Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ

މިޔަންމާ ގައި ސްކޭމް ސެންޓަރުތައް ހިންގި އާއިލާއެއްގެ 11 މެންބަރަކަށް ޗައިނާ އިން މަރުގެ އަދަބު ދީފި

މިޔަންމާ ގެ މިންގް އާއިލާ އިން 2015 އާއި 2023 އާ ދެމެދު 1.4 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ކަމަށް ކޯޓުން ހާމަކޮށްފައިވާއިރު، އެ ޖަރީމާތަކުގެ ސަބަބުން ޗައިނާގެ 14 ރައްޔިތަކު މަރުވެފައިވޭ. އިންސާނީ ވަގުފާރީގެ މަޅީގައި ޖެހިގެން މިފަދަ މަރުކަޒުތަކަށް ގެންދެވޭ މީހުންނަށް މަޖުބޫރުކޮށްގެން މަކަރާއި ހީލަތުން ފައިސާ އަތުލުމަށް މަސައްކަތް ކުރުވި ކަމަށްވޭ.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 08:06
މިންގ އާއިލާގެ މެމްބަރުން ޝަރީއަތުގެ މަޖިލީހުގައި.

މިންގ އާއިލާގެ މެމްބަރުން ޝަރީއަތުގެ މަޖިލީހުގައި. | ސީސީޓީވީ

މިޔަންމާގައި މަކަރާއި ހީލަތުން ފައިސާ އަތުލާ "ސްކޭމް ސެންޓަރުތަކެއް" ހިންގި ނުރައްކާތެރި އާއިލާއެއްގެ 11 މެންބަރެއްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ޗައިނާ އިން ތަންފީޒުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޗައިނާގެ ޒޭޖިއަންގް ޕްރޮވިންސްގެ ކޯޓަކުން މިދިޔަ ސެޕްޓެމްބަރު މަހު މިންގް އާއިލާގެ މި މެންބަރުންގެ މައްޗަށް ހުކުމް އިއްވީ، ގަސްދުގައި މީހުން މެރުމާއި، ޣައިރު ގާނޫނީ ގޮތެއްގައި މީހުން ބަންދުކުރުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން ގަވާއިދާ ހިލާފަށް ގޭމްބްލިން ނުވަތަ ޖުވާ ކުޅޭ ތަންތަން ހިންގިކަން ސާބިތުވުމާ ގުޅިގެންނެވެ.

މިންގް އާއިލާ އަކީ ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ މިޔަންމާގެ ލައުކައިންގް ނަމަކަށް ކިޔާ ކުޑަ އަވަށެއް ކޮންޓްރޯލް ކުރަމުންދިޔަ ނުފޫޒުގަދަ އާއިލާތަކުގެ ތެރެއިން އެއް އާއިލާ އެވެ. އެ އާއިލާގެ ވެރިކަމުގެ ދަށުން، ފަގީރު އަދި އެކަހެރިކޮށް އޮތް އެ އަވަށަކީ ކެސީނޯތަކާއި ހަށިވިއްކާ މަރުކަޒުތައް ގިނަ، ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ މަރުކަޒަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މި އާއިލާގެ ނުރައްކާތެރި ވިއުގަ ރޫޅިގެންދިޔައީ 2023 ވަނަ އަހަރު މިޔަންމާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ތެރެއިން، ލައުކައިންގް ގެ ކޮންޓްރޯލް ހޯދި ހަނގުރާމަވެރި ޖަމާއަތްތަކުން އެ އާއިލާގެ މެންބަރުން ހައްޔަރުކޮށް ޗައިނާގެ ސަރުކާރާ ހަވާލުކުރުމާ ގުޅިގެންނެވެ.

މިޔަންމާ ގައި ހިންގާ މިފަދަ ސްކޭމް އޮޕަރޭޝަންތަކުގައި ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާގެ އެތައް ހާސް މަސައްކަތްތެރިންނެއް ވަނީ ތާށިވެފަ އެވެ. މި މީހުންނަކީ އިންސާނީ ވަގުފާރީގެ މަޅީގައި ޖެހިގެން މިފަދަ މަރުކަޒުތަކަށް ގެންދެވޭ އެތައް ލައްކަ ބައެއްގެ ތެރޭގައި ހިމެނޭ ބައެކެވެ. އެ މަރުކަޒުތަކުގައި އެ މީހުންނަށް މަޖުބޫރުކުރަނީ ބޭރު ގައުމުތަކުގެ މީހުންނަށް ގުޅައިގެން މަކަރާއި ހީލަތުން ފައިސާ އަތުލުމަށެވެ.

މިދިޔަ އަހަރު ޗައިނާގެ އިންޓަނެޓްގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ، އެކްޓިންގެ މަސައްކަތަކަށް ތައިލެންޑަށް ދިޔަ ޗައިނާގެ އާދައިގެ އެކްޓަރަކު، ރަހީނުކޮށްގެން މިޔަންމާގެ ސްކޭމް ސެންޓަރަކަށް ގެންދިޔަ ހާދިސާ އެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ޗައިނާ ސަރުކާރުގެ ކަންބޮޑުވުންތައް އިތުރުވެ، މިޔަންމާގެ އަސްކަރީ ސަރުކާރުން މިފަދަ ޖަރީމާތައް ހުއްޓުވުމަށް ޗައިނާއިން ދިޔައީ ތަކުރާރުކޮށް ބާރުއަޅަމުންނެވެ.

ނަތީޖާއެއްގެ ގޮތުން، މިޔަންމާގެ އަސްކަރީ ސަރުކާރާއި އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު އޮތް ކުރިމަތިލުންތައް ވަރުގަދަވެ، ލައުކައިންގްގައި ހަރަކާތްތެރިވި މި މާފިއާ ގްރޫޕްގެ ބާރު ކެނޑިގެންދިޔަ އެވެ.

ޗައިނާގެ އެންމެ މަތީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މިންގް މާފިއާ އާއިލާގެ ސްކޭމް އޮޕަރޭޝަންތަކާއި ގޭމްބްލިން މަރުކަޒުތަކުން 2015 އާއި 2023 އާ ދެމެދު 10 ބިލިއަން ޔުއާން (ގާތްގަނޑަކަށް 1.4 ބިލިއަން އެމެރިކާ ޑޮލަރު) ގެ އާމްދަނީއެއް ހޯދާފައިވެ އެވެ. އެ އާއިލާ އިން ހުށަހެޅި އިސްތިއުނާފް މައްސަލަތައް މިދިޔަ ނޮވެމްބަރު މަހު ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.

މި އާއިލާގެ ޖަރީމާތަކުގެ ސަބަބުން ޗައިނާގެ 14 ރައްޔިތަކު މަރުވެ، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

މިޔަންމާޗައިނާމިންގް އާއިލާއިންސާނީ ވަގުފާރި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

25 ޖެނުއަރީ 2026
2025 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 5 އިންސައްތަ ކުރިއަރައިފި؛ މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން އެންމެ ދަށްވި އެއް އަހަރު

2025 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 5 އިންސައްތަ ކުރިއަރައިފި؛ މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން އެންމެ ދަށްވި އެއް އަހަރު

19 ޖެނުއަރީ 2026
ދުނިޔޭގެ ތާރީޚުގައި ގައުމަކަށް ލިބުނު އެންމެ ބޮޑު ވިޔަފާރީގެ ފައިދާ ޗައިނާ އިން ހޯދައިފި

ދުނިޔޭގެ ތާރީޚުގައި ގައުމަކަށް ލިބުނު އެންމެ ބޮޑު ވިޔަފާރީގެ ފައިދާ ޗައިނާ އިން ހޯދައިފި

14 ޖެނުއަރީ 2026
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު