Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކަރަބޯ ކަޕް

ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް ފައިނަލް އަށް

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި އާސެނަލް ވަނީ 3-2 އިން މޮޅުވެފައި. އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ވެސް މޮޅުވެ، އާސެނަލް އިން ފައިނަލްގެ ޖާގަ ހޯދީ އެގްރިގޭޓް 4-2 ގެ ނަތީޖާ އަކުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 04:32
މެޗުން މޮޅުވުމުން އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުން މޮޅުވުމުން އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ވެސް ޗެލްސީ ބަލިކޮށް، އާސެނަލް އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. 

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖެހީ ވެސް، މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގައި އާސެނަލް އަށް ލީޑު ނަގައިދޭން އެ ޓީމުގެ ޕިއެރޯ ހިކަންޕީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޗެލްސީ އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު، އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުން އާސެނަލް މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެންނެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކައި ހަވާޓްޒް އެވެ. އެއީ ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި އާސެނަލް ވަނީ 3-2 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ވެސް މޮޅުވެ، އާސެނަލް އިން ފައިނަލްގެ ޖާގަ ހޯދީ އެގްރިގޭޓް 4-2 ގެ ނަތީޖާ އަކުންނެވެ. ފައިނަލްގައި އާސެނަލް ނިކުންނަން ޖެހޭނީ މެންޗެސްޓަރ ސިޓީ އާއި، ނިއުކާސަލް ޔުނައިޓެޑު ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކަރަބޯ ކަޕްއާސެނަލްޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ރަނގަޅު ފޯމުގައި

01 ފެބުރުއަރީ 2026
ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ހަތަރު ލަނޑުގެ މޮޅާ އެކު، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

01 ފެބުރުއަރީ 2026
އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

އަށް މެޗުން ވެސް މޮޅުވެ، އާސެނަލް ގަދަ 16 އަށް

29 ޖެނުއަރީ 2026
އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

އާޓެޓާ ހުރީ އާސެނަލް އަށް ކާމިޔާބު ވާނެ ކަމުގެ ޔަޤީންކަމާ އެކު

28 ޖެނުއަރީ 2026
އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު