Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުޑައިޓަރީ ގައިޑްލައިންސް

އެމެރިކާގެ ކާނާގެ އުސޫލުތަކަށް ބޮޑު ބަދަލެއް؛ އާޓިފިޝަލް ހަކުރާ ދުރުވެ، މަހާއި ކިރު ބޭނުން ކުރުމަށް ބާރުއަޅަނީ

8 ޖެނުއަރީ 2026 | ބުރާސްފަތި 09:10

މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ ކާނާގެ ސިޔާސަތައް ގެނައި އެންމެ ބޮޑު އެއް ބަދަލު. އާ އުސޫލުގައި ބާރުއަޅަނީ ކާނާގައި ޕްރޮޓީން ހިމެނޭ މިންވަރު އިތުރުކުރުމަށް. މީގެ ތެރޭގައި އެއްގަމު މަހާ ބިސް ހިމެނޭ.

އަލް - ހުރަވީ
އަލް - ހުރަވީ | 8 ޖެނުއަރީ 2026 | ބުރާސްފަތި 09:10
އެމެރިކާގެ ސެކެރެޓަރީ އޮފް ހެލްތް ރޮބަޓް އެފް ކެނެޑީ ޖޫނިއަރ

އެމެރިކާގެ ސެކެރެޓަރީ އޮފް ހެލްތް ރޮބަޓް އެފް ކެނެޑީ ޖޫނިއަރ | ނިއު ޔޯކް ޓައިމްސް

އެމެރިކާގެ ރައްޔިތުން ކެއިން ބުއިމުގައި ގެންގުޅޭ މިންގަނޑުތަކަށް ނުވަތަ "ޑައިޓަރީ ގައިޑްލައިންސް" އަށް ޓްރަމްޕް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ ކާނާގެ ސިޔާސަތަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.

އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސަސް ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއަރ (އާރު.އެފް.ކޭ ޖޫނިއަރ) އިސްވެ ހުންނަވައި އިއުލާންކުރެއްވި މި އާ އުސޫލުތަކުގެ ދަށުން، މީގެ ކުރިން ސިއްހީ މާހިރުން މަދުކުރުމަށް ބާރުއެޅި ބައެއް ބާވަތްތައް ބޭނުން ކުރުމަށް މިހާރު ވަނީ ބާރުއަޅާފަ އެވެ. އެގޮތުން އައު އުސޫލުގެ ބައިތައް ތިރީގައި މިވަނީ އެވެ.

ޕްރޮޓީން އަށް އިސްކަން ދިނުން

އާ އުސޫލުގައި ބާރުއަޅަނީ ކާނާގައި ޕްރޮޓީން ހިމެނޭ މިންވަރު އިތުރުކުރުމަށެވެ. މީގެ ތެރޭގައި އެއްގަމު މަހާއި އާއި ބިސް ހިމެނެ އެވެ.

ފުލް-ފެޓް ކިރުގެ ބާވަތްތައް

ކުރިން ބޭނުން ކުރުމަށް ލަފާދިން "ލޯ-ފެޓް" ނުވަތަ ފެޓް މަދު ކިރުގެ ބަދަލުގައި، މިހާރު ބާރުއަޅަނީ ފުލް-ފެޓް ކިރާއި ބަޓަރު ފަދަ ތަކެތި ބޭނުން ކުރުމަށެވެ.

ޕްރޮސެސް ކުރި ކާނާ މަނާކުރުން

ފެކްޓްރީތަކުގައި ތައްޔާރުކޮށްފައި ހުންނަ "އަލްޓްރާ-ޕްރޮސެސްޑް" ކާނާ، މިސާލަކަށް ޗިޕްސް، ކޮންފެކްޝަނަރީ އަދި ފޮނި ބުއިންތައް ބޭނުންކުރުން ހުއްޓާލުމަށް ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ.

ހަކުރު މަދުކުރުން

އާޓިފިޝަލް ހަކުރާއި އިތުރަށް ފޮނިކުރަން އަޅާ އެއްޗެހި އެއްކޮށް ކެއުމުން ދުރުހެލި ވުމަށް ވަނީ އަންގާފަ އެވެ. ކޮންމެ އިރެއްގެ ކެއުމެއް ގައި 10 ގްރާމަށްވުރެ ގިނައިން ހަކުރު ނުބެހެއްޓުމަށް ވަނީ ލަފާދީފަ އެވެ.

ސެކެރެޓަރީ ކެނެޑީ ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުން، ޚާއްޞަކޮށް ކުޑަކުދިންގެ ސިއްހަތު ރަނގަޅު ކުރުމަށް ފެށި "މޭކް އެމެރިކާ ހެލްތީ އެގެއިން" (MAHA) އެޖެންޑާގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މީގެ ކުރިން އޮތް "ފުޑް ޕިރަމިޑް" ނުވަތަ ކާނާގެ ތަރުތީބުވެސް ބަދަލުކޮށް، ގްރެއިންސް ނުވަތަ ގޮދަނުގެ ބާވަތްތަކުގެ ބަދަލުގައި ޕްރޮޓީން އަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ބައެއް ސިއްހީ މާހިރުން ވަނީ މި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޚާއްޞަކޮށް ސެޗުރޭޓަޑް ފެޓް ނުވަތަ ސަރުބީ ގިނަ ކާނާ ބޭނުން ކުރުން އިތުރު ކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ބައެއް ޑޮކްޓަރުން ފާހަގަކުރެ އެވެ.

މި އާ ގައިޑްލައިންތަކުގެ ސަބަބުން އެމެރިކާގެ ސްކޫލްތަކުގެ މެންދުރުގެ ކެއުމާއި، އަސްކަރިއްޔާގެ ކާނާގެ މިންގަނޑުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އާއްމު ސިއްހަތުކާބޯތަކެތި ބޭނުން ކުރުމުގެ މިންގަނޑު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟

12 ފެބުރުއަރީ 2026
ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟
06 ފެބުރުއަރީ 2026

ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި

06 ފެބުރުއަރީ 2026
ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި
02 ފެބުރުއަރީ 2026

ދުވާލަކު ބޯން ޖެހެނީ ކިހާ މިންވަރެއްގެ ފެނެއް؟

02 ފެބުރުއަރީ 2026
ދުވާލަކު ބޯން ޖެހެނީ ކިހާ މިންވަރެއްގެ ފެނެއް؟
28 ޖެނުއަރީ 2026

ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި

28 ޖެނުއަރީ 2026
ނިޕާ ވައިރަސްގެ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާ އިން ބުނެފި
26 ޖެނުއަރީ 2026

އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި

26 ޖެނުއަރީ 2026
އިންޑިއާ ގައި ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެމުންދާތީ، އޭޝިއާގެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ކޮވިޑް ދުވަސްވަރުގެ ފިޔަވަޅުތައް އަޅަން ފަށައިފި
23 ޖެނުއަރީ 2026

ނިދާ އެނދުގެ ބެޑް ޝީޓާއި ބާލީހާއި އުރަ ބަދަލު ކުރަން ޖެހޭނީ ކިހާ އަވަސް އަވަހަށް ހެއްޔެވެ؟

23 ޖެނުއަރީ 2026
ނިދާ އެނދުގެ ބެޑް ޝީޓާއި ބާލީހާއި އުރަ ބަދަލު ކުރަން ޖެހޭނީ ކިހާ އަވަސް އަވަހަށް ހެއްޔެވެ؟
17 ޖެނުއަރީ 2026

ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް

17 ޖެނުއަރީ 2026
ކްރިއޭޓިން: ހަށިގަނޑު ބިނާކުރުމަށް ބޭނުންކުރާ ސަޕްލިމެންޓެއް، ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ ވެސް އެއްޗެއް
11 ޖެނުއަރީ 2026

ހަށިގަނޑުން އަމިއްލަ އަށް ޑިޓޮކްސް ކުރުމަށް ބާރުއެޅުމަށް ހެދިދާނެ ގޮތްތައް

11 ޖެނުއަރީ 2026
 ހަށިގަނޑުން އަމިއްލަ އަށް ޑިޓޮކްސް ކުރުމަށް ބާރުއެޅުމަށް ހެދިދާނެ ގޮތްތައް
08 ޖެނުއަރީ 2026

ތަށި ދޮންނަ އިސްޕަންޖަކީ ޖަރާސީމު ހާއްޔެއް! ބަދަލުގައި ބުރުސް ބޭނުން ކުރުން މާ ރަނގަޅު ނުވާނެތަ؟

08 ޖެނުއަރީ 2026
ތަށި ދޮންނަ އިސްޕަންޖަކީ ޖަރާސީމު ހާއްޔެއް! ބަދަލުގައި ބުރުސް ބޭނުން ކުރުން މާ ރަނގަޅު ނުވާނެތަ؟
20 ނޮވެމްބަރު 2025

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި

20 ނޮވެމްބަރު 2025
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް