Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ރައީސް މުއިއްޒުގެ ސަރުކާރުން ވިލިމާލޭ ހޮސްޕިޓަލް ނިމޭނެ އައު ތާރީހެއް އަނެއްކާދީ ދައުރު ނިމުމުގެ ކުރިން މަސައްކަތް ނިމޭނެ ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 10:11
ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން - 17 އޮކްޓޯބަރު 2024

ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން - 17 އޮކްޓޯބަރު 2024

2024 ގައި އަމަލީ މަސައްކަތް ފަށާ އަންނަ އަހަރު ތެރޭގައި ހިދުމަތް ލިބޭނެކަމަށް ސަރުކާރުން ބުނި ވިލިމާލޭ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ދިގުލައިގެން ގޮސް ދައުރު ނިމުމުގެ ކުރިން އެ ހޮސްޕިޓަލުން ހިދުމަތް ލިބޭނެކަމަށް ބުނެ ސަރުކާރުން އަނެއްކާ ވެސް އައު ތާރީހެއް ދީފި އެވެ.

ވިލިމާލޭގެ އައު ހޮސްޕިޓަލު ނިމޭނެ އައު ތާރީހެއް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. މިއީ އެ ހޮސްޕިޓަލުގެ ތާރީހާއި ގުޅިގެން ސަރުކާރުން ވާހަކަ ދެއްކި 3 ވަނަ ފަހަރެވެ.

Advertisement - newsAdvertisement

މިނިސްޓަރު މުއްތަލިބު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ގައި ހިލޭ އެހީގެ ގޮތުގައި ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދު ކުރައްވަން ނިންމެވީ ވިލިމާލެ އަށް ކަމަށެވެ. އެގޮތުން 100 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް ވަރަށް ކުރީކޮޅުގައި ފަށައިގެން ހިންގަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޗައިނާގެ ހިލޭ އެހީގައި ފަށާ ޕްރޮޖެކްޓްތަކަކީ ވަރަށް ގިނަ މަރުހަލާތަކެއް ހިނގާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

ރައްޔިތުންގެ ފައިސާވީމާ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށް، ވަރަށް ގިނަ ކަންތައްތަކެއް ކޮށްގެން އަޅުގަނޑުމެންނަށް އިމްޕްލިމެންޓޭޝަނާ ހަމައަށް ދެވެނީ. އެހެންވީމާ އެގޮތުން އެންމެ ފުރަތަމަ ފީސިބިލިޓީ ޓީމެއް އައިސް ފީސިބިލިޓީގެ މަސައްކަތް ކޮށް އޭގެ ފަހުން ކޮންސެޕްޝަނަލް ލެވެލް، އަގުތަކާ އެއްޗެހި ހަދާ ނިންމާ މިހާރު އެ އޮތީ ޑިޒައިން ކޮންސަލްޓެންޓެއް - ޓެންޑަރ ކުރުމަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތައް ފައިނަލް ކުރުމަށް ބަޔަކު ހޮވާފައި. އިރާދަކުރެއްވިއްޔާ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޓީމުން އައިސްގެން ކަމާބެހޭ އިދާރާތަކާއި ވާހަކަ ދައްކައިގެން ބޭނުންވާ ފައިނަލް ޑީޓަލް ޑިޒައިންތަކާއި އަދި ޓެންޑަރ ޑޮކިއުމެންޓްސްތަކާ އެއްޗެހި ތައްޔާރުކުރާނެ. އެ މަސައްކަތަށް ގާތްގަނޑަކަށް 5 މަސް ދުވަސް ވަރު ނަގާނެ ކަމަށް މައުލޫމާތު ދިފައި އޮތީ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރ ވިދާޅުވީ ފައިނަލް ޑީޓެއިލް ޑިޒައިން

ތަކާއި އަދި ޓެންޑަރ ޑޮކިއުމެންޓްސްތަކުގެ މަސައްކަތަށް ބޭނުންވާ 5 މަސް ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މެދުތެރޭގައި ނުވަތަ 3 ވަނަ ކުއާޓަރ އަށް ދާއިރުގައި އަމަލީ މަސައްކަތް ފެށިގެން އަޅުގަނޑު ގަބޫލުކުރަނީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެންމެ ގިނަވެގެން ނިމިގެންދާނެ ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ނިމިގެންދާއިރު ހޮސްޕިޓަލް ވެގެންދާނީ ޒަމާނީ ފެންވަރުގެ ހުރިހާ ވަސީލަތްތަކެއް ގާއިމްކުރެވިފައި އޮންނަ ހޮސްޕިޓަލަކަށް ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވި ނަމަވެސް ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަށް 2024 ވަނަ އަހަރުގެ ތެރޭގައި އަޅަން ފަށާނެ ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަދި މިހާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ހަލީލު ވިދާޅުވީ ޑިސެމްބަރު 27، 2023 ގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއު އެއްގަ އެވެ. މިނިސްޓަރު ހަލީލު ވިދާޅުވީ 2024 ވަނަ އަހަރު އަމަލީ މަސައްކަތް ފަށާ 3 އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިންމާ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވަނީ ވިދާޅުވެފަ އެވެ. ހަލީމް މިފަދައިން ވިދާޅުވީ 9 ޑިސެމްބަރު 2024 ގަ އެވެ. ހަލީމް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މަޝްވަރާތައް ކުރެވި، މިނިސްޓްސް އޮފް ދަ މީޓިންގްސް ގައި ސޮއިކުރެވިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ފީސިބިލިޓީގެ މަސައްކަތް ޗައިނާގެ ސިޑްކާ ކުންފުނިން ވަނީ ކޮށްފައި ކަމަށެވެ.

ސަރުކާރުން އެއިރު ބުނެފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ޓެންޑަރިންގ މަރުޙަލާގައި މަސައްކަތް ކުރާނެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ޗައިނާއިން ކުރިއަށްގެންދާނެއެވެ. އަދި މި އަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފަށާ 2 އަހަރުގެ ތެރޭގައި މަސައްކަތް ނިމެނޭ ކަމަށެވެ.

ވިލިމާލޭ ހޮސްޕިޓަލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑރ. އަބްދުﷲ މުއްތަލިބުވިލިމާލެ ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު