Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިގްތިސާދު

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

ޔައުގޫބް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ވެސް ރައްޔިތުން ބާރުވެރި ކުރުވުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، އެގޮތުން ކައުންސިލްތަކަށް ބާރުވެރިކަން ދިން ކަމަށް. މިގޮތަށް ރައްޔިތު މީހާ ބާރުވެރިވުމުން ސަރުކާރުން ބޭނުންހާ ގޮތަކަށް ރައްޔިތުން ބޯނުލަބާ ކަމަށާއި، އެހެންކަމުން މަސައްކަތް ކުރަނީ އިގްތިސާދީ ގޮތުން ރައްޔިތުން ނިކަމެތި ކޮށްލުމަށް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 10:43
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އިގްތިސާދީ ގޮތުން ބާރުވެރި ނުވާހާ ހިނދެއްގައި ރައްޔިތުން ބާރުވެރިނުވާނެ ކަމަށާއި، ސަރުކާރަށް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ޔައުގޫބް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ވެސް ރައްޔިތުން ބާރުވެރި ކުރުވުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، އެގޮތުން ކައުންސިލްތަކަށް ބާރުވެރިކަން ދިން ކަމަށެވެ. އަދި އިގްތިސާދީ އެކިއެކި ހަރަކާތްތައް ހިންގޭނެ ފުރުސަތު ރަށްރަށުގައި ފަހިކޮށްދިން ކަމަށެވެ. 

މާފުށީގެ ފަތުރުވެރިކަމަށް އިޝާރާތް ކުރައްވައި ޔައުގޫބް ވިދާޅުވީ އެއީ ޕައިލެޓް ޕޮޖެކްޓެއް ކަމަށާއި، ވަރަށް ކާމިޔާބު ކަމާއެކު އަތޮޅުތެރޭގެ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރަމުންދާ ކަމަށެވެ. ޔައުގޫބް ވިދާޅުވީ މިއަދު ދައުލަތުގެ ބަޖެޓަށް ބަރޯސާނުވާ ރަށްރަށް އެބަހުރި ކަމަށާއި، ބަޖެޓުގައި ކަނޑައަޅާ އަދަދަށް ވުރެ ބޮޑު އާމްދަނީއެއް ކައުންސިލްތަކަށް ލިބޭ ރަށްތައް އެބަހުރި ކަމަށެވެ.

މީގެ އިތުރުން ޔައުގޫބު ވިދާޅުވީ މިގޮތަށް ރައްޔިތު މީހާ ބާރުވެރިވުމުން ސަރުކާރުން ބޭނުންހާ ގޮތަކަށް ރައްޔިތުން ބޯނުލަބާ ކަމަށާއި، އެހެންކަމުން މަސައްކަތް ކުރަނީ އިގްތިސާދީ ގޮތުން ރައްޔިތުން ނިކަމެތި ކޮށްލުމަށް ކަމަށެވެ.

އެވްރެޖްކޮށް މީގެ ރަށަކަށް ދައުލަތުގެ ބަޖެޓުން އަހަރަކަށް ހަރަދު ކުރަން މިދެނީ 7 މިލިއަން ރުފިޔާ. މީގެން ރަށްތަކަށް އެމީހުން އެ ކުރާ ވިޔަފާރީގައި، ރަށު ތެރޭގައި މި ކުރާ ވިޔަފަރީގައި އެކިއެކި ފީތަކާއި އެކިއެކި ކަންކަމުގެ ތެރެއިން އެ ކައުންސިލްތަކަށް އެބަ ލިބޭ 7 މިލިއަނަށްވުރެ މާގިނައިން. އެތައް މިލިއަނެއް ޓެކްސްގެ ގޮތުގައި ދައްކާ. އޭގެ އިތުރުން ކައުންސިލަށް އެބަ ލިބޭ އާމްދަނީ. ދެން މިވާގޮތަކީ މިރަށްރަށުގެ އާމްދަނީ އިތުރުވެގެން ވިޔަފާރިތައް ރަނގަޅުވެގެން ވަޒީފާތައް އިތުރުވެގެން ދިޔާއީމަ ރައްޔިތު މީހާ ބާރުގަދަވަނީ. ނޫނީ ބާރުވެރިވަނީ. ބާރުވެރިވީމަ ސަރުކާރުން ބުނާހާ އެއްޗެއް ބޭނުން ގޮތަކަށް ބުނާ ކޮންމެ ކަމެއް ކުރާކަށް ރައްޔިތު މީހާ ނޫޅޭނެ. ނެތީމަ އެއްކަލަ ސަރުކާރުން ބޭނުންވާ ސަކަރާތެއް ނުޖެހޭ. އެހެންވީމަ ރައީސް މުއިއްޒުގެ ބޭނުމަކީ  ރައްޔިތުން ނިކަމެތި ކޮށްލުން.ނިކަމެތި ކޮށްފައި ނިކަމެތި ކަންމަތީގައި ބަހައްޓާފައި ދެން އިންތިޚާބަކަށް ގޮސް މީހުންނަށް މަޖުބޫރުކޮށްގެން މަޖުބޫރީ ހާލަތެއްގައި ބައިތިއްބައިގެން ވޯޓު ހޯދައިގެން އިންތިޚާބު ކާމިޔާބު ކުރުން. އެއީ މައިގަނޑު ސިޔާސަތަކީ.
ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ މި ސަރުކާރަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ،  އެއްވެސް ރަށެއްގައި ކައުންސިލްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާއިރު، ކުރިއަށް އޮތްތަނުގައި ކައުންސިލްތަކުގެ ބާރު ހަނިކޮށް، މިހާރު ދޭ ބަޖެޓު ވެސް ދިނުން އެއްކޮށް ހުއްޓާލާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ޔައުގޫބް އަބްދުﷲއިގްތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

30 ޖެނުއަރީ 2026
ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

30 ޖެނުއަރީ 2026
ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު

ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

29 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު