Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޗައިނާ

ދުނިޔޭގެ ތާރީޚުގައި ގައުމަކަށް ލިބުނު އެންމެ ބޮޑު ވިޔަފާރީގެ ފައިދާ ޗައިނާ އިން ހޯދައިފި

ޗައިނާގެ އެކްސްޕޯޓް 2025 ވަނަ އަހަރު ރެކޯޑް މިންވަރަކަށް އިތުރުވެ، ވިޔަފާރީގެ ފައިދާގެ ގޮތުގައި 1.19 ޓްރިލިއަން ޑޮލަރު ލިބިފައިވޭ. މިއީ ދުނިޔޭގެ ތާރީޚުގައި ގައުމަކުން ހޯދި އެންމެ ބޮޑު ވިޔަފާރީގެ ފައިދާ. ދެކުނު އޭޝިއާ، އެފްރިކާ، ލެޓިން އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކަށް ޗައިނާގެ އެކްސްޕޯޓް ވަނީ ބޮޑުތަނުން އިތުރުވެފައި.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 15:31
ޗައިނާގެ އިރުމަތީ ޝަންޑޮންގް ޕްރޮވިންސްގައި އޮންނަ ޗިންގްޑައޯ ގެ ބަނދަރަށް ކޮންޓެއިނަރ ބޯޓެއް ދަތުރު ކުރަނީ.

ޗައިނާގެ އިރުމަތީ ޝަންޑޮންގް ޕްރޮވިންސްގައި އޮންނަ ޗިންގްޑައޯ ގެ ބަނދަރަށް ކޮންޓެއިނަރ ބޯޓެއް ދަތުރު ކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ޓެރިފްތަކާއި ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލޮޅުންތަކެއް އެރި 2025 ވަނަ އަހަރު، ޗައިނާގެ އެކްސްޕޯޓް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަން އެ ގައުމުން ހާމަކޮށްފި އެވެ.

ބުދަ ދުވަހު ބެއިޖިންގްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ތާރީޚުގައި ވެސް ގައުމަކުން ހޯދި އެންމެ ބޮޑު ވިޔަފާރީގެ ފައިދާ (ޓްރޭޑް ސާޕްލަސް) ޗައިނާ އިން ވަނީ ހޯދާފަ އެވެ. އެއީ 1.19 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ޗައިނާގެ މުޅި އަހަރުގެ ވިޔަފާރީގެ ފައިދާ 1 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ މަތީ ރެކޯޑެއްގެ ގޮތުގައި އޮތީ 2024 ވަނަ އަހަރު ލިބުނު 993 ބިލިއަން ޑޮލަރެވެ.

ނިމިދިޔަ އަހަރުގެ ހަތް މަހެއްގައި ޗައިނާގެ މަހުން މަހަށް ލިބޭ ވިޔަފާރީގެ ފައިދާ 100 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވެ އެވެ. މިއީ ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާއެކު ޗައިނާއިން ކުރާ ވިޔަފާރިއަށް މާބޮޑު އަސަރެއް ކޮށްފައި ނުވާކަމުގެ ހެއްކެކެވެ. އެމެރިކާ އާއެކު ކުރާ ވިޔަފާރި ކޮންމެ ވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް، ދެކުނު އިރުމަތީ އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތަކަށް ޗައިނާއިން ކުރާ އެކްސްޕޯޓް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

ޗައިނާގެ ކަސްޓަމްސްގެ ޑެޕިއުޓީ ޑައިރެކްޓަރު ވަންގް ޖުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ދުނިޔޭގެ ވިޔަފާރި އަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ގޮންޖެހުންތަކަށް ބަލާއިރު، މިއީ ވަރަށް އާދަޔާޚިލާފު އަދި ބުރަ މަސައްކަތުން ހޯދާފައިވާ ނަތީޖާއެއް ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އާއި، އާޓިފިޝަލް އިންޓެލިޖެންސް އާ ގުޅުންހުރި އުފެއްދުންތަކުގެ އިތުރުން ރޮބޮޓިކްސްގެ ދާއިރާ އިން ކުރާ އެކްސްޕޯޓް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ދެކުނު އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި ޗައިނާގެ މުދަލަށް އޮތް ޑިމާންޑް އިތުރުވުމެވެ. އަނެއްކޮޅުން ޗައިނާގެ އިގްތިސާދަށް ވަނީ ރިއަލް އެސްޓޭޓްގެ މައްސަލަތަކާއި ދަރަނި އިތުރުވުމުގެ ސަބަބުން ހީނަރުކަމެއް އައިސްފަ އެވެ. މީގެ ސަބަބުން ވިޔަފާރިވެރިން އިންވެސްޓްކުރުމަށް ފަސްޖެހި، އާންމުން ޚަރަދުކުރުމުގައި ސަމާލުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ބޭރުން މުދާ އެތެރެކުރާ މިންވަރު (އިމްޕޯޓް) އިތުރުވެފައި ވަނީ އެންމެ 0.5 އިންސައްތަ އެވެ.

ހަމައެއާއެކު، ޗައިނާގެ ފައިސާ (ޔުއާން) ގެ އަގު ދަށްވުމާއި، ހުޅަނގުގެ ގައުމުތަކުގައި ތަކެތީގެ އަގު އުފުލިފައިވުމުން، ޗައިނާގެ އުފެއްދުންތަކަށް އޮތް ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

ޗައިނާގެ އުފެއްދުންތަކާއި ޚިދުމަތްތައް ދުނިޔޭގެ ވިޔަފާރީގެ ނިޒާމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާތީ، 2026 ވަނަ އަހަރު ވެސް މި ކާމިޔާބީ ދެމިއޮންނާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ. 

ޗައިނާ-އެމެރިކާ ވިޔަފާރި ހަނގުރާމަޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު