Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގއ.ކޮލަމާފުށި

ގއ.ކޮލަމާފުށީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ނާސިރު މަޤާމުން ވަކިކުރުމަކީ، މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ހިންގި ފިނޑި އަމަލެއް: ފައްޔާޒް

ސިޔާސީ ފިކުރު ފާޅުކުރުމާ ގުޅިގެން ކޮލަމާފުށީ ފެނަކަ ބްރާންޗުގެ އިސްވެރިޔާ ވަޒީފާއިން ވަކިކުރުމަކީ ފިނޑި އަމަލެއް ކަމަށާއި، ރައީސް މުއިއްޒު ރައްޔިތުންގެ މައްޗަށް ބާރުވެރިކަން ހޯއްދަވަން ކުރައްވާ މިފަދަ ކަންކަން ހުއްޓުވޭނީ ރައްޔިތުން ނުކުމެ ސަރުކާރު ހަމަމަގަށް އަޅުވައިގެން ކަމަށް ފައްޔާޒް ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ފެބުރުއަރީ 2026 | ހޯމަ 17:57
އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ

އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ | އިބްރާހިމް ޝާބިލް

ގއ.ކޮލަމާފުށި އިންޖީނުގެއާއި ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެ ހުރި އަބްދުﷲ ނާސިރު މަޤާމުން ވަކިކުރީ ވަޒީފާގެ މަގާމު ދަށްކުރުމުން ވެސް މިނިވަން ސިޔާސީ ފިކުރު ފާޅުކުރުން ހުއްޓާނުލުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނާސިރު ވަޒީފާއިން ވަކިކުރުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ފައްޔާޒް ވިދާޅުވީ މިއީ މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ކުރި ފިނޑި އަމަލެއް ކަމަށެވެ. 

Advertisement - newsAdvertisement

އެ ޕޯސްޓުގައި ފައްޔާޒް ވިދާޅުވި ގޮތުގައި ނާސިރު ވަޒީފާއިން ވަކިކުރީ ސަރުކާރު ހިންގާ ޕާޓީއަށް ތާއީދު ނުކުރާތީ އެވެ. މީގެ ކުރިން ވެސް އޭނާއަށް އެތައް އިންޒާރެއްދީފައިވާ ކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންގެ މައްޗަށް ފުރިހަމަ ބާރާއި ކޮންޓްރޯލް ހޯއްދެވުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެ މަޤްސަދު ހާސިލުވަންދެން މިފަދަ ކަންކަން ތަކުރާރުވަމުންދާނެ އެވެ. އަދި އެކަން ހުއްޓުވޭނީ ރައްޔިތުން ނުކުމެ މި ސަރުކާރު ހަމަމަގަށް އަޅުވައިގެން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ފިކުރު ދިމާ ނުވާ މީހުން ވަޒީފާ އިން ވަކި ކުރުމާއި ވަޒީފާތައް ސިޔާސީ މަންފާ އަށް ބެހުމުގެ މައްސަލަ މި ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ސަރުކާރުން މިފަދަ ކަންކަން ކުރަނީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.

ގއ. ކޮލަމާފުށިފެނަކައަބްދުﷲ ނާސިރުފައްޔާޒް އިސްމާއިލްއެމްޑީޕީޑރ. މުއިއްޒު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި

02 ފެބުރުއަރީ 2026
ކުއްލިއަކަށް ޚިޔާލު ދޭން އެންގުމުން ދަތިވާ ކަމަށް ބުނެ އެމްޑީޕީ އިން ކޮމިޓީގައި ބައިވެރިއެއް ނުވި
02 ފެބުރުއަރީ 2026

ވެރިމީހާގެ އަތްޕުޅަށް ބާރުތައް ގެނެސްގެން ރާއްޖެ ތަރައްގީ އެއް ނުކުރެވޭނެ، ގައުމުން ފެންނަނީ އެ މަންޒަރު: މެންބަރު ސަމީރު

02 ފެބުރުއަރީ 2026
ވެރިމީހާގެ އަތްޕުޅަށް ބާރުތައް ގެނެސްގެން ރާއްޖެ ތަރައްގީ އެއް ނުކުރެވޭނެ، ގައުމުން ފެންނަނީ އެ މަންޒަރު: މެންބަރު ސަމީރު
01 ފެބުރުއަރީ 2026

ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!

01 ފެބުރުއަރީ 2026
ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!
01 ފެބުރުއަރީ 2026

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު
30 ޖެނުއަރީ 2026

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

30 ޖެނުއަރީ 2026
ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު