Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން 2026:

އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ: މުއިއްޒު

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މިހާރު މަސައްކަތް ހިނގަމުންދާ ރަށްތަކުގެ މަޝްރޫއުތައް ނިމުމުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި އަސާސީ ޚިދުމަތް ކަށަވަރުވެގެންދާނެ ކަމަށް. މީގެ އިތުރުން، ރަށްރަށުގެ ބަނދަރާއި މަގުތައް ފަދަ އުމްރާނީ ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް އަދި ޚަރަދު ކުޑަކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވި.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 14:24
ރިޔާސީ ބަޔާން 2026: ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާސަރަހައްދަށް އަމާޒުކޮށް 13 ހާސްޓަނުގެ ފެން ރައްކާކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ

ރިޔާސީ ބަޔާން 2026: ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާސަރަހައްދަށް އަމާޒުކޮށް 13 ހާސްޓަނުގެ ފެން ރައްކާކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ | ރައީސް އޮފީސް

އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ޕަބްލިކް ވޯކްސް އިންތިޒާމް ހަމަޖެހުމުން ރަށްރަށުގައި ޤާއިމް ކުރާ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމުގެ ތެރެއިން ބަނދަރު ތެރެ ތިލަވުމުން ފުންކުރުމާއި، ނެރުމަތި ތިލަވުމުން ނެރު ފުންކުރުމާއި، ބަނދަރުގެ އެކިކަހަލަ މަރާމާތުތައް ކުރުމާއި، މަގުތައް މަރާމާތު ކުރުމާއި، އިމާރާތްތަކާއި އެކިކަހަލަ ޢުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް އާއި މަރާމާތުގެ މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް، ކުޑަ ޚަރަދެއްގައި، ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ފެނާ ނަރުދަމާގެ މަސައްކަތްތަކާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރު 2023 ގެ ފަހުން 42 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، 39 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާކަމަށެވެ. އިތުރު 51 ރަށުގައި ފެނުގެ ނިޒާމް އަދި 40 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކުރެވެމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކޮށް ނިމޭނެކަމަށެވެ.

މި ހުރިހާ މަޝްރޫޢުތައް ނިންމާ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރިޔަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕަބްލިކް ވޯކްސްރައްޔިތުންގެ މަޖިލިސްރިޔާސީ ބަޔާން 2026

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

ގާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާނަން: މުޢިއްޒު

05 ފެބުރުއަރީ 2026
ގާނޫނުގައިވާގޮތަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމާނަން: މުޢިއްޒު
05 ފެބުރުއަރީ 2026

ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް

05 ފެބުރުއަރީ 2026
ދިހަ ރިސޯޓު ހަދައިގެން ކޮންމެ ދިވެއްސަކަށް 400 ޑޮލަރު އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ތަންދޮރު އޮޅުން ނުފިލުވައި: ކުރީގެ ނައިބު ރައީސް
05 ފެބުރުއަރީ 2026

މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު

05 ފެބުރުއަރީ 2026
މިއަދުގެ ރިޔާސީ ބަޔާން ބޮޑަށް ވައްތަރީ ރައީސަކު އިއްވި ބާޔާނަކަށްވުރެ ދިމްޔާތު ކުންފުނީގެ ވެރިޔަކު ބޯޑު މެމްބަރުންނަށް އިއްވި އަހަރީ ރިޕޯޓަކާ: ކުރީގެ މިނިސްޓަރ އަމީރު
05 ފެބުރުއަރީ 2026

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ފެބުރުއަރީ 2026

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު