Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ މިނިސްޓްރީ

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

29 ޖެނުއަރީ 2026 | ބުރާސްފަތި 06:56

މިމަހުގެ 31 ވާ ހޮނިހިރު ދުވަހު މާފަންނު ޒުވާނުންގެ މަރުކަޒުގައި އާ ލޮޓް ނަންބަރު ކަނޑައެޅުމަށް ގުރުއަތުލުން ކުރިއަށް ދާނެ. ކުރިން ހަމަޖެހިފައިވާ 610 ގޯތި މަދުވާތީ ޖުމްލަ 4،072 ގޯތި ހިމެނޭ އާ ޕްލޭން އެކުލަވާލައި އާންމުކޮށްފައިވާނެ ކަމަށް މިނިސްޓްރީ އިން ބުނި. ދައުލަތުގެ މީޑިއާއިން މި ގުރުއަތުލުން ވަގުތުން ދައްކާނެ ކަމަށް ވެސް މިނިސްޓްރީން ބުނި.

އަލީ ޝާހީން
އަލީ ޝާހީން | 29 ޖެނުއަރީ 2026 | ބުރާސްފަތި 06:56
ގިރާވަރު ފަޅު

ގިރާވަރު ފަޅު | ސޯޝަލް މީޑިއާ

ގިރާވަރުފަޅު ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ އެކު "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރުއަތުލުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހައުސިންގ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެވި, އާ ލޭންޑް ޔޫޒް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭނަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެހެންކަމުން އާ ލޮޓް ނަންބަރެއް ކަނޑައެޅިގެން ދިއުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ގޯތީގެ ގުރު ނެގުން މިމަހުގެ 31 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

އެ މިނިސްޓްރީ އިން ބުނީ އެ ބަދަލާ ގުޅިގެން، ގޯތި ލިބުނު އެންމެނަށް ލިބިފައިވާ ގޯތި އަލުން ކަނޑައެޅުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ގުރު ނެގުން ކުރިއަށް ދާނެ ކަމަށެވެ. އަދި މީގެ ކުރިން އާންމުކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނުގައި އެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 610 ގޯތި މަދުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. 

ހައުސިންގ މިނިސްޓްރީ އިން ބުނީ އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4،072 ގޯއްޗާ އެކު އާ ލޭންޑް ޔޫސް ޕްލޭން މިހާރު އެކުލަވާލައި އާންމުކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ބުނި ގޮތުގައި ގުރު ނެގުން ކުރިއަށް ގެންދާނީ ހާޒިރީންނާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިމަތީގަ އެވެ.

ގުރުއަތު ނެގުން ކުރިއަށްދާއިރު، ގޯތި ލިބިފައިވާ ފަރާތްތަކަށް ހަމަޖެހިގެންދާ ޕްލޮޓް ހައުސިންގ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލުން ވަގުތުން ފެންނާނެ ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ޕްލޮޓް ނަންބަރު މެސެޖަކުން އަންގާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ދައުލަތުގެ މީޑިއާއިން މި ގުރުއަތުލުން ވަގުތުން ދައްކާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެއާއެކު، މިނިސްޓްރީން ބުނީ، ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެ ކަމަށެވެ.

ގިރާވަރުފަޅުބިންވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީމާފަންނު ޒުވާނުންގެ މަރުކަޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2026

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

20 ޖެނުއަރީ 2026
ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ
18 ޖެނުއަރީ 2026

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

18 ޖެނުއަރީ 2026
"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!
18 ޖެނުއަރީ 2026

"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

18 ޖެނުއަރީ 2026
"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!
18 ޖެނުއަރީ 2026

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026
މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު
18 ޖެނުއަރީ 2026

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި
03 ޖެނުއަރީ 2026

"އެމްޑީޕީ އިން ތުޅާދޫގައި ގާއިމުކުރި ހައުސިންގ ޔުނިޓުތަކަށް މިނިސްޓްރީން ހުޅުވައިލުމަކީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް"

03 ޖެނުއަރީ 2026
"އެމްޑީޕީ އިން ތުޅާދޫގައި ގާއިމުކުރި ހައުސިންގ ޔުނިޓުތަކަށް މިނިސްޓްރީން ހުޅުވައިލުމަކީ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް"
29 ޑިސެމްބަރު 2025

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ
28 ޑިސެމްބަރު 2025

ގެޒެޓްކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވީ ވައުދާ ޚިލާފުވެ، ފްލެޓު ލިބުނު 450 ށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލި ކަމަށް އެއްބަސްވެއްޖެ

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

28 ޑިސެމްބަރު 2025
ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!
21 ޑިސެމްބަރު 2025

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު

21 ޑިސެމްބަރު 2025
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނަސް، ތިރީ 2 ފުލޯ ދިރިއުޅެން ބޭނުން ނުކުރެވޭނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް