Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-އިނގިރޭސިވިލާތް ގުޅުން

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

މިކަމާ ގުޅޭ ގޮތުން ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ގޮތެއް ނިންމަން އިނގިރޭސި ބޮޑުވަޒީރުގެ ނައިބު އަދި ހައުސިންއާ ބެހޭ ވަޒީރު އެންޖެލާ ރެއިނާ ހަމަޖައްސަވާފައިވީ ނަމަވެސް، މިހާރު ނިންމަވާފައިވަނީ އެނިންމުން އޮކްޓޫބަރު 21 އަށް ލަސް ކުރުމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 10:35
ޗައިނާ ސަރުކާރުން 2018 ވަނަ އަހަރު ރޯޔަލް މިންޓް ކޯޓުގެ ސައިޓް 255 މިލިއަން ޕައުންޑަށް ވަނީ ގަނެފައި

ޗައިނާ ސަރުކާރުން 2018 ވަނަ އަހަރު ރޯޔަލް މިންޓް ކޯޓުގެ ސައިޓް 255 މިލިއަން ޕައުންޑަށް ވަނީ ގަނެފައި

އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަނު ގައި ހުންނަ ޗައިނާގެ އެމްބަސީގެ އައު އިމާރާތުގެ މަސައްކަތްތަކަށް ދޭންޖެހޭ ހުއްދަ ތަކުގެ މައްސަލައިގައި ގޮތެއް ނިންމުން އިނގިރޭސި ސަރުކާރުން ލަސްކޮށްފި އެވެ.

ލަންޑަނުގެ އެންމެ ކާރޫ ބާރޫ ބޮޑު އެއް ސަރަހައްދުގައި، ހައުސް އޮފް ޕާލަމެންޓާއި މާދުރު ނޫން ހިސާބެއްގައި ކުރިން ރޯޔަލް މިންޓް ހިންގި އިމާރާތް ގަނެގެން، އެތަނަށް ބަދަލުތަކެއް ގެނެސް، އެތަނަށް އެމްބަސީ ބަދަލު ކުރުމަށް ޗައިނާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ ނިސްބަތުން ބޮޑު އެމްބަސީއަކަށް ވެފައި، އެތަނާ މެދު ޗައިނާ އިން ގެންގުޅޭ ތަސައްވުރުގެ ސަބަބުން އެތަން މަޝްހޫރު ވެފައި ވަނީ 'ސުޕަ އެމްބަސީ' އެއްގެ ގޮތުގަ އެވެ. ޗައިނާގެ އިންސާނީ ހައްޤު ތަކުގެ ރެކޯޑާއި، އެ ގައުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދޭތެރޭ ކަންކުރާ ގޮތުގެ އިތުރުން، ސަލާމަތީ ސަބަބު ތަކަށްޓަކައި އެ އިމާރާތަށް އެމްބަސީ ބަދަލު ކުރުމަށް އެ ސަރަހައްދުގެ ރައްޔިތުން ނުރުހެ އެވެ. މިހާތާނަށް އެކަން ނުވެ އޮތީ އެ ސަބަބަށްޓަކަ އެވެ.

އިމާރާތަށް އަލަށް އިތުރުކުރާ ބައިތަކުގެ ކުރެހުންތައް ޗައިނާ ސަރުކާރުން ސިއްރު ކުރުމާ ގުޅިގެން، އެ ކުރެހުންތައް އެއްކޮށް ލިބުމުން ނޫނީ ހުއްދަ ނުދޭން އިނގިރޭސި ސަރުކާރުން ވަނީ ކުރިން ނިންމާފަ އެވެ. މިކަމާ ގުޅޭ ގޮތުން ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ގޮތެއް ނިންމަން އިނގިރޭސި ބޮޑުވަޒީރުގެ ނައިބު އަދި ހައުސިންއާ ބެހޭ ވަޒީރު އެންޖެލާ ރެއިނާ ހަމަޖައްސަވާފައިވީ ނަމަވެސް، މިހާރު ނިންމަވާފައިވަނީ އެނިންމުން އޮކްޓޫބަރު 21 އަށް ލަސް ކުރުމަށެވެ.

އިމާރާތުގެ އައު ޑިޒައިންތައް އެކުލަވާލާފައި ހުންނަ ގޮތުން އެމްބަސީ އިން ޚިދުމަތް ހޯދަން ދާ ބަޔަކު ހިފަހައްޓައި، އިނގިރޭސި ސަރުކާރުގެ ބާރު ނުފޯރާ ހިސާބަށް ގެންދިޔުމުގެ ބިރު އެބަ އޮތް ކަމަށް އެކްޓިވިސްޓުން ފާހަގަކުރެ އެވެ.

މި އެމްބަސީ އަކީ ހުޅަނގުގެ ގައުމު ތަކުގައި ތިބި ޗައިނާ ރައްޔިތުންނަށް ފާރަލުމަށް ޗައިނާ އިން ބޭނުން ކުރާނެ މަރުކަޒަކަށް ވާނެ ކަމަށް އިންސާނީ ހައްޤު ތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ގަބޫލުކުރެ އެވެ.

ޗައިނާއިނގިރޭސިވިލާތްޗައިނާ-އިނގިރޭސިވިލާތް ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު