމޯޓް ވާން ބޭނުންވަންޏާ. 
ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް

ރައޫފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީ އަކަށް ޓޮލަރޭޓް ނުކުރެވޭނެ ކަމަށެވެ. އަދި މިހާތަނަށް ރަށެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން އިންޕްލިމެންޓް ކުރަން ފުރުސަތު ދީފައިވަނީ އެމްޑީޕީން ކަމަށާއި، އެކަން މާޒީއަށް ބަލާއިރު ފެންނަން އޮބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުކެނދިކުޅުދޫލާމަރުކަޒީ ނިޒާމުމުހައްމަދު ރައޫފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

06 ފެބުރުއަރީ 2026
މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން އާރުޑީސީ އަށް 230 ހެވީ މެޝިނަރީ ގެންނަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން އާރުޑީސީ އަށް 230 ހެވީ މެޝިނަރީ ގެންނަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

06 ފެބުރުއަރީ 2026
ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

06 ފެބުރުއަރީ 2026
މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

05 ފެބުރުއަރީ 2026
އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ: މުއިއްޒު

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު