Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

21 ޖެނުއަރީ 2026 | ބުދަ 05:48

މިއީ ރެއާލްގެ ކޯޗު ކަމާ އަލްވާރޯ އާބެލޯ ހަވާލުވި ފަހުންް ޗެމްޕިއަންސް ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗު. މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން 15 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2026 | ބުދަ 05:48
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅު ކުރަނީ | ރޮއިޓަސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 6-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ހާފުގައި މޮނާކޯ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. 

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެ ލަނޑު އޭނާ ޖެހީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލްގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެމްބާޕޭ ޖެހީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. 

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ފްރާންކޯ މަސްޓަންޓޫނޯ ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން މަސްޓަންޓޫނޯ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވިނީޝިއުސް އެވެ. އޭގެ ހަތަރު މިނެޓު ފަހުން ރެއާލްގެ ހަތަރު ވަނަ ލަނޑަކީ، މޮނާކޯގެ ތިލޯ ކެރާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ރެއާލްގެ ފަސް ވަނަ ލަނޑު ވިނީޝިއުސް ޖެހީ 63 ވަނަ މިނެޓުގަ އެވެ. 

ރެއާލް އިން ފަސް ލަނޑު ޖެހި ފަހުން، މެޗުގައި މޮނާކޯގެ ހަމައެކަނި ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ޖޯޑަން ޓެޒޭ އެވެ. އޭގެ އަށް މިނެޓު ފަހުން ޖޫޑް ބެލިންހަމް ވަނީ ރެއާލްގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން ބެލިންހަމް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވަލްވާޑޭ އެވެ. 

މިއީ ރެއާލްގެ ކޯޗު ކަމާ  އަލްވާރޯ އާބެލޯ ހަވާލުވި ފަހުންް ޗެމްޕިއަންސް ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން 15 ޕޮއިންޓާ އެކު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްކީލިއަން އެމްބާޕޭ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި

21 ޖެނުއަރީ 2026
އިންޓަރ މިލާން ބަލިކޮށް، އާސެނަލް އިން ރެކޯޑު ދަމަހައްޓައިފި
20 ޖެނުއަރީ 2026

އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ

20 ޖެނުއަރީ 2026
އިންޓަރ މިލާން ވަރުގަދަ ވާނެ، މެޗު އުނދަގޫ ވާާނެ: އާޓެޓާ
18 ޖެނުއަރީ 2026

ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް

18 ޖެނުއަރީ 2026
ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް
15 ޖެނުއަރީ 2026

އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި

15 ޖެނުއަރީ 2026
އާބެލޯ އިރުޝާދު ދިން ފުރަތަމަ މެޗުން ބަލިވެ، ކޮޕަ ޑެލް ރޭ އިން ރެއާލް ކަޓައިފި
14 ޖެނުއަރީ 2026

ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި

14 ޖެނުއަރީ 2026
ޓީމުގެ ކުޅުންތެރިންނަށް މާ ބޮޑު ބާރު ތަކެއް ދީގެން ނުވާނެ ކަމަށް އަލޮންސޯ ބުނެފި
13 ޖެނުއަރީ 2026

ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި

13 ޖެނުއަރީ 2026
ރެއާލްގެ ކޯޗު ކަމުން އަލޮންްސޯ ވަކި ކޮށްފި
12 ޖެނުއަރީ 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި
05 ޖެނުއަރީ 2026

ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި

05 ޖެނުއަރީ 2026
ބެޓިސް ބަލިކޮށް، ރެއާލް ލީގު ރޭހުގައި ވިއްދާފައި
21 ޑިސެމްބަރު 2025

ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް

21 ޑިސެމްބަރު 2025
ރެއާލް އިން ސެވިއްޔާ ބަލި ކުރި މެޗު ޚާއްސަވީ އެމްބާޕޭ އަށް
18 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް