Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

2 ފެބުރުއަރީ 2026 | ހޯމަ 06:43

ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލިއިރު، އެ މުއްދަތު ހަމަވީ އާދިއްތަ ދުވަހުގެ ހަވީރު. ޝަރުތު ހަމަވާ 2،993 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވާއިރު، 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ. އިންތިޚާބުގައި 629 ކައުންސިލަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، ވޯޓު ނެގުން އޮންނާނީ އަންނަ އެޕްރީލް 4 ވަނަ ދުވަހު.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ފެބުރުއަރީ 2026 | ހޯމަ 06:43
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން. | އިލެކްޝަންސް ކޮމިޝަން

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުވާލިއިރު، އެ މުއްދަތު ހަމަވީ އާދިއްތަ ދުވަހުގެ ހަވީރު އެވެ.

Advertisement - newsAdvertisement

އީސީ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ލޯކަލް ކައުންސިލްތަކުގެ އެކި މަގާމުތަކަށް ޖުމްލަ 1,936 ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ކޮމިޝަނުން ބަލައިގަނެފައި ވަނީ 1,610 ފޯމެވެ. ޑަބްލިއުޑީސީ އަށް ވާދަކުރުމަށް 1,611 ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން ސައްހަ ކަމަށް ބަލައިގަނެފައިވަނީ 1,383 ފޯމު ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މި އިންތިޚާބު ގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މިދިޔަ މަހުގެ 8 ވަނަ ދުވަހު އާންމު ކޮށްފައިވާއިރު އެ ލިސްޓުގައިވާ ގޮތުން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.  އެއީ 150,410 ފިރިހެނުންނާއި 144,527 އަންހެނުންނެވެ.

މިފަހަރުގެ އިންތިޚާބު ގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އަންހެން މެންބަރުން ހޮވާނެ އެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ އަންހެން މެންބަރު ވެސް އިންތިޚާބު ކުރާނެ އެވެ.

މީގެ އިތުރުން ޑަބްލިއުޑީސީގެ އިންތިޚާބު ގައި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާއިރު، ސިޓީތަކުގައި ވެސް ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީ މެންބަރުން އިންތިޚާބު ކުރާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 8:00ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގަ އެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހު ކަމަށް އީސީން ބުނެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންޑަބްލިއުޑީސީސިޓީ ކައުންސިލްރަށު ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2026

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

01 ފެބުރުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި
31 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.

31 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން  އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.
30 ޖެނުއަރީ 2026

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

30 ޖެނުއަރީ 2026
ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް
30 ޖެނުއަރީ 2026

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

30 ޖެނުއަރީ 2026
ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް
30 ޖެނުއަރީ 2026

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

30 ޖެނުއަރީ 2026
އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން
29 ޖެނުއަރީ 2026

ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު

29 ޖެނުއަރީ 2026
ފައިސާއާއި ނުފޫޒުން ވެސް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީއެންސީ އަށް ނުލިބޭނެ: ނިޔާޒު
29 ޖެނުއަރީ 2026

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފި

29 ޖެނުއަރީ 2026
ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފި
29 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ
28 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް