Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން 2026

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށާއި މި މަޝްރޫޢުގެ ފީސިބިލިޓީ މަސައްކަތްތައް ނިމިފައިވާއިރު، މިއަހަރުގެ ކުރީކޮޅު މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް މުއިއްޒު ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 09:51
އަމީނީ މަގުގެ މަސައްކަތް ކުރުމުގެ ތެރެއިން

އަމީނީ މަގުގެ މަސައްކަތް ކުރުމުގެ ތެރެއިން | އާރްޑީސީ

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ. 

މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ބުރާސްފަތި ދުވަހު ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ހަމަޖެހިފައިވާ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ޢަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އިތުރު ތަފްސީލެއް ރައީސް ނުދެއްވަ އެވެ. 

މިދިޔަ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ "މާލޭގެ ހުރިހާ މަގެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އޭގެ ސަބަބުން، އެތައް ތަކުލީފެއް ރައްޔިތުން އުފުލަންޖެހޭ ކަމަށެވެ. އެހެންވީމާ، މާލޭގެ ހުރިހާ މަގެއް، އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ބިޔަ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން، ފީޒިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ ޢަމަލީ މަސައްކަތް، 2025 ގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. 

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީގެ މަސައްކަތް ނިންމާލީ ނޮވެމްބަރު 21، 2024 ގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން 'އެކްސް' ގައި ނޮވެމްބަރު 21، 2024 ގައި ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާ ސަރުކާރުން އެ މަސައްކަތަށް ކަނޑައެޅި އެކްސްޕާޓް ޓީމުތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކޮށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

އަދި އެ ޓީމުން މާލެ އާއި ވިލިމާލެ މަގުތަކުގެ ވެސް ފީސިބިލިޓީ ޓެސްޓްގެ މަސައްކަތް މިނިސްޓްރީގެ ޓެކްނިކަލް ޓީމާ ގުޅިގެން ނިންމާލައިފައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޗައިނާއާއި ގުޅިގެން ސަރުކާރުން ހިންގަމުންދާ އެ މަޝްރޫއުގައި ދެން ކުރިއަށްދާނީ ޑިޒައިން މަރުހަލާގެ މަސައްކަތް ކަމަށް ވެސް މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ޑިޒައިންގެ މަސައްކަތް ފަށާނެ ކަމަށް 2024 ވަނަ އަހަރު މިނިސްޓްރީ އިން ބުނި ނަމަވެސް ރައީސް މިއަހަރުގެ ރިޔާސީ ބަޔާނުގައި އޭގެ އަހަރެއްހާ ދުވަސް ފަހުން ވިދާޅުވީ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް މި އަހަރު ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުރިޔާސީ ބަޔާން 2026މާލެ، ވިލިމާލެ މަގުހެދުމުގެ މަޝްރޫއުޗައިނާ-ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

05 ފެބުރުއަރީ 2026
ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު