Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޭޕް ގެ ވަގު ވިޔަފާރި

މަނާ ކޮށްފައިވާ ވޭޕް ގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރާ ޒުވާނަކު ހައްޔަރުކޮށްފި

ގާނޫނުން މަނާކޮށްފައިވާ ވޭޕްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރުމުގެ ތުހުމަތުގައި 25 އަހަރުގެ ގ. ވައިޓްރޯސް ނުހާމް މުހައްމަދު ޝިޔާން ހުޅުމާލެ އިން ފުލުހުން ވަނީ ހައްޔަރު ކޮށްފައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 05:36
ފުޅާ ދާއިރާއެއްގައި ވޭޕް ގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ހައްޔަރުކުރި ނުހާމް މުހައްމަދު ޝިޔާން

ފުޅާ ދާއިރާއެއްގައި ވޭޕް ގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ހައްޔަރުކުރި ނުހާމް މުހައްމަދު ޝިޔާން | ޕޮލިސް މީޑިޔާ

2024 ވަނަ އަހަރު ގާނޫނަކުން މަނާ ކޮށްފައިވާ ވޭޕް ގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހުޅުމާލެ އިން ހައްޔަރުކުރީ، ގ. ވައިޓްރޯސް، އުމުރުން 25 އަހަރު ގެ ނުހާމް މުހައްމަދު ޝިޔާން ކަމަށް ފުލުހުން ބުނެ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖާއި ވޭޕް އަދި ޕޮޑު ގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ނުހާމް މުހައްމަދު ޝިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވޭޕް އެތެރެކުރުން މަނާކުރީ 15 ޑިސެމްބަރު 2024 ގަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނު ގައި ވަނީ ހިމަނައިފަ އެވެ. މި ގާނޫނު ގެ ދަށުން ވޭޕް ބޭނުންކުރުން، އުފެއްދުން، އެތެރެކުރުން، ވިއްކުން މަނާކޮށްފައިވެ އެވެ.

ރައީސް މުއިއްޒު އެއްވެސް ކަހަލަ ދިރާސާ އެއް ކުރުމެއް ނެތި އަވަސް އަރުވާލައިގެން، ގާނޫނުތަކަށް ގެނެސްފައިވާ ރާއްޖޭގައި މިހާރު ވަނީ އެތައް ބިލިއަން ރުފިޔާގެ ވަގު ވިޔަފާރިތައް އުފެދިފަ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ސިނގެރޭޓް އަދި ވޭޕް ހިމެނޭހެން މިފަދަ ވަގު ވިޔަފާރި ތަކުގެ އެންމެ އަޑީގައި ތިބެނީ މި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަށްކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ލިބެންޖެހޭ އާމްދަނީ ގެއްލި، ވަގު ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑެތި ފައިދާ ތަކެއް ދަނީ ލިބެމުންނެވެ. 

ވޭޕް މަނާކުރުންވޭޕް ވިޔަފާރިމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

13 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

12 ޖެނުއަރީ 2026
ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

09 ޖެނުއަރީ 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

07 ޖެނުއަރީ 2026
ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި

ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު