Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިމްރާން ޚާން

އިމްރާން ޚާނާއި އަނބިކަނބަލުންނަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ޕްރޮސިކިއުޓަރުން ބުނީ ދައުލަތުގެ ވެރިންނަށް ލިބޭ ހަދިޔާ އާ ބެހޭ ގަވައިދާ ޚިލާފަށް އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން އަގުބޮޑު ގަޑިތަކެއް ސަރުކާރުން ވަރަށް ކުޑަ އަގެއްގައި ބައްލަވައި ގަތް ކަމަށް.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2025 | ހޮނިހިރު 09:22
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ

ޕާކިސްތާނުގެ ކޯޓަކުން ހޮނިހިރު ދުވަހު ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ ގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައަކީ ސަރުކާރަށް ލިބުނު އަގު ބޮޑު ހަދިޔާތަކެއް އިމްރާން ޚާން އާއި އަނބިކަނބަލުން ނުއަގުގައި ގަތް ކަމުގެ ތުހުމަތު ގައި އުފުލި ދައުވާއެކެވެ.

އެންމެ ފަހުގެ މި ހުކުމަކީ އިމްރާން ޚާނަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތަކުގެ ސިލްސިލާ އަށް އިތުރުވި ބޮޅެކެވެ. 2023 އޯގަސްޓުން ފެށިގެން އޭނާ ހުންނަވަން ޖެހފައިވަނީ ޖަލުގަ އެވެ. އަދި 2022 ވަނަ އަހަރު އޭނާ މަގާމުން ދުރުކުރުމަށް ފަހު އެތައް ގިނަ މައްސަލަތަކެއް އޭނާގެ މައްޗަށް އުފުލިފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަން އާއި ޓެރަރިޒަމް އާއި ދައުލަތުގެ ސިއްރުތައް ހާމަ ކުރުމާ ގުޅޭ ކުށުގެ ތުހުމަތުތައް ހިމެނެއެވެ.

އިމްރާން ޚާން ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވަ އެވެ. އަދި އޭނާގެ ޕާޓީން ބުނަނީ މިއީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ. 

އެންމެ ފަހުން މި ކުރި ހުކުމާ ބެހޭ ގޮތުން އިމްރާން ޚާންގެ އާއީލާގެ ގާނޫނީ ވަކީލު ރާނާ މުދައްސަރު ވިދާޅުވީ ކޯޓުން ހުކުމް ކުރީ ދިފާއު ގައި ވާހަކަ ދެއްކުމެއް ވެސް ނެތި ކަމަށެވެ.

ދެ މީހުންގެ މައްޗަށް އިއްވި ހުކުމުގައި ޕާކިސްތާނުގެ ޕީނަލް ކޯޑުގެ ދަށުން އިތުބާރު ގެއްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހަރުކަށި ޖަލު ހުކުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން 7 އަހަރު ދުވަހުގެ ޖަލު ހުކުމާއެކު، ކޮންމެ މީހަކަށް 16.4 މިލިއަން ރުޕީސްގެ ޖޫރިމަނާ ކުރުން ހިމެނެއެވެ.

މި މައްސަލަ އަކީ ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާގެ ވަލިއަހުދު މުޙައްމަދު ބިން ސަލްމާން، އިމްރާން ޚާން އަށް ހަދިޔާކުރި އަގުބޮޑު ގަޑިތަކަކާ ގުޅޭ މައްސަލައެކެވެ. ޕްރޮސިކިއުޓަރުން ބުނީ ދައުލަތުގެ ވެރިންނަށް ލިބޭ ހަދިޔާ އާ ބެހޭ ގަވައިދާ ޚިލާފަށް އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން އެ ގަޑިތައް ސަރުކާރުން ވަރަށް ކުޑަ އަގެއްގައި ބައްލަވައި ގަތް ކަމަށެވެ.

މި މައްސަލަ އަކީ އިމްރާން ޚާން 2023 އޯގަސްޓު މަހު ހައްޔަރު ކުރުމާ ގުޅިފައިވާ ކުރީގެ ސަރުކާރުގެ ހަދިޔާތަކާ ގުޅޭ މައްސަލަ އާ ތަފާތު މައްސަލައެކެވެ. ކުރީގެ މައްސަލަ އާ ގުޅިގެން އިމްރާން ޚާނަށް 14 އަހަރު ބުޝްރާ ބީބީ އަށް 7 އަހަރުގެ ހުކުމްތައް އިއްވުނު ނަމަވެސް އިސްތިއުނާފު ގައި އެ ހުކުމްތައް ފަހުން ސަސްޕެންޑް ކުރިއެވެ. 

ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާންގެ މައްޗަށް ދައުވާ އަކަށް ފަހު ދައުވާ އެއް އުފުލެމުންދާ އިރު އޭނާގެ ޕާކިސްތާން ތަހްރީކް އޭ އިންސާފް ޕާޓީ ވެސް ވަނީ ވަރަށް ބޮޑަށް ސިޔާސީ މައިދާނުން އެކަހެރިވެފަ އެވެ.

އިމްރާން ޚާންބުޝްރާ ބީބީޕާކިސްތާންޕާކިސްތާން ތަހްރީކް އޭ އިންސާފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު