Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ފެން ބުއިން

ދުވާލަކު ބޯން ޖެހެނީ ކިހާ މިންވަރެއްގެ ފެނެއް؟

ދުވާލަކު އަށް ތަށި ފެން ބޯލުމުގެ އުސޫލު ސައިންޓިފިކްކޮށް ސާބިތެއް ނުވޭ.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 12:06
ކޮންމެ ދުވަހަކު އަށް ތަށި ފެން ބޯންޖެހޭނެ ކަމަށް ބުނާ "8x8" އުސޫލާ ގުޅޭގޮތުން އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ދެކެވޭތާ އަހަރުތަކެއް ވެފައިވާއިރު، މީގެ ސަބަބުން ކަރުހިއްކުން އިހުސާސްވާ ހިސާބަށް ދާއިރު ހަށިގަނޑުން ނުރައްކާތެރި މިންވަރަކަށް ފެން މަދުވެފައިވާ ކަމަށް ގަބޫލުކުރަން އަހަރެމެންނަށް ވަނީ މަޖުބޫރުވެފައި.

ކޮންމެ ދުވަހަކު އަށް ތަށި ފެން ބޯންޖެހޭނެ ކަމަށް ބުނާ "8x8" އުސޫލާ ގުޅޭގޮތުން އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ދެކެވޭތާ އަހަރުތަކެއް ވެފައިވާއިރު، މީގެ ސަބަބުން ކަރުހިއްކުން އިހުސާސްވާ ހިސާބަށް ދާއިރު ހަށިގަނޑުން ނުރައްކާތެރި މިންވަރަކަށް ފެން މަދުވެފައިވާ ކަމަށް ގަބޫލުކުރަން އަހަރެމެންނަށް ވަނީ މަޖުބޫރުވެފައި. | ގެޓީ އިމޭޖަސް

ކޮންމެ ދުވަހަކު ގިނަ ލީޓަރުގެ ފެން ބުއިމަކީ ދުޅަހެޔޮ ސިއްހަތަކާއި، ހަކަތަ އިތުރުވުމާއި، ހަންގަނޑު ރީތިވުމުގެ ސިއްރެއް ކަމަށް ބުނެ އަހަރެމެންނަށް ދަނީ ތަފާތު މެސެޖުތައް ލިބެމުންނެވެ. މީގެ އިތުރުން، ގިނައިން ފެން ބުއިމަކީ ބަރުދަން ލުއިކޮށްދީ، ކެންސަރު ބަލިން ރައްކާތެރިކޮށްދޭނެ ކަމެއްގެ ގޮތުގައިވެސް ދަނީ އިޝްތިހާރު ކުރެވެމުންނެވެ. ފެން ބުއިމަށް އޮތް މި ޝައުގުވެރިކަން އިތުރުވުމުގެ އަސްލަކީ "8x8" ގެ އުސޫލެވެ. މިއީ ރަސްމީ އިރުޝާދެއް ނޫން ނަމަވެސް، މީގެ ދަށުން ލަފާދެނީ އެހެނިހެން ބުއިންތަކުގެ އިތުރުން، ދުވާލަކު 240 މިލިލީޓަރުގެ އަށް ތަށި ފެން (ޖުމްލަ ގާތްގަނޑަކަށް ދެ ލީޓަރު) ބުއިމަށެވެ.

އެހެންނަމަވެސް، މި ބުނާ "އުސޫލަކީ" ސައިންޓިފިކް ހޯދުންތަކުން ސާބިތުވާ ކަމެއް ނޫނެވެ. އަދި އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުގެ (އީޔޫ) ރަސްމީ އިރުޝާދުތަކުގައި ވެސް އެހާ ގިނައިން ފެން ބޯންޖެހޭނެ ކަމަކަށް ބަޔާންކޮށްފަ އެއް ނުވެ އެވެ.

ދުވާލަކު ބޯންޖެހޭ ފެނުގެ މިންވަރާ ބެހޭގޮތުން އޮޅުންބޮޅުން ބޮޑު މައުލޫމާތުތަކެއް ފެތުރިފައި ވަނީ ކީއްވެގެން ހެއްޔެވެ؟

ބޮޑަށް ބެލެވޭ ގޮތުގައި މިއީ މީގެ އެތައް އަހަރެއް ކުރިން ނެރެފައިވާ ދެ އިރުޝާދެއް ނުބައިކޮށް މާނަކުރުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ.

1945 ވަނަ އަހަރު، އެމެރިކާގެ ނޭޝަނަލް ރިސާޗް ކައުންސިލްގެ 'ފުޑް އެންޑް ނިއުޓްރިޝަން ބޯޑް' އިން ބޮޑެތި މީހުންނަށް ލަފާދީފައި ވަނީ، ބޭނުންކުރާ ކޮންމެ ކެލަރީއަކަށް އެއް މިލިލީޓަރުގެ ދިޔާ ތަކެތި ބޭނުންކުރުމަށެވެ. މީގެ މާނައަކީ 2,000 ކެލަރީ ހިމެނޭ ކެއުމަކަށް ފަހު އަންހެނަކަށް ދެ ލީޓަރު، އަދި 2,500 ކެލަރީގެ ކެއުމަކަށް ފަހު ފިރިހެނަކަށް ދެ ލީޓަރާއި ބައިގެ ދިޔާ ތަކެތި ބޭނުންވާނެ ކަމެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ސާފު ފެނުގެ ވާހަކަ އެއް ނޫނެވެ. މީގެ ތެރޭގައި ގިނަ ބާވަތްތަކުގެ ބުއިންތަކާއި، މޭވާއާއި ތަރުކާރީ ވެސް ހިމެނެއެވެ. ބައެއް މޭވާ އާއި ތަރުކާރީގައި 98 އިންސައްތައާ ހަމައަށް ފެން އެކުލެވިގެންވެ އެވެ.

ހަމައެއާއެކު، 1974 ވަނަ އަހަރު ނިއުޓްރިޝަނިސްޓުން ކަމަށްވާ މާގްރެޓް މެކްވިލިއަމްސް އާއި ފްރެޑްރިކް ސްޓޭއާ ލިޔުއްވި "ނިއުޓްރިޝަން ފޯ ގުޑް ހެލްތު" ފޮތުގައި، ދުވާލަކު 6 އަކާއި 8 އަކާ ދެމެދުގެ އަދަދަކަށް ފެން ތަށި ބުއިމަށް ލަފާދީފައިވެ އެވެ. ނަމަވެސް، މީގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން، ކެފެއިން ހުންނަ ބުއިންތަކާއި ފޮނި ބުއިންތައް ވެސް ހިމެނޭނެ ކަމަށް އެ މުސައްނިފުން ލިޔުއްވާފައިވެ އެވެ.

އަހަރެމެންގެ ހަށިގަނޑަށް ބޭނުންވަނީ ކިހާ މިންވަރެއްގެ ފެނެއް؟

ހަށިގަނޑުގައި އަބަދުވެސް ފެން ހުންނަންވާނެ ކަމަށް ގަބޫލުކުރެވޭތީ، ވަރަށް ގިނަ މީހުން ކޮންމެ ތަނަކަށް ދިޔަޔަސް ފެންފުޅި ހިފައިގެން އުޅެ އެވެ. އަދި ހަށިގަނޑަށް ހަގީގަތުގައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ފެން ބޮއެ ހަދަ އެވެ.

ލަންޑަންގެ އިންސްޓިޓިއުޓް ފޯރ ސްޕޯޓް، އެކްސަސައިޒް އެންޑް ހެލްތުގެ ޑައިރެކްޓަރ އޮފް ރިސާޗް ހިއު މޮންޓްގޮމެރީ ވިދާޅުވާ ގޮތުގައި، ސަހަރާއެއްގެ މެދުގައި އިންތިހާވއަށް ހޫނުގަދަ ހާލަތެއްގައި ހުރި މީހެއްގެ ހަށިގަނޑުން ގަޑިއަކު އެންމެ ގިނަވެގެން ބޭރުވާނީ ދެ ލިޓަރުގެ ދަލެވެ. ނަމަވެސް އެއީ ވެސް ވަރަށް ނާދިރު ހާލަތެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލަންޑަންގެ އަންޑަގްރައުންޑް ރޭލުގައި ކުރާ 20 މިނެޓުގެ ދަތުރަކަށް 500 މިލިލިޓަރުގެ ފެންފުޅިއެއް ހިފައިގެން ދިއުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ. ސަހަރާއެއްގެ ހޫނުމިނުގައި ދާހިއްލާ ފަދަ މިންވަރަކަށް އެފަދަ ދަތުރެއްގައި ހަށިގަނޑު ހޫނުވުމަކީ ދުރުކަމެކެވެ.

ކަރު ހިއްކުމަށް ބެލުމުގެ ބަދަލުގައި، ރަސްމީ އިރުޝާދުތަކަށް ބަރޯސާވާން ބޭނުންވާ ފަރާތްތަކަށް، އިނގިރޭސިވިލާތުގެ އެން.އެޗް.އެސް އިން ލަފާ ދެނީ ދުވާލަކު 6 އަކާއި 8 އަކާ ދެމެދުގެ އަދަދަކަށް  ފެން ތަށި ނުވަތަ ދިޔާ އެއްޗެހި ބުއިމަށެވެ. މީގެ ތެރޭގައި ފެޓް މަދު ކިރާއި، ހަކުރު ނުހުންނަ ބުއިންތަކުގެ އިތުރުން ސައި އަދި ކޮފީ ވެސް ހިމެނެ އެވެ.

މީގެ އިތުރުން، އުމުރުން 60 އަހަރުން މަތިވުމުން ކަރުހިއްކުން އިހުސާސްވުމުގެ ބާރު ދަށްވާކަން ހަނދާން ބެހެއްޓުން މުހިންމެވެ. 2022 ވަނަ އަހަރު ޝާއިޢުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުން ފެން މަދުވުމުން ފެންނަ އަލާމާތްތަކަށް ގިނަ ފަހަރަށް ސަމާލުކަން ނުދެވިދެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ކަރުހިއްކުން އިހުސާސްކޮށްދޭ ތަބީޢީ ނިޒާމުގެ ބާރު ދެރަވެ، ޒުވާނުންނަށްވުރެ ބޮޑަށް ހަށިގަނޑުން ފެން މަދުވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، ދުވަސްވީ މީހުން ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށްޓަކައި ފެން ބޯ މިންވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެ އެވެ.

ގިނަ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި، މީހަކު ބޯންޖެހޭ ފެނުގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރާއި، ހަށިގަނޑުގެ ބޮޑުމިނާއި، ޖިންސާއި، ދިރިއުޅޭ މާހައުލުގެ އިތުރުން ކުރާ މަސައްކަތުގެ މައްޗަށެވެ.

ދުވާލަކު އަށް ތަށި ފެން ބޯންޖެހޭނެ ކަމަށް ބުނާ "8x8" އުސޫލަކީ، އިންސާނާގެ ހަށިގަނޑު މާހައުލާ ގުޅިގެން މަސައްކަތްކުރާ ގޮތަށް ބަލާއިރު، ވަރަށް އާދައިގެ އަދި ހަގީގަތާ ދުރު ވިސްނުމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ހަށިގަނޑަށް ހަކަތަ ބޭނުންވާ މިންވަރު ބަލާއިރު މާހައުލުގެ ފިނިހޫނުމިނަށާއި ކުރާ މަސައްކަތުގެ މިންވަރަށް ރިއާޔަތްކުރާ ފަދައިން، ފެން ބޭނުންވާ މިންވަރު ބެލުމުގައި ވެސް މި ކަންކަމަށް ވިސްނަން ޖެހެ އެވެ.

2022 ވަނަ އަހަރު ޔުނިވަރސިޓީ އޮފް އެބަޑީންގެ ދިރާސާވެރިން ހޯދި ގޮތުގައި، އާންމުކޮށް އިރުޝާދުދޭ ދެ ލީޓަރު ނުވަތަ އަށް ތަށި ފެނުގެ ބަދަލުގައި، އިންސާނަކަށް ދުވާލަކު ބޭނުންވަނީ 1.5 އާއި 1.8 ލީޓަރާ ދެމެދުގެ މިންވަރެކެވެ. 23 ގައުމެއްގެ ސައިންސްވެރިންނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި، ހޫނު އަދި ތެތްފިނިކަން ގަދަ މާހައުލުތަކުގައި އުޅޭ މީހުންނާއި، އުސް ބިންތަކުގައި ދިރިއުޅޭ މީހުންނާއި، ކުޅިވަރު ކުޅުންތެރިންގެ އިތުރުން މާބަނޑު މީހުންނާއި ކިރުދޭ މައިންނަށް އެހެން މީހުންނަށްވުރެ ގިނައިން ފެން ބޭނުންވެ އެވެ. މީހަކަށް ފެން ބޭނުންވާ މިންވަރު ދެނެގަތުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު މިންގަނޑަކީ އެމީހަކު އަންދާ ހަކަތައިގެ މިންވަރެވެ. އެހެންކަމުން، ހުރިހާ އެންމެން އެއް މިންގަނޑަކަށް އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ގިނަ މާހިރުން އެއްބަސްވާ ގޮތުގައި، ކޮންމެ ދުވަހަކު ވަކި މިންވަރަކަށް ފެން ބޯންޖެހޭނެ ކަމަށް ބުނާ ބުނުމާ މެދު ކަންބޮޑުވާކަށް ނުޖެހެ އެވެ. ބަނޑުހައިވުމުން ނުވަތަ ވަރުބަލިވުމުން ހަށިގަނޑު އެކަން އަންގައިދޭ ފަދައިން، ފެން ބޭނުންވުމުން ވެސް ކަރުހިއްކުމުގެ ޒަރީއާ އިން ހަށިގަނޑު އެކަން އަންގައިދެ އެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ފެން ބުއިމުން ލިބޭ ހަމައެކަނި ސިއްހީ ފައިދާ އަކީ، ގިނަގިނައިން ފާޚާނާއަށް ދާންޖެހުމުގެ ސަބަބުން މަދު ކެލޮރީކޮޅެއް ހަށިގަނޑުން އަންދާލެވުން އެކަނި ކަމަށް ބެލެވެއެވެ.

މަސްދަރު: ބީބީސީ

ފެންކާބޯތަކެތިއާއްމު ސިއްހަތު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟

12 ފެބުރުއަރީ 2026
ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި

ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި

06 ފެބުރުއަރީ 2026
ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

28 ޖެނުއަރީ 2026
އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

26 ޖެނުއަރީ 2026
ނިދާ އެނދުގެ ބެޑް ޝީޓާއި ބާލީހާއި އުރަ ބަދަލު ކުރަން ޖެހޭނީ ކިހާ އަވަސް އަވަހަށް ހެއްޔެވެ؟

ނިދާ އެނދުގެ ބެޑް ޝީޓާއި ބާލީހާއި އުރަ ބަދަލު ކުރަން ޖެހޭނީ ކިހާ އަވަސް އަވަހަށް ހެއްޔެވެ؟

23 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު