Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ނާޒިމް

ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

9 ޖެނުއަރީ 2026 | ހުކުރު 10:28

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ފުލުހުންގެ މުއައްސަސާގެ އިންޓެގްރިޓީ ގެއްލުވާލި ކަމަށާއި އެހެން ނަމަވެސް ނާޒިމް އާ ބެހޭ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި ހުރި ކަމަށް އިސް ފުލުހަކު ބުނެފައިވާ ކަމަށް.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 10:28
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މޯލްޑިވްސް ޕޮލިސް ސާވިސް ގެ ޒަމާން ދުއްވާލައިފި ކަމަށާއި އޭނާ އާ ބެހޭ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި ހުރި ކަމަށް ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ އިސް ފުލުހަކު ބުނެފި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް މުއައްސަސާ އެއްގެ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޒަމާން ދުއްވާލައިފިއޭ،" ސީނިއަރ ރޭންކެއްގެ ފުލުހަކު ބުނި ކަމަށް ހުސެއިން ވަހީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޕީއެންއެފް ގެ ފްރަންޓް އޮފީސް ޖަލްސާ ގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ އިންޓެގްރިޓީ ގެއްލުވާލައިފި ކަމަށާއި އެހެން ނަމަވެސް އެކަން އެކުރެއްވި މަޖިލީހުގެ ނައިބު ރައީސް ނާޒިމް އާ ބެހޭ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި ހުރި ކަމަށެވެ.

"ހަނދާން ކުރައްޗޭ ތިމަންނާމެންގެ އަތުގައި އެބަހުއްޓޭ އެބޭފުޅާ އާ ބެހޭ ބައިވަރު މައުލޫމާތު،" ފުލުސް އޮފިސަރު ބުނި ކަމަށް ހުސެއިން ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންވާ ކަމަކީ އޭނާ ދޭ މައުލޫމާތެއް ގައި ހުންނާނެ ރަނގަޅު އެއްޗެހި،" ހުސެއިން ވިދާޅުވި އެވެ.  

ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާގައި ކަންކަން ގޯހުން ދާއިރު މުއައްސަސާ އެއްގެ ގޮތުން އެތަން ރަނގަޅު ކުރަން ތެދުވުމުގެ ވިސްނުން އެ މުއައްސަސާގެ ތެރޭގައި ވެސް ހުންނަން ޖެހޭނެ ކަމަށާއި އެއީ ހަމަ އެކަނި ސިޔާސީ މީހުންގެ ޒިންމާ އެއް ނޫން ކަމުގައެވެ.

ޕީއެންއެފް އިން ބާއްވާ ފްރަންޓް އޮފީސް ޖަލްސާ އެއްގައި ވެރިފައި ނުކުރެވޭ ވާހަކަ އެއް ދައްކައިގެން ނުވާނެ ކަމަށް ރައީސް ޔާމީން އޮންނަނީ އަންގަވާފައިކަން ވެސް ހުސެއިން ފާހަގަ ކުރެއްވި އެވެ.

އަހުމަދު ނާޒިމް ހުސައިން ވަހީދުޕީއެންއެފްރައީސް ޔާމިންމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން

09 ޖެނުއަރީ 2026
އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން
08 ޖެނުއަރީ 2026

ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު

08 ޖެނުއަރީ 2026
ގޭސް ކުންފުނިން ގެއްލުނު 3 މިލިއަން ރުފިޔާ! އެމްޑީ ހުރިގޮތަށް, މުއިއްޒުވެސް ހަނު
07 ޖެނުއަރީ 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

07 ޖެނުއަރީ 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި
02 ޖެނުއަރީ 2026

ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި

02 ޖެނުއަރީ 2026
ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި
01 ޖެނުއަރީ 2026

މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

01 ޖެނުއަރީ 2026
މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި
30 ޑިސެމްބަރު 2025

އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން

30 ޑިސެމްބަރު 2025
އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން
30 ޑިސެމްބަރު 2025

ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ޒަޚަމްވި މީހާއަށް ފަރުވާ ދެނީ

30 ޑިސެމްބަރު 2025
ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ޒަޚަމްވި މީހާއަށް ފަރުވާ ދެނީ
26 ޑިސެމްބަރު 2025

މާލޭ ގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި

26 ޑިސެމްބަރު 2025
މާލޭ ގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި
23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް