Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026 | ހުކުރު 13:37

ހުޅުމާލޭގެ އަމާން ދޯދި 1 ވަނަ ޓަވަރުގައި މިއަދު މެންދުރު 13:11 ގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފް އިން 13:28 ގައި އަލިފާން ކޮންޓްރޯލް ކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ޖެނުއަރީ 2026 | ހުކުރު 13:37
އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގުން

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގުން | ސޯޝަލް މީޑިއާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްގީ ކުރި އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި އެވެ.

މިކަމުގެ މައުލޫމާތު ހާމަކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރިޕޯޓު ކުރުމާއެކު އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެ އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ އެއް ލިބިފައި ނުވާ ކަމަށް ވެސް އެފްޑީސީ އިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެފްޑީސީ އިން ބުނީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު އިންސްޕެކްޝަންތައް ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން ބައެއް އަމިއްލަ ވައިބަރ ގްރޫޕް ތަކުގައި އިމާރާތުގެ ވެންޓިލޭޝަން ޝާފްޓްތަކާއި ކުނި އުކާލުމާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިއްސާ ކޮށްފައިވާއިރު މިފަދަ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރު ވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 13:11 ހާއިރު ކަމަށެވެ. އަދި މި މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ޓަވަރުގެ ތިރީގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު މެންދުރު 13:28 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

އަމާން ދޯދިފަހި ދިރިއުޅުން ކޯޕަރޭޝަންއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

ލ. ފޮނަދޫ ދަނޑު ބިމެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
ލ. ފޮނަދޫ ދަނޑު ބިމެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
23 ޖެނުއަރީ 2026

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
18 ޖެނުއަރީ 2026

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!
18 ޖެނުއަރީ 2026

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

18 ޖެނުއަރީ 2026
ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ
18 ޖެނުއަރީ 2026

ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

18 ޖެނުއަރީ 2026
ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
16 ޖެނުއަރީ 2026

އަސްކަރީ ތަމްރީނަކަށް ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި

16 ޖެނުއަރީ 2026
އަސްކަރީ ތަމްރީނަކަށް ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި
16 ޖެނުއަރީ 2026

އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި

16 ޖެނުއަރީ 2026
އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި
11 ޖެނުއަރީ 2026

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ޖެނުއަރީ 2026
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
09 ޖެނުއަރީ 2026

ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

09 ޖެނުއަރީ 2026
ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
08 ޖެނުއަރީ 2026

ފްލެޓުތަކާ ގުޅޭ ޝަކުވާ އެފްޑީސީ އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ: ޔޫނިއަން

08 ޖެނުއަރީ 2026
ފްލެޓުތަކާ ގުޅޭ ޝަކުވާ އެފްޑީސީ އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ: ޔޫނިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް