Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޗައިނާ

2025 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 5 އިންސައްތަ ކުރިއަރައިފި؛ މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން އެންމެ ދަށްވި އެއް އަހަރު

ހުސްވި އަހަރު ބޭރު ގައުމުތަކަށް ފޮނުވި މުދަލުގެ ޖުމްލަ އަގު 6.1 އިންސައްތަ އިތުރުވެ، 26,989 ބިލިއަން ޔުއާން (3.9 ޓްރިލިއަން ޑޮލަރު) އަށް ވަނީ އަރާފަ.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 07:41
ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސް ގައި ހުންނަ ތޮފި ހަދާ ފެކްޓަރީ އެއްގައި މުވައްޒަފުން މަސައްކަތް ކުރަނީ

ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސް ގައި ހުންނަ ތޮފި ހަދާ ފެކްޓަރީ އެއްގައި މުވައްޒަފުން މަސައްކަތް ކުރަނީ | ގެޓީ އިމޭޖަސް

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ޗައިނާގެ އިގްތިސާދު ވަނީ 5 އިންސައްތަ ކުރިއަރާފައެވެ.

މިއީ ސަރުކާރުން އެ އަހަރަށް ކަނޑައެޅި ލަނޑުދަނޑި ހާސިލުވުން ކަމުގައި ވީނަމަވެސް، މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން އެންމެ ދަށްވި އެއް އަހަރެވެ.

Advertisement - businessAdvertisement

ހޯމަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމައާއެކު ވެސް، ޗައިނާގެ އިގްތިސާދު ކުރިއަރާފައި ވަނީ ސަރުކާރުން އުންމީދުކުރި މިންވަރަށެވެ. މިއީ އެ ގައުމުން ބޭރުކުރާ މުދާ އިތުރުވުމުގެ ސަބަބުން، ރައްޔިތުން ކުރާ ހޭދަ މަދުވުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ކުރިމަތިވެފައިވާ ދިގުލީ ހީނަރުކަމުގެ އަސަރު ކުޑަކުރެވުމުން ލިބުނު ކުރިއެރުމެކެވެ.

ޓްރަމްޕްގެ ސަރުކާރުން އިމްޕޯޓް ޓެކްސް ބޮޑުކުރި ނަމަވެސް، އޭގެ އަސަރުތަކުން އަރައިގަނެ ޗައިނާގެ އިގްތިސާދު ކުރިއެރި ކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް، މިއީ 2000 އިން 2025 އާ ދެމެދު އެ ގައުމުގެ އިގްތިސާދު އާންމުކޮށް ކުރިއަރަމުން އައި 8 އިންސައްތައިގެ މިންގަނޑާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ޗައިނާގެ ކުރިއެރުން، އަހަރުގެ ފަހު ކުއާޓަރު (އޮކްޓޫބަރުން ޑިސެމްބަރަށް) ވަނީ 4.5 އިންސައްތަ އަށް ދަށްވެފަ އެވެ. ދެވަނަ އަދި ތިންވަނަ ކުއާޓަރުގައި އިގްތިސާދު ކުރިއަރާފައި ވަނީ 5.2 އިންސައްތަ އާއި 4.8 އިންސައްތައިގަ އެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކި ގޮންޖެހުންތަކާ އެކުވެސް 2025 ވަނަ އަހަރު ގައުމުގެ އިގްތިސާދު ހަމަހަމަ ދުވެއްޔެއްގައި ކުރިއަށް ގޮސް، ފެންވަރު ރަނގަޅު ތަރައްގީގެ އާ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް، ބޭރުގެ މާހައުލަށް އަންނަ ބަދަލުތަކުގެ އަސަރު ބޮޑުވަމުންދާކަމާއި، ގައުމުގެ އެތެރޭގެ ބާޒާރުގައި އުފައްދާ މުދަލާއި އެ މުދަލަށް އޮތް ޑިމާންޑާ ދެމެދު ހުރި ފަރަގު ބޮޑުވުމުގެ އިތުރުން، އިގްތިސާދީ ތަރައްގީއަށް ހުރި ކުރީގެ މައްސަލަތަކާއި އާ ގޮންޖެހުންތަކަށް ސަމާލުވާންޖެހޭ،" އެ ބަޔާނުގައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ މައިގަނޑު ބާރަކީ އެކްސްޕޯޓެވެ. ބޭރު ގައުމުތަކަށް ފޮނުވި މުދަލުގެ ޖުމްލަ އަގު 6.1 އިންސައްތަ އިތުރުވެ، 26,989 ބިލިއަން ޔުއާން (3.9 ޓްރިލިއަން ޑޮލަރު) އަށް ވަނީ އަރާފަ އެވެ.

ވޭތުވެދިޔަ އަހަރު ޗައިނާގެ ވިޔަފާރީގެ އަރަނި ރެކޯޑް މިންވަރަކަށް، ނުވަތަ ގާތްގަނޑަކަށް 1.2 ޓްރިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މިދިޔަ ހަފުތާގައި އާންމުކުރި ހިސާބުތަކުން ދައްކަ އެވެ. މިއީ ޓްރަމްޕްގެ ޓެކްސްތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޗައިނާގެ ކުންފުނިތަކުން އޭޝިއާ، އެފްރިކާ، ލެޓިން އެމެރިކާ އަދި ޔޫރަޕްގެ އާ މާކެޓްތައް ހޯދުމުގެ ނަތީޖާ އެވެ.

އިގްތިސާދު ކުރިއަރަމުން ދިޔަ ނަމަވެސް، މުދާ ގަތުމަށް ކުރާ ހޭދަ އާއި ރިއަލް އެސްޓޭޓް ދާއިރާ ވަނީ 2025 ވަނަ އަހަރުވެސް އިގްތިސާދަށް ބޮޑު ބުރަޔަކަށް ވެފަ އެވެ. ޑިސެމްބަރު މަހު ރީޓެއިލް ވިޔަފާރި ކުރިއަރާފައި ވަނީ އެންމެ 0.9 އިންސައްތައަށެވެ. މިއީ 2022 ވަނަ އަހަރު ކޮވިޑް-19 ގެ ހަރުކަށި ފިޔަވަޅުތައް އުވާލި ފަހުން މި އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

މުޅި އަހަރަށް ބަލާއިރު، ފިކްސްޑް އެސެޓްސް އަށް ކުރާ އިންވެސްޓްމަންޓް  ވަނީ 3.8 އިންސައްތަ ދަށްވެފަ އެވެ. މީގެ ތެރޭގައި އުމްރާނީ ތަރައްގީ އަށް ކުރި ހޭދަ 2.2 އިންސައްތަ އަދި ރިއަލް އެސްޓޭޓް ތަރައްގީ އަށް ކުރި ހޭދަ 17.2 އިންސައްތަ ދަށްވުން ހިމެނެ އެވެ.

އެހެންނަމަވެސް، އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި އަހަރުގެ ފަހު ދެބައިގައި އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައި ވުމާއެކު މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ 2026 ވަނަ އަހަރު ވެސް މިފަދަ ކުރިއެރުމެއް ހޯދައި، 15 ވަނަ ފަސް އަހަރުގެ ޕްލޭން ވަރުގަދަކޮށް ފެށުމެވެ.

ޗައިނާ އިން ވަނީ 2026 އިން 2030 ށް އިގްތިސާދީ ޕްލޭނެއް އެކުލަވާލާފަ އެވެ.

ޗައިނާ-އެމެރިކާ ވިޔަފާރި ހަނގުރާމަޗައިނާދުނިޔޭގެ އިގްތިސާދު

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ ތާރީޚުގައި ގައުމަކަށް ލިބުނު އެންމެ ބޮޑު ވިޔަފާރީގެ ފައިދާ ޗައިނާ އިން ހޯދައިފި

ދުނިޔޭގެ ތާރީޚުގައި ގައުމަކަށް ލިބުނު އެންމެ ބޮޑު ވިޔަފާރީގެ ފައިދާ ޗައިނާ އިން ހޯދައިފި

14 ޖެނުއަރީ 2026
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު