Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޕަރޭޝަން އަލިމަގު

އޮޕަރޭޝަން އަލިމަގު: ހައްޔަރު ކުރި 3 މީހެެއްގެ އެކައުންޓުގައި މުޅި ޖުމްލަ 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ

މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ގއ. ވިލިނގިލީގެ 4 މީހަކު ހައްޔަރުކޮށްފައިވޭ. މި ނެޓްވޯކް 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން އައިސްފައިވާއިރު، ފާއިތުވި 5 އަހަރު ތެރޭގައި މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 400،000 އަށްވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވޭ. މި މައްސަލައިގައި 53 ބޭންކް އެކައުންޓު ފްރީޒްކޮށް 19 ފަރާތެއް ވަނީ ދެނެގަނެފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 03:34
އޮޕަރޭޝަން އަލިމަގުގައި ގއ.އަތޮޅުން ހައްޔަރުކުރި 4 މީހުން

އޮޕަރޭޝަން އަލިމަގުގައި ގއ.އަތޮޅުން ހައްޔަރުކުރި 4 މީހުން | މޯލްޑިވްސް ޕޮލިސް

މާލެ އާއި ގއ. އަތޮޅުގައި އާދީއްތަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރު ކުރި 4 މީހުންގެ ތެރެއިން 3 މީހެެއްގެ އެކައުންޓުގައި 62.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ފުލުހުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން 2025 ޖަނަވަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

Advertisement - newsAdvertisement

މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޝެވޯނާ، ޝައްފާޙް ލަޠީފް (28އ) އާއި ގއ. ވިލިނގިލި / މިޔުޒިކީއާގެ، އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި / އައިޒަން، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ގއ. ވިލިނގިލި / އަރާއިރުގެ، ނޫރުއްނިޡާމް (35އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ފުލުހުން ބުނެ އެވެ. މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ 2025 މާރިޗް މަހު އެވެ.

މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި އެވެ. އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާ ގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެ އެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 މިހާރު ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވެ އެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާ ގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) އެވެ.

މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ދައުރު ކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި) އެވެ.

އަދި، ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފަ އެވެ. މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.

މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވެ އެވެ.

އޮޕަރޭޝަން އަލިމަގުގއ. އަތޮޅުމަނީ ލޯންޑަރިންގމަސްތުވާތަކެތި ޓްރެފިކްކުރުންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި

ހޯމް މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކާއި އިކޮނޮމިކް މިނިސްޓްރީގެ މިހާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް މަސްތުވާތަކެތީގެ މައްސަލައެއް ގައި ހައްޔަރު ކޮށްފި

12 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

އޮޕަރޭޝަން އަލިމަގު: 3 މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެކަކު 15 ދުވަހަށް ބަންދު

12 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި

11 ޖެނުއަރީ 2026
އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

އޮޕަރޭޝަން އަލިމަގު: މަސްތުވާތަކެތި އެތެރެކުރާ ނެޓްވަރކެއް ހުއްޓުވުމަށް ގއ. އަތޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

11 ޖެނުއަރީ 2026
ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު