Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

ކ. ގުރައިދޫ ކައުންސިލް ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރާ އަބްދުލް މަޖީދު ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅުމުން ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ނުވެގެން އުޅެނީ ޓެކްނިކަލް ޓީމް ރިސޯޓަކަށް ގޮސްފައިވާތީ ކަމަށް ވެސް ޑީޖޭއޭ އިން އޭނާ އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 12:21
ޑީޖޭއޭ

ޑީޖޭއޭ

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑިޕާޓްމަންތް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކެނޑިޑޭޓަކަށް، ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ އެވެ.

މި މައްސަލަ ދިމާވެފައި ވަނީ ކ.ގުރައިދޫ ކައުންސިލް ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރާކަން އިއުލާންކޮށްފައިވާ އަބްދުލް މަޖީދު އަށެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން މަޖީދު ބުނީ އޭނާ ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށެވެ. އަދި އާދިއްތަ ދުވަހު ހެނދުނު 9 ޖެހި އިރު 193 ކޯޓުގެ ތެރެއިން، 192 ކޯޓުން އޭނާގެ ކުށުގެ ރެކޯޑް ސާފު ކުރެވިފައިވާކަން އެނގުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ އާއި އެކު ކުށުގެ ރެކޯޑް ސާފު ކުރަން ހުށަހެޅި ބައެއް ކެނޑިޑޭޓުން އޭނާ އާއި އެއް ދުވަހެއްގައި ކުށުގެ ރެކޯޑު ސާފުކުރަން ހުށަހެޅި ނަމަވެސް އެ ކެނޑިޑޭޓުންނަށް މައްސަލަ އެއް ދިމާވެފަ އެއް ނުވެ އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހަކީ ކެނޑިޑެސީ ފޯމު ހުށަހެޅުމަށް ދިން ސުންގަޑި ހަމަވާ ދުވަހަށް ވުމާއި އެކު އެ މަރުހަލާ ފުރިހަމަ ކުރުމަށް އެކި ގޮތް ގޮތުން ވަރަށް މަސައްކަތް ކޮށްފައިވާނެ ކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ބެލި ބެލުމުން ކުށުގެ ރެކޯޑް ސާފު ނުވަނީ ވ. ތިނަދޫ ކޯޓުން ކަން އެނގުނެވެ. އެ ކޯޓާއި ގުޅައިގެން ސުވާލުކުރުމުން އެންމެ ފުރަތަމަ ބުނީ އެންމެ މީހަކު އެ މަސައްކަތް ކުރަން ހުރެފައި، އޭނާ ސިކް ލީވްގައި ހުރުމުން ކުށުގެ ރެކޯޑް ސާފު ނުވަނީ ކަމަށެވެ. ނަމަވެސް ފަހުން ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުން އެ މަރުހަލާ ފުރިހަމަ ނުވަނީ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މަޖީދު ބުނީ އޭނާ ދެން މަސައްކަތް ކުރީ ވ. ފުލިދޫ އިން އެ މަރުހަލާ ފުރިހަމަ ކުރެވޭތޯ ކަމަށެވެ.

"އެންމެ ފުރަތަމަ ބުނި ކުރެވޭނެ އޭ. ތިނަދޫގެ އެގޮތަށް ހުންނަ އެއްޗެހި ސާފުކޮށް ދެވޭނެ އޭ. އެ އޮތޯރިޓީ އޮވެއޭ. ތިނަދޫ އިން ކުރިން ބަލާފަ އެއް ފަހަރު ދިން އޭގެ ކުރިން ލިސްޓުގައި އެ ނަމެއް ނެތޭ ކިޔާފަ ވެސް ޖަވާބު. އެކި ފަހަރު އެކި ގޮތަށް. ދެން ފުލިދޫ އިން ކުރެވޭނެ އޭ ބުނީމަ ބަލާފަ ބުނި މާލޭ ކޮޅުން ހިފަހައްޓާފަ އޭ ވީ." އޭނާ ބުނެފައި ވެ އެވެ.

އެހާ ހިސާބުން ޑީޖޭއޭ އަށް ގޮސްގެން އޭނާ ގެ ޓީމުން ކުރި މަސައްކަތުން ވެސް ވާނުވާ ސާފެއް ނުވި އެވެ. ހެނދުނުން ފެށިގެން 5:30 އާ ހަމަ އަށް ކުރި މަސައްކަތުން ވެސް މަޖީދު އަށް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. 11 ޖަހާ އެހާކަށް ހާއިރު ދިން ޖަވާބަކީ ފޯމުގައި ޓެކްނިކަލް މައްސަލަ އެއް ހުރި ކަމަށެވެ. އެފަދަ 12 ފޯމެއްގެ މައްސަލަ ދިމާވި ކަމަށް ޑީޖޭއޭ އިން ވަނީ އަންގާފަ އެވެ.

"ޖުޑީޝަރީ އިން ބުނީ މައްސަލަ ހައްލުވާނޭ 12 ޖަހާ އިރަށް ރިކުއެސްޓް ކޮށްފީމޭ އައިޓީ ޓީމަށް." އޭނާ މި ނޫހަށް ކިޔާދިނެވެ.

މަޖީދު އިތުރަށް ބުނި ގޮތުގައި ޓެކްނިކަލް މައްސަލަ ހައްލު ނުވެގެން އުޅެނީ ޓެކްނިކަލް ޓީމް ވޯކްޝޮޕަކަށް ރިސޯޓަކަށް ގޮސްފައިވާތީ ކަމަށް ވެސް ޑީޖޭއޭ އިން މައުލޫމާތު ދިން ފަރާތުން ބުނެފައި ވެ އެވެ. ޓެކްނިކަލް މައްސަލަ އަކުން ފޯމު ނުލެވޭކަން އެނގުމުން އެކަމާއި ގުޅުން ހުރި ލިޔުމެއް ދިނުމަށް އެދުމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވަކި އެއްޗެއް ނާންގާތީ އެކަން ވެސް ކޮށްދީފަ އެއް ނުވެ އެވެ.

އެހެންކަމުން ފޯމު ހުށަހަޅަން ދިން މުއްދަތު ހަމަވި އިރު ފޯމު ހުށަހެޅޭ ގޮތެއް ނުވި އެވެ. މަޖީދު ވަނީ އޭނާ ގެ ކެނޑިޑޭސީގެ މައްސަލަ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. މިފަދަ މައްސަލަ އެއް ދިމާވެފައި މި ވަނީ ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ލަސްކުރުމަށް ޑީޖޭއޭ މެދުވެރިކޮށް ސަރުކާރާއި ދެކޮޅަށް ވާދަކުރާ ކެނޑިޑޭޓުންނަށް ޓަރގެޓް ކޮށްގެން މަސައްކަތްތަކެއް ކުރާ ކަމަށް އާއްމުންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ފޯމު ހުށަހެޅުމުގެ މުޅި މަރުހަލާ އޮންލައިންކޮށް އެކަނި ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖެއްސުމަކީ ވެސް އާއްމުން ސުވާލު އުފައްދާ ކަމެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކ.ގުރައިދޫއަބްދުލް މަޖީދުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

02 ފެބުރުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

30 ޖެނުއަރީ 2026
އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު