Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޕަރޭޝަން އަލިމަގު

އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

ފުލުހުންގެ އޮޕަރޭޝަން އަލިމަގުގެ ތެރެއިން މާލެ އާއި ގއ. އަތޮޅުގައި ހައްޔަރުކޮށްފައިވަނީ ޝައްފާޙް ލަޠީފް، އަޙްމަދު މަދީޙު، އަޙްމަދު އަނާމް އިބްރާހީމް އަދި ނޫރުއްނިޡާމް. އޮޕަރޭޝަނަކީ ގއ. އަތޮޅުގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 08:18
އާދީއްތަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހައްޔަރު ކުރި 4 މީހުން

އާދީއްތަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ހައްޔަރު ކުރި 4 މީހުން | މޯލްޑިވްސް ޕޮލިސް ސާރވިސް

ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ހައްޔަރު 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް އެކަކު 15 ދުވަހަށް ބަންދުކޮށްފި އެވެ. 

ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި ގއ. ވިލިނގިލި / މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި / އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ގއ. ވިލިނގިލި / އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިގެންސްއާއި ޑްރަގް އެންފޯސްމަންޓު ވިންގު ގުޅިގެންނެވެ.

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އޮޕަރޭޝަން އަލިމަގުގއ. ވިލިނގިލިމޯލްޑިވްސް ޕޮލިސް ސަރވިސްޑްރަގް އޮޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި

11 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

09 ޖެނުއަރީ 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

07 ޖެނުއަރީ 2026
ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި

ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި

02 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު