Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން

ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި

ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ހދ. މަކުނުދޫ ފަޅާއި، ލ. ފޮނަގާދޫގެ އިތުރުން އައްޑޫ ސިޓީގެ ދޮންހެރަ ކަނޑައަޅާފައިވާއިރު، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މަދުވެގެން 10 ރިސޯޓު ސަރުކާރުން ތަރައްގީކޮށް، ކޮންމެ ދިވެއްސަކަށް 400 ޑޮލަރު ލިބޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 07:56
ފަޅެއް ގައި ހިއްކައިގެން ތަރައްގީ ކުރަމުންދާ ރިސޯޓު ތަކެއް.

ފަޅެއް ގައި ހިއްކައިގެން ތަރައްގީ ކުރަމުންދާ ރިސޯޓު ތަކެއް. | ރާއްޖެ އެމްވީ

މިނިސްޓްރީ އޮފް ޓޫރިޒަމުން ރާއްޖޭގެ 13 ފަޅަކާއި، ހަލާލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ތިން ރަށެއްގައި ރިސޯޓު ތަރައްގީކުރުމަށް ބިޑަށް ހުޅުވާލާފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހދ. މަކުނުދޫ ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދަކާއި، ލ. ފޮނަގާދޫގެ އިތުރުން އައްޑޫ ސިޓީގެ ދޮންހެރަ އެވެ. މި ތަންތަނަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00 އެވެ.  ހަލާލް ޓޫރިޒަމް ޒޯންތަކަކީ މުސްލިމް ފަތުރުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން، ހަލާލް މިންގަނޑުތަކަށް ފެތޭ ޚިދުމަތްތަކާއެކު ހިންގާ ތަންތަން ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް މި ތަންތަނަކީ ހުރިހާ ފަތުރުވެރިންނަށް ވެސް ހުޅުވާލެވިފައިވާނެ ތަންތަން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މި ތަންތަނުގެ ތެރެއިން އައްޑޫ ސިޓީގެ ދޮންހެރަ މިހާރު ބިޑަށް ހުޅުވާލާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖޫން މަހު އިއުލާނުކުރެއްވީ އައްޑޫ ހަންކެޑެ ސަރަހައްދުގައި ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން، އޮކްޓޫބަރު މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މަޝްރޫއު ދޮންހެރަ އަށް ބަދަލުކޮށްފައިވާކަމަށް ބުނެފަ އެވެ.

ހަލާލު ޓޫރިޒަމް ސަރަހައްދުތަކުގެ އިތުރުން، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ 13 ފަޅެއްގައި ރިސޯޓު ތަރައްގީކުރުމަށް ވެސް މިނިސްޓްރީން ވަނީ ބިޑަށް ހުޅުވާލާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. މާދުނި ފަރުގެ ތިން ސަރަހައްދަކާއި، ކެލާގެ ފަޅުގެ ދެ ސަރަހައްދަކާއި، މަކުނުދޫ ފަޅުގެ ދެ ސަރަހައްދަކާއި، މާފަރު ފަޅުގެ ތިން ސަރަހައްދެއްގެ އިތުރުން ށ. ގޮނާ ފަޅުގެ ތިން ސަރަހައްދެކެވެ. 

ހަލާލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 09:00 އެވެ. އަދި ފަޅުތަކުގައި ރިސޯޓު ތަރައްގީކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އެ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ބިޑް ޑޮކިއުމަންޓްތައް އޭޕްރީލް 5 ވަނަ ދުވަހާ ހަމައަށް ރަސްމީ ގަޑީގައި ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި، އީމެއިލް މެދުވެރިކޮށްވެސް ޑޮކިއުމަންޓްތަކަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 އާ ރިސޯޓު ސަރުކާރުން ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކީވެސް ހިއްސާދާރަކަށް ވާނެ ފަދަ މޮޑެލްއެއްގެ ދަށުން މި ރިސޯޓުތަކުން ލިބޭ ފައިދާ އިން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރު ޖަމާވާނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ، މި ރިސޯޓުތައް ތަރައްގީ ކުރުމުން ކޮންމެ ރައްޔިތަކަށް އަހަރަކު ގާތްގަނޑަކަށް 400 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްހަލާލް ޓޫރިޒަމްފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

05 ފެބުރުއަރީ 2026
ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

05 ފެބުރުއަރީ 2026
ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

04 ފެބުރުއަރީ 2026
އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

30 ޖެނުއަރީ 2026
ދިގުރަށު ގޮނޑުދޮށުން ނަޖިސް ބޭރުވީ ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިއުމުން، އެކަން އެދުވަހު ހައްލު ކުރި: ކައުންސިލް

ދިގުރަށު ގޮނޑުދޮށުން ނަޖިސް ބޭރުވީ ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިއުމުން، އެކަން އެދުވަހު ހައްލު ކުރި: ކައުންސިލް

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު