Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ޣައްޒާ

ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

25 ޖެނުއަރީ 2026 | އާދީއްތަ 08:36

ރޮއިޓާސް އިން ރިޕޯޓުކުރި ގޮތުގައި، ރަފަޙް ބޯޑަރު ކްރޮސިން ގެ ތެރެއިން ޣައްޒާ އަށް އެތެރެވާ މީހުންގެ އަދަދު ކޮންޓްރޯލްކޮށް އަސްކަރީ ޗެކްޕޮއިންޓެއް ގާއިމުކުރަން އިޒްރޭލުން ދަނީ މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 08:36
ޣައްޒާ ސްޓްރިޕް އާއި މިސްރާ ދެމެދުގައިވާ ރަފަޙް ބޯޑަރ ކްރޮސިންގ.

ޣައްޒާ ސްޓްރިޕް އާއި މިސްރާ ދެމެދުގައިވާ ރަފަޙް ބޯޑަރ ކްރޮސިންގ. | ޕްރެސްޓީވީ

މިޞްރުގެ ބޯޑަރު ހުރަސްކޮށް ރަފަޙް ބޯޑަރު ކްރޮސިންގެ ތެރެއިން ޣައްޒާ އަށް އެތެރެވާ ފަލަސްތީނު ރައްޔިތުންގެ އަދަދު ކޮންޓްރޯލްކޮށް، އެތެރެވާ މީހުންނަށްވުރެ ޣައްޒާ އިން ބޭރުވާ މީހުންގެ އަދަދު ގިނަކުރުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮއިޓާސް އިން ތިން މަޞްދަރަކާ ޙަވާލާދީ ހުކުރު ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، މި ކޮންޓްރޯލްތައް އިޒްރޭލުން ތަންފީޒު ކުރާނީ ކޮން އުސޫލަކުން ކަމެއް ނުވަތަ ބޭރުވާ މީހުންނާއި އެތެރެވާ މީހުންގެ ނިސްބަތް ބަހައްޓާނެ ވަކި މިންގަނޑެއް އަދި ސާފެއް ނުވެ އެވެ. މީގެ އިތުރުން، ޣައްޒާގެ ބޯޑަރު ސަރަޙައްދުގައި އަސްކަރީ ޗެކްޕޮއިންޓެއް ގާއިމުކޮށް، އެތަނުން ދަތުރުކުރާ ހުރިހާ ފަލަސްތީނު މީހުން އިޒްރޭލުން ބަލައި ފާސްކުރުމަށް ވެސް އިޒްރޭލުން ރާވަމުންދާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މަސްދަރުތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާ އަށް އެތެރެވާ އަދި ބޭރުވާ މީހުން ބަލައި ފާސްކުރުމަށް އަސްކަރީ ޗެކްޕޮއިންޓެއް ބެހެއްޓުމަށް އިޒްރޭލުގެ އޮފިޝަލުން ވަނީ ބާރުއަޅާފައެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ އަހަރުން ފެށިގެން މަޝްވަރާ ކުރެވެމުންދާ ކަމަށް ގިނަ ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާ އިން ބޯޑަރު ހުރަސްކުރުން މަނާކުރާ މީހުންނާމެދު، ޚާއްޞަކޮށް މިޞްރުން އެތެރެވާ މީހުންނާމެދު އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

މި ރިޕޯޓު އާންމުވެފައި ވަނީ، ސްވިޒަލޭންޑުގެ ޑާވޯސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ބޯޑް އޮފް ޕީސް" ނަމުގައި ޣައްޒާގެ ސުލްހައިގެ ޕްލޭނެއް ރަސްމީކޮށް އިޢުލާނު ކުރެއްވިތާ އެއްދުވަސް ފަހުންނެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ޕްލޭންގެ ބޭނުމަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު އިޒްރޭލާއި ހަމާސް ޖަމާޢަތާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ނަމަވެސް، އެ އެއްބަސްވުމަށްފަހު ވެސް އިޒްރޭލުން ދަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކުރަމުންނެވެ. މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް އިންތިހާ އަށް ބޭނުންވެފައިވާ އިންސާނީ އެހީގެ ތަކެތި އެތެރެވުމަށް ވެސް އިޒްރޭލުން ދަނީ ހުރަސްތައް ކުރިމަތިކުރަމުންނެވެ. އޮބްޒާވަރުން ސިފަކުރާ ގޮތުގައި މިއީ މެދުނުކެނޑި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކެކެވެ.

އިޒްރޭލް-ޣައްޒާރަފަޙް ބޯޑަރު ކްރޮސިންރައީސް ޑޮނަލްޑް ޓްރަމްޕްހަމާސްނަސްލު ނައްތާލުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި
24 ޖެނުއަރީ 2026

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި

24 ޖެނުއަރީ 2026
އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި
24 ޖެނުއަރީ 2026

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

24 ޖެނުއަރީ 2026
އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި
24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
24 ޖެނުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި
24 ޖެނުއަރީ 2026

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ
24 ޖެނުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް