Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕެއިން

ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

މެޑިކަލް އިމަޖެންސީ ސާވިސަސްއިން ބުނި ގޮތުގައި، ފަސް މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވޭ.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 04:13
ކެޓަލޯނިއާގައި ދަތުރުކުރަމުން ދިޔަ ރޭލު އެކްސިޑެންޓްވި ސަރަހައްދުގައި ފަޔަރ ކްރޫ އިން ހަރަކާތްތެރިވަނީ.

ކެޓަލޯނިއާގައި ދަތުރުކުރަމުން ދިޔަ ރޭލު އެކްސިޑެންޓްވި ސަރަހައްދުގައި ފަޔަރ ކްރޫ އިން ހަރަކާތްތެރިވަނީ. | ކެޓަލޯނިއާ ފަޔަރ ސާވިސް

ބާސެލޯނާ ސަރަހައްދުގައި ދަތުރުކުރި ރޭލެއް، ރޭލު ދަގަނޑުތަކުގެ މައްޗަށް ވެއްޓިފައި އޮތް ފާރެއްގައި ޖެހި އަންގާރަ ދުވަހު ހިނގި ހާދިސާއެއް ގައި ޑްރައިވަރު މަރުވެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ ކަމަށް ސްޕެއިންގެ ކެޓަލޯނިއާ ސަރަޙައްދުގެ އޮފިޝަލުން ހާމަކޮށްފި އެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އެ ޤައުމުގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ އެންޑަލޫޝިއާ ގައި މިދިޔަ އާދީއްތަ ދުވަހު ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 42 މީހުން މަރުވެފައިވާތީ، އެކަމުގެ ހިތާމައިގައި މުޅި ޤައުމު އޮއްވަ އެވެ.

ކެޓަލޯނިއާގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ޖެލީޑާ މުނިސިޕަލިޓީ ސަރަޙައްދުގައި ރޭލު ދަތުރުކުރާ ދަގަނޑުތަކުގެ މައްޗަށް ފާރެއް ވެއްޓުމުގެ ސަބަބުން، އެ ވަގުތު ދަތުރުކުރި ފަސިންޖަރުން އުފުލާ ރޭލެއް ވަނީ އެ ފާރުގައި ޖެހި އެކްސިޑެންޓްވެފަ އެވެ.

ކެޓަލޯނިއާގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން މަޢުލޫމާތު ދިން ގޮތުގައި، ހާދިސާ ހިނގި ސަރަޙައްދުގައި 11 އެމްބިއުލާންސް ވަނީ ހަރަކާތްތެރިވެފަ އެވެ.

ފަހުން ލިބުނު މަޢުލޫމާތުތަކާ ހަވާލާދީ ބުނެފައިވަނީ، ރޭލުގައި އެއްވެސް މީހަކު ތާށިވެފައި ނެތް ކަމަށާއި، އިތުރު ބަޔަކަށް އަނިޔާވެފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި އެ ސަރަޙައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ކަމާބެހޭ ޓީމުތަކުން ކުރަމުންދާ ކަމަށެވެ.

ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެ ސަރަޙައްދާ ކައިރީގައި ހުންނަ ހޮސްޕިޓަލަކަށް ފަރުވާއަށް ގެންގޮސް ފައެވެ.

މެޑިކަލް އިމަޖެންސީ ސާވިސަސްއިން ބުނި ގޮތުގައި، ސީރިއަސް އަނިޔާ ލިބުނު ފަސް މީހުންގެ އިތުރުން، ހަ މީހަކަށް ނިސްބަތުން ކުދި އަނިޔާ ލިބިފައިވާއިރު، 26 މީހަކަށް ލިބިފައިވަނީ ވަރަށް އާދައިގެ ކުދި އަނިޔާތަކެއް ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ބާސެލޯނާސްޕެއިންކެޓަލޯނިއާއެންޑަލޫޝިއާރޭލު އެކްސިޑެންޓް

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2026

މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް

20 ޖެނުއަރީ 2026
މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް
19 ޖެނުއަރީ 2026

ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު

19 ޖެނުއަރީ 2026
ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު
15 ޖެނުއަރީ 2026

ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ

15 ޖެނުއަރީ 2026
ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ
13 ޖެނުއަރީ 2026

ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް

13 ޖެނުއަރީ 2026
ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް
12 ޖެނުއަރީ 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު