Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިޞާދު

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

ރާއްޖޭގެ ޖުމްލަ އާމްދަނީ ދަށްވި އިރު ޓެކްސް އާއި ޓެކްސް ނޫން އާމްދަނީތައް ވެސް ވަނީ ދަށްވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2025 | އަންގާރަ 08:59
މިނިސްޓަރ ސައީދު

މިނިސްޓަރ ސައީދު

ރާއްޖޭގެ އިގްތިސާދު ރަނގަޅު ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިތުރުފުޅުހައްދަވައިފިއެވެ.

ސައީދު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއިން ބަލައިގަތް އާމްދަނީއަށްވުރެ މިއަހަރުގެ ޖެނުއަރީމަހު މީރާއިން ބަލައިގަތް އާމްދަނީ 7.7 އިންސައްތަ ދަށަށް ވަނީ ގޮސްފައެވެ. ޖަނަވަރީ 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.34 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 އިންސައްތަ ދަށް އަދަދެކެވެ.

މީގެ އިތުރުން ދިވެހި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެހެންކަމުން އިގްތިޞާދީ ރަނގަޅު ފިޔަވަޅުތަކެއް ނޭޅޭތީ އިސްތިއުފާދެއްވަނީ ކޮން އިރަކުންތޯ ރާއްޖެއެމްވީން ވާނީ ސުވާލުކޮށްފައެވެ.

އެހެންނަމަވެސް އާމްދަނީ ދަށްވާ ސަބަބު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ބުނެއެއް ނުދެވުނެވެ. އަދި ނާޒިމްގެ ވާހަކަތަކާއި މެދު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުކަމަށް ސައީދު ވިދާޅުވިއެވެ. އާމްދަނީ ދަށްވި ސަބަބަށް އަލިއަޅުވާލުމުގެ ބަދަލުގައި ވަޒީރު ވަނީ މި އަހަރު އިގްތިޞާދީ ގޮތުން 6.4 % އިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ފާހަގަކުރައްވާ އެ މަގުން ވާހަކަތައް ބައްޓަންކުރައްވާފައެވެ.

ލަފާކުރާ ފިގަރ އެއް އެއީ 6.4% ނަމަ ދެން ކުއަރޓަރލީ މެޝާ ކުރަނީ. ކުރިއަރާނެ ކަމަށް ބެލެވެނީ. އެކަމަށް ބަރޯސާ ވާން ޖެހެނީ އެމްއެމްއޭ އަށް.
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

ސައީދު މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުގެ އިސް ފަރާތްތަކުން ވެސް ދަނީ ރާއްޖޭގެ އިގްތިސާދު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް އެކި ޕްލެޓްފޯމްތަކުގައި ފާހަގަކުރަމުންނެވެ. އެހެންކަމުން ސައީދުގެ ވާހަކަ އާއި ސަރުކާރުގެ ބައެއް ފަރާތްތަކުގެ ވާހަކަ އާއި ދިމާނުވާކަން ފާހަގަކޮށްލެވެއެވެ.

އިގްތިޞާދު ރަނގަޅުކަމަށް ސައީދު ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ވަތް އާމްދަނީ ވަނީ 19% ދަށްވެފައެވެ. އަދި ރާއްޖޭގެ ޖުމްލަ އާމްދަނީ ދަށްވި އިރު ޓެކްސް އާއި ޓެކްސް ނޫން އާމްދަނީތައް ވެސް ވަނީ ދަށްވެފަ އެވެ.

މީގެ އިތުރުން ޗައިނާ އާއި އެކު ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ ދަށް ނުވާކަމަށް ބުނެ މީގެ ކުރިން އެހެން ޕްލެޓްފޯމްތަކުގައި ދައްކާފައިވާ ވާހަކަ ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން މި އަހަރު މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިޔައީ ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ސަބަބުން ކަމަށް އިގްތިސާދާއި މާލީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނި ނަމަވެސް އެކަމަށް ސައީދު ވަނީ އިންކާރުކުރައްވާފައެވެ.

މުހައްމަދު ސައީދު ޗައިނާއިގްތިޞާދީ ކުރިއެރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

09 ނޮވެމްބަރު 2025
ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި

ގެސްޓް ހައުސް ވިޔަފާރި ތެރެއަށް ހައްޖު ކޯޕަރޭޝަނުން ވަނުން ދިފާއުކުރައްވާ ސައީދު ވާހަކަދައްކަވައިފި

28 އޮކްޓޯބަރު 2025
އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

16 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު