Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި

24 ޖެނުއަރީ 2026 | ހޮނިހިރު 04:04

ހުޅުމާލޭ އަމާން ދޯދި 1 ވަނަ ޓަވަރުގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފެން ހޮޅިތަކަށް ގެއްލުން ވެފައިވާތީ، 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ތަންތަނުގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެފްޑީސީން އެދިފައިވޭ. އެ ކޯޕަރޭޝަނުން ހާދިސާގެ ސަބަބާއި ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވަނީ ބުނެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖެނުއަރީ 2026 | ހޮނިހިރު 04:04
އަމާން ދޯދި 1 ވަނަ ޓަވަރުގެ ތިރީގައި ހުރި ކުނި ތަކެއްގައި ރޯވެފައި

އަމާން ދޯދި 1 ވަނަ ޓަވަރުގެ ތިރީގައި ހުރި ކުނި ތަކެއްގައި ރޯވެފައި | ސޯޝަލް މީޑިއާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްގީ ކުރި އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އާ ގުޅިގެން ފެން ހޮޅިތަކަށް ގެއްލުން ވެއްޖެ އެވެ.

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހުކުރު ދުވަހު ވަނީ ހިނގާފަ އެވެ. މިކަމުގެ މައުލޫމާތު ހާމަކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރިޕޯޓު ކުރުމާއެކު އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެ އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ އެއް ލިބިފައި ނުވާ ކަމަށް ވެސް އެފްޑީސީ އިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފް އިން ބުނީ ހާދިސާ ރިޕޯޓްކޮށްފައި ވަނީ ހުކުރު ދުވަހު މެންދުރު 13:11 ހާއިރު ކަމަށެވެ. އަދި މި މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ޓަވަރުގެ ތިރީގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ ހުކުރު ދުވަހު މެންދުރު 13:28 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

އެ ހާދިސާއާ ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ މި ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް އަންގަންޖެހޭ މައުލޫމާތު އެފްޑީސީ ގެ އޮފިޝަލް ވައިބަރ ގްރޫޕްތަކުން ހިއްސާ ކޮށްފަ އެވެ.

އެފްޑީސީން ފޮނުވި މެސެޖުގައި ބުނީ އަލިފާނުގެ ހާދިސާގައި ހޮޅިތަކަށް ގެއްލުން ލިބިފައިވާ ކަމަށެެވެ. އެހެންވެ، ކޮންމެ ފަންގިފިލާއެއްގެ 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

އެފްޑީސީ އިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާއިރު، އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތައް ލިބިފައިވާ ގެއްލުން ދެނެގަނެ ކުރަންޖެހޭ މަރާމާތު ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން ބައެއް އަމިއްލަ ވައިބަރ ގްރޫޕް ތަކުގައި އިމާރާތުގެ ވެންޓިލޭޝަން ޝާފްޓްތަކާއި ކުނި އުކާލުމާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިއްސާ ކޮށްފައިވާއިރު މިފަދަ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރު ވުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެހެންކަމުން މިފަދަ މައުލޫމާތު ހިއްސާ ކުރާއިރު އެފްޑީސީގެ އޮފިޝަލް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގެ އިތުރުން އެ ކޯޕަރޭޝަނުގެ އޮފިޝަލް ވައިބަރ ގްރޫޕްތަކުން ހިއްސާކުރާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އެފްޑީސީ އިން ބުނީ މުސްތަގުބަލުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ކުނި އުކާލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށް ކުނި އުކާލުމަކީ މަނާކަމެއް ކަމެއް ކަމަށެވެ.

އަމާން ދޯދިފަހި ދިރިއުޅުން ކޯޕަރޭޝަންއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
23 ޖެނުއަރީ 2026

ލ. ފޮނަދޫ ދަނޑު ބިމެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
ލ. ފޮނަދޫ ދަނޑު ބިމެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
23 ޖެނުއަރީ 2026

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
18 ޖެނުއަރީ 2026

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!
18 ޖެނުއަރީ 2026

ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ

18 ޖެނުއަރީ 2026
ޕާކިސްތާނުގެ ކަރާޗީ ގައި ހުންނަ ޝޮޕިން މޯލެއްގައި ރޯވެ، މަދުވެގެން ހަ މީހުން މަރުވެއްޖެ
18 ޖެނުއަރީ 2026

ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

18 ޖެނުއަރީ 2026
ކ. ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ގެއްލުނު 2 މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
16 ޖެނުއަރީ 2026

އަސްކަރީ ތަމްރީނަކަށް ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި

16 ޖެނުއަރީ 2026
އަސްކަރީ ތަމްރީނަކަށް ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި
16 ޖެނުއަރީ 2026

އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި

16 ޖެނުއަރީ 2026
އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް މާލޭ ގައި ބަނދަރު ކޮށްފި
11 ޖެނުއަރީ 2026

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ޖެނުއަރީ 2026
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
09 ޖެނުއަރީ 2026

ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

09 ޖެނުއަރީ 2026
ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް