Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު

29 ޖެނުއަރީ 2026 | ބުރާސްފަތި 07:59

މަޖިލިސް އިންތިޚާބާ ހިލާފަށް ކައުންސިލް އިންތިޚާބަކީ މިޑްޓާމް އިންތިޚާބެއް ކަމަށާއި، ސަރުކާރު ހިންގާ ގޮތާއި، ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމުގެ އިހްލާސްތެރިކަން ހުރިމިންވަރު ވަޒަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2026 | ބުރާސްފަތި 07:59
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ފައިސާ އާއި ނުފޫޒުން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ނިޔާޒު ވިދާޅުވީ، ސަރުކާރުގެ އަތުގައި ބާރާއި ނުފޫޒު އެބައޮތް ކަމަށާއި، މުއައްސަސާތަކުގައި ތިއްބެވީ ސަރުކާރުގެ ބޭފުޅުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް އިންތިޚާބުގައި ބާރާއި ނުފޫޒު ދައްކައި، ފައިސާ އިން ވެސް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ ކަމަށެވެ. އެކަން ރާއްޖޭގެ ތާރީހުން ފެންނަން އޮބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނިޔާޒު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ބާރު ހަނިކޮށް މަރުކަޒު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ރައްޔިތުންނަށް އެނގޭ ކަމަށެވެ. 

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވެސް ފައިސާ އާއި ނުފޫޒުން ޕީއެންސީން ހޯދާފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށް ވާހަކަތައް ދައްކަމުންދާތީ، އެކަމަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ، އެއީ އެންމެ ރަނގަޅު މިސާލު ނޫން ކަމަށެވެ. މަޖިލިސް އިންތިޚާބާ ހިލާފަށް ކައުންސިލް އިންތިޚާބަކީ މިޑްޓާމް އިންތިޚާބެއް ކަމަށާއި، ސަރުކާރު ހިންގާ ގޮތާއި، ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމުގެ އިހްލާސްތެރިކަން ހުރި މިންވަރު ވަޒަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފުރަތަމަ ކަމަކަށް ތީގެ މިސާލެއްގެ ގޮތުގައި ތިބޭފުޅުން ވިދާޅުވެދާނެ ރައްޔިތުންގެ މަޖިލިސް ވެސް ހަމަ އެހެނޭ ކަންތައްވީ. ރައްޔިތުން މަޖިލިސް އިންތިޚާބު މިއަންނަނީ ވެރިކަން ލިބުމަށްފަހު ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހުގެ ތެރޭގައި. އެހެންވީމަ ވަރަށް ބޮޑެތި ވައުދުތަކެއް ސަރުކާރުން ވެގެން މިއަންނަނީ ތިމަންނާމެން ރައްޔިތުންނަށްޓަކައި އަނެއްކާ ވެސް ކުރިން ހިންގި ވަރަށް ވުރެ ރަނގަޅަށް ހިންގަން. އެހެންވީމަ 6 މަސް ދުވަހަކީ ރައްޔިތުންނަށް އެކަން ޖަޖް ކުރަން ނޭނގޭނެ. އެހެންވީމަ އެއީ ރަނގަޅު މިސާލަކަށް ނުވެދާނެ. 
އަލީ ނިޔާޒު

ކައުންސިލްތަކުން ސަރުކާރަށް ޖެއްސުން ކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ނިޔާޒު ވިދާޅުވީ އެއީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމަށް މިސަރުކާރުގެ ބޭފުޅުން ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކައުންސިލްތައް ގޯސް ނަމަ، ރާއްޖޭގެ ފަސް ސިޓީއަށް ރައީސް މުއިއްޒު ވަޑައިގަންނަވާ ރައްޔިތުންނާ ބައްދަލު ނުކުރެއްވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ސިޓީއެއްގައި ތިއްބެވީ އެމްޑީޕީގެ މޭޔަރުން ކަމަށާއި، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާ ކަމަށެވެ.

ނިޔާޒު ވިދާޅުވީ ކައުންސިލްތަކުން މަސައްކަތް ކުރާ ކަމަށާއި، ރައްޔިތުންގެ މަޝްވަރާއާއެކު، ރަށުގެ ކުރިއެރުމަށް މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 

އެގޮތުން ބައެއް ރަށްރަށުގައި ޕާކުތަކާއި، ބީޗްތައް ތަރައްގީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުން ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދު ކުރަނީ މި ނިޒާމަށް ކަމަށާއި، އެކަން އެންމެފަހުން ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާއިން ވެސް ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން މި ނިޒާމާ އެކު، ރާއްޖެ ކުރިއަށް ގެންދިއުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މި ނިޒާމު ދަންނަ މި ނިޒާމު ހިންގަން އެނގޭ އެމްޑީޕީގެ ކެންޑީޑޭޓުންނަށް ވޯޓު ދިނުމަށް ނިޔާޒު ގޮވާލެއްވި އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އަލީ ނިޔާޒްލާމަރުކަޒީ ނިޒާމު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ
28 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު
28 ޖެނުއަރީ 2026

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026
ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި
27 ޖެނުއަރީ 2026

ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް

27 ޖެނުއަރީ 2026
ސަރުކާރުން ދެއްވާ ގްރާންޓުން އަތޮޅު ކައުންސިލް މުވައްޒަފުންގެ 2 މަހުގެ މުސާރަ ނުދެވޭ: ހއ. އަތޮޅު ކައުންސިލް ގެ ރައީސް
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް