Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ޖަލު

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ގޮތުގައި ފުލުހުން ނިޔާޒް ގެ އާއިލާ އަށް ގުޅާފަ ބުނީ ނިޔާޒް ފާހާނަ ތެރެއަށް މަރުވެގެން ވެއްޓިފަ އޮތް ކަމަށެވެ. ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށާއި ކަރުގައި އެއްޗެއް ޖެހިފަ ހުރި ކަމުގެ ނިޝާން ހުރި ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 2 ފެބުރުއަރީ 2026 | ހޯމަ 17:50
ހުޅުމާލެ ޖަލު.

ހުޅުމާލެ ޖަލު. | ރާއްޖެއެމްވީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ހުޅުމާލޭ ޖަލުގައި ދިގު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ އިތުރު ގައިދީއަކު ނިޔާވެއްޖެ އެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނި ގޮތުގައި ނިޔާވީ  ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) އެވެ. 

Advertisement - newsAdvertisement

ހޯމަ ދުވަހުގެ މެންދުރު ފަހު ނިޔާޒް އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންދެވި، ފަރުވާ ދޭން ފެށި ކަމަށާއި އަދި 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައި ވާކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ. 

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ގޮތުގައި ފުލުހުން ނިޔާޒް ގެ އާއިލާ އަށް ގުޅާފަ ބުނީ ނިޔާޒް ފާހާނަ ތެރެއަށް މަރުވެގެން ވެއްޓިފަ އޮތް ކަމަށެވެ. ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށާއި ކަރުގައި އެއްޗެއް ޖެހިފަ ހުރި ކަމުގެ ނިޝާން ހުރި ކަމަށެވެ. 

ހަސަން ނިޔާޒް ގެ މަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ވާކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ އަޑު އުފުލަމުންނެވެ. ހަސަން ނިޔާޒް އަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ ފޮތޯތަކެއް ވެސް ސޯޝަލް މީޑިއާ ގައި ދަނީ ދައުރު ވަމުންނެވެ. 

ޙަސަން ނިޔާޒް ނިޔާވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި އޭނާގެ ޢާއިލާ އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. މީގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް  އަންގާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހަސަން ނިޔާޒް ގެ އިތުރުން، ހޯމަ ދުވަހުގެ ހެނދުނުގަ ވަނީ ހުޅުމާލެ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ދިޔަ  މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލް ވެސް ނިޔާވެފަ އެވެ. އޭނާ ނިޔާވީ ސިއްޙީ ހާލު ދެރަވެގެން އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށް ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ. 

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްހުޅުމާލޭ ޖަލުޙަސަން ނިޔާޒްހުޅުމާލެ ހޮސްޕިޓަލްއިންސާނީ ހައްޤުތަކާބެހޭ ކޮމިޝަންއިބްރާހިމް ސުހައިލްމޯލްޑިވްސް ޕޮލިސް ސަރވިސްގައިދީން މަރުވުން

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ
28 ޖެނުއަރީ 2026

ތިލަފުށިން ގެއްލުނު މީހާ މަރުވެފަ އޮއްވާ ފެނިއްޖެ؛ މަރުވީ ހައިމާކު ދަތްގަނޑުން ޖެހިގެން!

28 ޖެނުއަރީ 2026
ތިލަފުށިން ގެއްލުނު މީހާ މަރުވެފަ އޮއްވާ ފެނިއްޖެ؛ މަރުވީ ހައިމާކު ދަތްގަނޑުން ޖެހިގެން!
28 ޖެނުއަރީ 2026

ތިލަފުށިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

28 ޖެނުއަރީ 2026
ތިލަފުށިން ބިދޭސީއަކު ގެއްލިގެން ހޯދަނީ
28 ޖެނުއަރީ 2026

ސިފައިިންގެ ފްލެޓަކުން ބައި ކިލޯ މަސްތުވާތަކެތި ފެނިއްޖެ

28 ޖެނުއަރީ 2026
ސިފައިިންގެ ފްލެޓަކުން ބައި ކިލޯ މަސްތުވާތަކެތި ފެނިއްޖެ
28 ޖެނުއަރީ 2026

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026
ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު