Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

މި ސަރުކާރުން އެ ލިސްޓު ޑިލީޓް ކޮށްލައި އަލުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލުމުން ރައްޔިތުންނަށް ބޮޑު ނާއުންމީދެއް ލިބިފައިވާ ކަމަށް ދީދީ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 07:58
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ | ރާއްޖެއެމްވީ

ބޯހިޔާވަހިކަމަށް އެދި ހުށަހެޅި 13،000 މީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ލިޔެކިޔުމުން ފެންނަން ހުރި ނަމަވެސް މި ސަރުކާރުން އެ ލިސްޓުތައް ނިޒާމުން މުޅިން ޑިލީޓް ކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލުމުން 13،000 މީހުން ކުރިމަތިލި ކަމަށެވެ. އަދި އޭގެތެރެއިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމަށްފަހު ބާކީ ތިބި މީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅާ، އެ މީހުންނަށް ދެން އަންނަ ސްކީމެއްގައި އިސްކަން ދިނުމަށް އެ ސަރުކާރުން ނިންމި ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން އެމްޑީޕީ އިން އޭރު ރައްޔިތުންނަށް ދިން ޔަގީން ކަމަކީ ބާކީ 9،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަމެއް ދީގެން ކުރިއަށް ދާނެ ކަމަށް ބުނެ ދިން ޔަގީން ކަން ކަމަށެވެ.

 4000 ފްލެޓަށް 13،000 މީހުން އެޕްލައި ކުރީމަ އޭރު އެމްޑީޕީ ސަރުކާރުގެ ވިސްނުމުގަ ހުރީ އެ 4000 ފްލެޓް ގެ މަސައްކަތް ނިމޭއިރަށް އަނެއްކާވެސް އިތުރު 7،500 ފްލެޓް އަޅައި ފުލުފުލުގަ މަޑުމަޑުން ގެންގޮސް ހުރިހާ ރައްޔިތުންނަށް، އެ ޝަރުތު ހަމަވާ ރައްޔިތުންނަށް އެކަންތައްތައް ފުރިހަމަ ކޮށްދޭން. އޭރު ސަރުކާރުން ރައްޔިތުންނަށް ދިން ޔަގީން ކަމަކީ މި ފަހަރު މި އަޅައި 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ލިބިފަ، ބާކީ ތިބި ޝަރުތުހަމަވާ މީހުންނަށޭ ދެން އަޅާ ފްލެޓްތަކުގެ ޕްރަޔޯރިޓީ ލިސްޓުގަ އޮވެގެން އެ ބޭފުޅުންނަށޭ ފުރަތަމަ ލިބޭނީ،
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު ދީދީ ވިދާޅުވީ ނަމަވެސް މި ސަރުކާރުން އެވަނީ އެ 9،000 މީހުންގެ ލިސްޓު އެގޮތަށް އޮއްވާ އަލުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލާފައި ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ނާއުންމީދެއް ލިބުނު އިރު ކުރީގެ ލިސްޓު މި ސަރުކާރުން ޑިލީޓް ކޮށްލާފައިވަނީ ރައްޔިތުންނާ މެދު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. 

މިއަދު މިވާގޮތަކީ އެ ނިޒާމުން ޑިލީޓު ވެއްޖެ. މިއީ ސަރުކާރުގެ ކޮންޓިނިއުޓީ އަށް ވެސް ބަލާ ބައެއް ނޫން. ރައްޔިތުންނަށް ކުރާނެ އަސަރަކަށް ނުވަތަ ރައްޔިތުން ކުރާ އުއްމީދުތަކަކަށް ވެސް ބަލާނެ ބައެއް ނޫން، 
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މި ސަރުކާރުން ބަދަލު ކުރަނީ ހަމައެކަނި އުސޫލުތައް ނޫން ކަމަށާ، ގާނޫނާ ގަވާއިދުތައް ވެސް ހިތުހުރި ގޮތަކަށް ސިޔާސީ މަންފާތައް ހާސިލު ކުރުމަށް ބަދަލު ކުރަމުންދާ ކަމަށް ދީދީ ވިދާޅުވި އެެވެ.

އާދިއްތަ ދުވަހު މި ސަރުކާރުން ވަނީ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލާފަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ. އަދި ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާން ހަމަޖެހިފައިވާއިރު އެ ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.

މަރަދޫ ދާއިރާހައުސިންގް މިނިސްޓްރީހިޔާވަހި ޕޯޓަލްބޯހިޔާވަހިކަންގެދޮރުވެރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

18 ޖެނުއަރީ 2026
"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު