Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

މެންބަރު އަމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު މަޖިލީހުގެ މެޖޯރިޓީ ޑީއާރްޕީ އަށް ލިބުމުން ސަރުކާރަށް ވަރަށް ބޮޑަށް ޖެއްސުންކޮށް މަސައްކަތްތަކަށް ހުރަސް އަޅާފައިވާ ކަމަށް. ރައްޔިތުންނާ ގަައުމުގެ މަސްލަހަތަށް ބެލުމެއް ނެތި، ސަރުކާރުން ގެންނަ ހުރިހާ ކަމަކަށް ނޫނެކޭ ބުނެ، ޖެއްސުން ކުރި ކަމަށް މެންބަރު އަމީން ވިދާޅުވި. އަދި މިއަދު ވެރިކަމުގައި ތިއްބެވީ ވެސް އެބޭފުޅުންކަން ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 08:27
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު އަމީން ވިދާޅުވީ، 2008 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޑީއާރްޕީ އަށް ލިބުމުން އެ މަންޒަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ. އޭރުގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ވަރަށް ބޮޑަށް ޖެއްސުންކޮށް މަސައްކަތްތަކަށް ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންނާ ގަައުމުގެ މަސްލަހަތަށް ބެލުމެއް ނެތި، ސަރުކާރުން ގެންނަ ހުރިހާ ކަމަކަށް ނޫނެކޭ ބުނެ، ޖެއްސުން ކުރުމުގެ ސަގާފަތެއް އިޔާދަ ކުރި ކަމަށް މެންބަރު އަމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވެސް އެމްޑީޕީގެ ފިކުރާ އިދިކޮޅު ސިޔާސީ ބޭފުޅުންނަކީ އެ ފިކުރުގައި މަސައްކަތް ކުރާ ބޭފުޅުން ކަމަށެވެ. 

މިހާރު ވެރިކަމުގައި ތިއްބެވީ ޖެއްސުން ކުރުމުގެ ސަގާފަތް ގެންގުޅޭ ބޭފުޅުންކަން ފާހަގަކުރައްވައި މެންބަރު އަމީން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެނަމަ މަޝްރޫއުތައް ހުއްޓޭނެ ކަމަށް މިހާރު ވިދާޅުވަނީ ރައްޔިތުންނަށް އަދިވެސް އޮޅުވާލުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެމްޑީޕީގެ ކައުންސިލަރުންނަކީ ރަށްރަށުގެ ތަރައްގީއަށް ހުރަސްއަޅައި، ސަރުކާރުގެ މަސައްކަތްތަކަށް ޖެއްސުން ކުރާނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު އަމީން ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުންނާ ގުޅޭގޮތުން މިސަރުކާރުން ދައްކަމުން ދަނީ ހޮޅި ވާހަކަ ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުން ކަމަށެވެ. 

ދެން އަނެއްކާ ކައުންސިލް އިންތިޚާބު ބޯމަތިވީމަ މި ބުނަނީ އަދި ކަމަކު ނުދޭ. ހުއްޓިފައި ހުރި ޕްރޮޖެކްޓްތަކާ ތިމަންމަނިކުފާނު ކުރިއަށް ގެންދަން ވައުދުވެފައި ހުރި ޕްރޮޖެކްޓްތަކާ މިކަންކަން ކުރެވޭނީ  އަދި ކައުންސިލް ވެސް ލިބިގެންނޭ.  ވެރިކަން ލިބިފައި، މަޖިލިސް ލިބިފައި ނުކުރެވުނު ކަމެއް ދެން ވަކި ކައުންސިލް ލިބިގެން ކިހިނެތްތޯ އޭ ކުރާނީ  މިބޭފުޅުން މިވީ ދުވަސްތަކުގެ ތެރޭގައި ކައުންސިލަކުން ރާއްޖޭގެ ކޮން ކައުންސިލަކުން ކޮންކަމެއްތޯ އޭ މިބޭފުޅުން ބުނެގެން ނުކޮށް ދިނީ. ނުކޮށްދީފާނެ ކަމަށް ގާނޫނު ވެސް ބަދަލު ކުރީ ބިން ދިނަސް ނުދިނަސް އެލްޖީއޭއަށް ބާރު އޮންނާނޭ މިހާރު ބިން ދިނަސް ނުދިނަސް ސަރުކާރުން ބޭނުން ވެއްޖެއްޔާ އެރަށުގެ ބިން ބޭނުން ސައިޒަކަށް ނަގައިގެން ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓް ހިންގުމުގެ ބާރު އެއޮތީ  ގާނޫނުން ދީފައި. މިބޭފުޅުން އެބަދަލު ގެނައީ ވެސް.
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް 

މެންބަރު އަމީން ވިދާޅުވީ ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ރަސްގެފާނު ވިދާޅުވާ ގޮތަކަށް ކަންކަން ކުރާ އުސޫލަށް ހުރިހާ ކަމެއް އިޔާދަވާނެ ކަމަށެވެ.

އެހެންކަމުން މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް އޭނާ ގޮވާލެއްވި އެވެ. 

އެމްޑީޕީއަމީން ފައިސަލްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

ރައްޔިތުންނަށް އޮޅުވާލައިގެން ރެފަރެންޑަމްގެ ނަމުގައި މަޖިލީހުގެ ދައުރު ދިގުކޮށް، ރިޔާސީ އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މައުރޫފް

30 ޖެނުއަރީ 2026
ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު

ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

29 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު