Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާރާމާރީ

އެއާޕޯޓްގައި މާރާމާރީ ހިންގުމުން ނަސޭހަތް ދީ ދޫކޮށްލި ދެ މީހުން 10 ދުވަސް ފަހުން ހައްޔަރު ކޮށްފި

ކްރިމިނަލް ކޯޓުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ހެކި ލިބިފައިވާތީ. ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި މާރާމާރި މިހާރު އަންނަނީ އިތުރުވަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 10:23
އެއަރޕޯޓުގައި ބިދޭސީންތަކެއް ހިންގި މާރާމާރި

އެއަރޕޯޓުގައި ބިދޭސީންތަކެއް ހިންގި މާރާމާރި | ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރި ހިންގި ބިދޭސީންތަކަކަށް ނަސޭހަތް ދީ ދޫކޮށްލުމަށްފަހު އޭގެ 10 ދުވަސް ފަހުން ހައްޔަރު ކޮށްފި އެވެ. 

މި މަހުގެ 10 ވަނަ ދުވަހު ބިދޭސީން ތަކެއް މާރާމާރީ ހިންގާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ފުލުހުންގެ މީޑިއާއަށް ގުޅުމުން ބުނީ، އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު ސާފުކޮށް ނަސޭހަތް ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ގެ މީޑިއާ އިން ބުންޏެވެ. 

Advertisement - newsAdvertisement

އޭގެ 10 ދުވަސް ފަހުން ފުލުހުން މި ވަނީ އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފަ އެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ލަންކާ އަށް ނިސްބަތް ވާ ދެ މީހުން ކަމަށެވެ. 

އެއީ އުމުރުން 43 އަހަރުގެ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ އަދި އުމުރުން 46 އަހަރުގެ ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ ނަމަކަށް ކިޔާ ދެމީހުންނެވެ. 

ކްރިމިނަލް ކޯޓުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު ކޯޓު އަމުރުގައި ބުނީ އެ ދެމީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން އާންމު މީހެއްގެ އިތުރުން 2 ފުލުހުން ތަހުގީގަށް ދީފައިވާ ބަޔާނާއި ސީސީޓީވީ ފުޓޭޖް އިން ނެގިފައިވާ ސްނެޕް ޝޮޓް ހުށަހަޅާފައިވާ ކަމަށެވެ. 

އެހެން ކަމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. 

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީއަކު އެތަނުގައި ހުރި އެހެން މީހެއްގެ ގައިގަ ފައިން ޖަހާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު އެއަރޕޯޓު ސެކިއުރިޓި އިން އެމީހުން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެ އެވެ. ފުލުހުން މިކަމާގުޅިގެން އޭރު ބުނީ ބިދޭސީންތަކެއްގެ މެދުގައި އެފަދަ ކަމެއް ކޮށްފައިވާކަން އެނގިފައި ނުވާކަމަށާއި އެހެން ނަމަވެސް އެމީހުން ޒުވާބުކޮށް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި މާރާމާރި މި ދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ. 

ކްރިމިނަލް ކޯޓްމާރާމާރީމޯލްޑިވްސް ޕޮލިސް ސަރވިސްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
 މަނާ ކޮށްފައިވާ ވޭޕް ގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރާ ޒުވާނަކު ހައްޔަރުކޮށްފި

މަނާ ކޮށްފައިވާ ވޭޕް ގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރާ ޒުވާނަކު ހައްޔަރުކޮށްފި

16 ޖެނުއަރީ 2026
ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް

ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި މީހަކާ އެކު އިއުތިރާފުގެ އެއްބަސް ވުމެއް ހަދައި، 11 އަހަރަށް ޖަލަށް

14 ޖެނުއަރީ 2026
ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

14 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު