Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

ޚާނަމް ބުނެފައި ވަނީ ޖިސްމާނީ ގޮތުން އިމްރާން ޚާން ހުންނެވީ ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް، އަބަދު ވެސް އިމްރާން ޚާން ހުންނަނީ ތަނެއްގައި ބަންދު ކޮށްފައި ކަމަށާއި، ބޭރަށް ނިކުމެވެނީ ވެސް މަދު ވަގުތު ކޮޅަކަށް ކަމަށް އޭނާ ބުންޏެވެ. އަދި އިމްރާން ޚާންއާ ބައްދަލު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނެތް ކަމަށް ބުނެފައިވެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ތިއްބަވަނީ އެކަނިވެރިކަމުގައި ބަންދުކޮށްގެން ކަމަށް އޭނާގެ އެއްބަފާ ބުނެފައިވެއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 07:13
ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން

ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން

ޖަލުގައި ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ޞިއްޙީ ޙާލު ކޮޅު ރަނގަޅު ކަމަށާއި، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި ކަމަށް އިމްރާން ޚާންގެ އާއިލާ އިން ބުނެފި އެވެ.

ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިމްރާން ޚާންގެ އާއިލާ އެއްބަފާ މީހެއް ކަމަށްވާ އުޒްމާ ޚާން އަށް ވަނީ އިމްރާން ޚާންއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެ ބައްދަލުވުމަށް ފަހު އޭނާ ވަނީ ނޫސްވެރިންނާ ވާހަކަ ދައްކައިފަ އެވެ. ނޫސްވެރިންނާ އޭނާ ވާހަކަ ދައްކާފައި ވަނީ އިމްރާން ޚާން ބަންދު ކޮށްފައިވާ ޖަލު ހުރި ރާވަލްފިންޑީގަ އެވެ.

ޚާނަމް ބުނެފައި ވަނީ ޖިސްމާނީ ގޮތުން އިމްރާން ޚާން ހުންނެވީ ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް، އަބަދު ވެސް އިމްރާން ޚާން ހުންނަނީ ތަނެއްގައި ބަންދު ކޮށްފައި ކަމަށާއި، ބޭރަށް ނިކުމެވެނީ ވެސް މަދު ވަގުތު ކޮޅަކަށް ކަމަށް އޭނާ ބުންޏެވެ. އަދި އިމްރާން ޚާންއާ ބައްދަލު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނެތް ކަމަށް ބުނެފައިވެ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޚާނަމް ބުނެފައި ވަނީ، ޖަލުގައި ކުރިމަތިވެފައިވާ ޙާލަތާ މެދު އިމްރާން ޚާން ހުންނެވީ ރުޅި އައިސްފައި ކަމަށެވެ. އަދި އެފަދަ އަނިޔާވެރި ކަމުގއި ބަހައްޓާފައި ވުމަކީ ނަފްސާނީ އަނިޔާއެއް ދިނުން ކަމަށާއި، އެއީ ޖިސްމާނީ ގޮތުން ލިބޭ އަނިޔާ އަށް ވުރެ ބޮޑު އަނިޔާއެއް ކަމަށް އިމްރާން ޚާން ދެކިލައްވާ ކަމަށް ވެސް ޚާނަމް ބުނެފައިވެ އެވެ.

ޚާނަމް އާއި އިމްރާން ޚާންގެ ބައްދަލުވުން ވެސް ބޭއްވުނީ ވަރަށް ބޮޑަށް ބަންދު ކޮށްގެންނެވެ. ސަލާމަތީ ގޮތުން ވެސް ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައިވާއިރު، އެ ބައްދަލުވުމަށް ފޯނު ވެއްދުން ވެސް އޮތީ މަނާ ކޮށްފަ އެވެ.

އިމްރާން ޚާން ނިސްބަތްވެ ވަޑައިގަންނަވާ ތަހްރީކް އިންސާފު (ޕީޓީއައި)ގެ ސަޕޯޓަރުން އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން، އަދިއަލާ ޖަލުގެ ބޭރުގައި ޖަމާވެގެން ތިބެ، އިމްރާން ޚާންގެ ޞިއްޙީ ޙާލު ކޮޅު ސާފު ކޮށްދިނުމަށް ވަނީ ގޮވާލައިފަ އެވެ.

ޖަލުގައި ހުންނެވި އިމްރާން ޚާން އަށް ޚާނަމް ޒިޔާރަތް ކުރުމުގެ ކުރިން، ޕާޓީއައި އަދި އިމްރާން ޚާންގެ އާއިލާ އިން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ސަބަބަކީ ގާތް ގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އިމްރާން ޚާންގެ އާއިލާ މީހާކަށް، ނުވަތަ އޭނާގެ ގާތް މީހަކަށް ވެސް ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައި ނެތުމުންނެވެ. އިމްރާން ޚާންގެ ދަރިއަކު ރޮއިޓާސް އަށް ދިން އިންޓަވިޔުގައި ބުނެފައި ވަނީ، އާއިލާ އަށް ނޭނގި، ސިއްރުން ކަންތައް ތަކެއް ވަމުންދާ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.

އަަންގާރަ ދުވަހު އިމްރާން ޚާންގެ ތަރުޖަމާނު ޒުލްފިކުރާ ބުޚާރީ ވަނީ، އޭނާގެ އާއިލާ އަށާއި، ޤާނޫނީ ވަކީލުންގެ ޓީމަށް ބައްދަލު ކުރުމުގެ ފުރުސަތު ޤަވާއިދުން ދިނުމަށް ބާރު އަޅުއްވާ ކަަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އިމްރާން ޚާންގެ އާއިލާ އިން ބޭނުން ވަނީ އޭނާގެ ޕާސަނަލް ޑޮކްޓަރަށް، އޭނާ ބެލުމުގެ ފުރުސަތު ދިނުމަށެވެ. އެކަން ކުރެވިފައި ނުވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އާއިލާ އިން ބޭނުން ވަނީ ފުރިހަމަ ޗެކަޕެއް ހެދުމަށެވެ.

ޕާކިސްތާންގެ މިނިވަން ހިއުމަން ރައިޓްސް މޮނިޓަރު، ޕާކިސްތާން ހިއުމަން ރައިޓްސް ކޮމިޝަން އިން ވަނީ، އިމްރާން ޚާން ބަންދު ކޮށްފައިވާ ޙާލަތާ ގުޅޭ ރިޕޯޓުތަކާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕާކިސްތާންގެ ބާރު ތަކުން ބުނަމުން އަންނަނީ އިމްރާން ޚާން އަށް އަނިޔާ ދީފައި ނުވާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އިމްރާން ޚާންޕާކިސްތާންޕީޓީއައިރާވަލްޕިންޑީކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު