Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްޠީން

އިޒްރޭލުން އިރުމަތީ ގުދުސްގައި ހުންނަ އަންރުވާ ގެ އިމާރާތްތައް ތަޅާލައިފި

އިޒްރޭލުގެ ސަރުކާރުގެ އިސްވެރިން ހާޒިރުގައި ހިންގި މި އޮޕަރޭޝަނަކީ ފަލަސްތީނު ރެފިއުޖީންގެ އައިޑެންޓިޓީ ނައްތާލުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް އަންރުވާގެ ކޮމިޝަނަރު ޖެނެރަލް ވިދާޅުވި.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 18:11
ހަތިޔާރާއެކު އިޒްރޭލުގެ ސަލާމަތީ ބާރުތަކުން އިރުމަތީ ގުދުސް ގައި ހުންނަ އަންރުވާ ގެ ގޯތި ތެރެއަށް ވަދެގަނެ އެތަނުގެ އިމާރާތްތައް ބިމާ ހަމަ ކޮށްލަނީ.

ހަތިޔާރާއެކު އިޒްރޭލުގެ ސަލާމަތީ ބާރުތަކުން އިރުމަތީ ގުދުސް ގައި ހުންނަ އަންރުވާ ގެ ގޯތި ތެރެއަށް ވަދެގަނެ އެތަނުގެ އިމާރާތްތައް ބިމާ ހަމަ ކޮށްލަނީ. | އެކްސް

އިޒްރޭލުގެ ސިފައިން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ) ގެ ހެޑްކުއާޓާޒްގައި ހުރި ބައެއް އިމާރާތްތައް ތަޅާލައިފި އެވެ.

އިސްލާމީ މުޤައްދަސް ބިމެއް ކަމަށްވާ އިރުމަތީ ގުދުސްގައި ހިންގި މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، މީގެ ކުރިން ފެނިފައިނުވާ ފަދަ ނުރައްކާތެރި އަމަލެއްގެ ގޮތުގައި އަންރުވާ އިން ވަނީ ސިފަކޮށްފަ އެވެ.

އަންރުވާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލުގެ ސިފައިން ޝައިޚް ޖައްރާ އަވަށުގައި ހުންނަ އެ އެޖެންސީގެ މަރުކަޒަށް ވަދެގަނެ، އެތަނުގެ މުވައްޒަފުންގެ އަތުން ސާމާނުތައް އަތުލައި، މުވައްޒަފުން ގަދަކަމުން ނެރުމަށްފަހު އިމާރާތްތައް ތަޅާލާފައިވާ ކަމަށެވެ.

"މިއީ ހަމައެކަނި އަންރުވާ އާއި އެ އެޖެންސީގެ އިމާރާތްތަކަށް ދިން ހަމަލާއެއް ނޫން. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. އަށް ލިބިދީފައިވާ އިމްތިޔާޒުތަކަށް އަރައިގަތުމުގެ ސީރިއަސް އަމަލެއް،" އެ އެޖެންސީން ބުންޏެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ 'ވަފާ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުލްޑޯޒަރުތަކާ އެކު އައި އިޒްރޭލު ސިފައިން ވަނީ އެ ސަރަހައްދުގެ މަގުތައް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު އެ މަރުކަޒަށް ވަދެފަ އެވެ.

އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ހިންގިއިރު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން އެތަނުގައި ތިއްބެވެ. އަދި މިއީ ފަލަސްތީނުގެ ރެފިއުޖީންގެ އައިޑެންޓިޓީ ނައްތާލުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ލަޒަރީނީ އިންޒާރު ދެއްވި ގޮތުގައި، މި އަމަލަކީ ނުރައްކާތެރި ފެށުމެކެވެ. "މިއަދު އަންރުވާ އަށް މި ދިމާވި ކަންތައް، މާދަމާ އެހެން ކޮންމެ ބައިނަލްއަގުވާމީ ޖަމްއިއްޔާއަކަށް ނުވަތަ ޑިޕްލޮމެޓިކް މިޝަނަކަށް ވެސް ކުރިމަތިވެދާނެ،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ޒަމާނުއްސުރެ ތުހުމަތުކުރަމުން ދަނީ އަންރުވާ އަކީ ފަލަސްތީނަށް ތާއީދުކުރާ އަދި ހަމާސް ޖަމާއަތާ ގުޅުން އޮންނަ އިދާރާ އެއް ކަމަށެވެ. ނަމަވެސް އެ އެޖެންސީން ވަނީ އެކަން ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.

އިޒްރޭލުގެ ހަރުކަށި ފިކުރުގެ ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރް ވެސް އެ ސަރަހައްދަށް ގޮސް، އެއީ "ތާރީޚީ ދުވަހެއް" ކަމަށް ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ މި އަމަލު ހިންގާފައިވަނީ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ އެހީދޭ ޖަމާއަތްތަކަށް އިޒްރޭލުން ހުރަސްއަޅަމުންދާތީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ފާއިތުވި ހަފުތާތަކުގައި އިޒްރޭލުން ވަނީ 'ޑޮކްޓާސް ވިތައުޓް ބޯޑާސް' ފަދަ ބައިނަލްއަގުވާމީ 37 ޖަމާއަތެއްގެ ލައިސަންސް ބާތިލުކޮށްފަ އެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި، އިޒްރޭލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު "ލަދުވެތި ޖަރީމާ އެއް" ކަމަށް ވަނީ ބުނެފަ އެވެ. އަދި އަންރުވާގެ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓުވުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ހަމާސް އިން ވަނީ ގޮވާލާފަ އެވެ.

އިޒްރޭލް-ފަލަސްޠީންއަންރުވާއީސްޓް ޖެރޫސަލަމްފިލިޕް ލަޒަރީނީއިޓަމާރ ބެން-ގްވިރްހަމާސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

15 ޖެނުއަރީ 2026
ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރޭލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި

12 ޖެނުއަރީ 2026
މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

މޫނު ނިވާކޮށްގެން ތިބި ޔަހޫދީންތަކެއް ފަލަސްތީނުގެ ނުކުޅެދޭ މީހެއްގެ ގައިގާ ވަރަށް ރަހުމު ކުޑަކޮށް ލަޓިގަނޑުންނާއި ކޮޅުފައިންތަޅާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު