Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-އީޔޫ

ވިލާތުގެ އިއްތިހާދުގެ އިސް ބޭފުޅުން އިންޑިއާ އަށް!

އިންޑިއާގެ ޚާރިޖިއްޔާ އިން ބުނީ މި ބޭފުޅުން އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 06:01
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލަޔަން

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލަޔަން | އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް، ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލަޔަން، އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

އެކަން ހާމަ ކޮށްފައި ވަނީ އިންޑިއާގެ ޚާރިޖިއްޔާ އިންނެވެ. އެގޮތުން އެ ބޭފުޅުން އިންޑިއާ އަށް ވަޑައިގަންނަވާނީ މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުން، 27 ވަނަ ދުވަހަށް ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން ބުނީ މި ބޭފުޅުން އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގަ އެވެ. މި ދަތުރުފުޅުގެ ތެރެއިން، ޖެނުއަރީ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އިންޑިއާ-އީޔޫ ސަމިޓުގެ ރިޔާސަތު ވެސް މި ލީޑަރުން ބަލަހައްޓަވާނެ އެވެ.

މި ދަތުރުފުޅުގައި ކޮސްޓާ އާއި އުރުސަލާ، އިންޑިއާގެ ރައީސާ އާ ބައްދަލުކުރައްވައި، ބޮޑު ވަޒީރު މޯދީއާ އެކު މަތީ ފަންތީގެ މަޝްވަރާތައް ބާއްވަވާނެ އެވެ. މީގެ އިތުރުން، އިންޑިއާ-އީޔޫ ސަމިޓުގެ ހަވާސާ ގައި "އިންޑިއާ-އީޔޫ ބިޒްނަސް ފޯރަމް" އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން އަކީ 2004 ވަނަ އަހަރުން ފެށިގެން އިސްތިރާތީޖީ ބައިވެރިންނެވެ. 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުން އިންޑިއާ އަށް ކުރެއްވި ތާރީޚީ ޒިޔާރަތަށް ފަހު، އެކި ދާއިރާ ތަކުން ދެފަރާތުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެ ފުޅާވެފަ އެވެ.

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ޔޫރަޕުގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަތުމަކީ، އިންޑިއާ އާއި އީޔޫގެ އިސްތިރާތީޖީ ގުޅުން އިތުރަށް ވަރުގަދަވެ، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާ ތަކުން އެއްބާރުލުން އިތުރުވެގެން ދާނެ ކަމެއް ކަމަށް އިންޑިއާގެ ޚާރިޖިއްޔާ އިން ބުންޏެވެ.

މަސްދަރު: ދަ ހިންދޫ

ނަރެންދުރަ މޯދީ އެންޓޯނިއޯ ކޮސްޓާއުރްސުލާ ވޮން ޑަރ ލެޔަންއިންޑިއާ-އީޔޫޔޫރަޕިއަން ޔޫނިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

20 ޖެނުއަރީ 2026
ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

ކަޝްމީރުގެ މެޑިކަލް ކޮލެޖަކުން މުސްލިމް ދަރިވަރުންނަށް މާ ގިނައިން ޖާގަ ދިނުމާ ގުޅިގެން، އެ ކޮލެޖު އިންޑިއާ ސަރުކާރުން ބަންދުކޮށްފި

15 ޖެނުއަރީ 2026
ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

ޕުޓިންއާ މަޝްވަރާ ކުރެވޭ މިންވަރަށް ޙާލަތު ނުދޭ: އީޔޫ

13 ޖެނުއަރީ 2026
މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

މި މަސް ނިމުމުގެ ކުރިން އީޔޫ-އިންޑިއާ އެފްޓީއޭ ގައި ސޮއި ކުރެވިދާނެ

13 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު