Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ހިއްކުން

ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

ބިޑު ކުރުމެއް ނެތި ކޮރަޕްޝަނަށް މަގުފަހިކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދާތީ ވަގުތީ އަމުރެއް ނެރެ މި ޕްރޮޖެކްޓުތައް ހުއްޓުވުމަށް އޭސީސީގައި އެދިފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 08:23
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ | ރާއްޖެ އެމްވީ

ސިޔާސީ މަންފާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ  އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު މާޒް ސަލީމް ހުށަހެޅުއްވި މައްސަލައިގައި، ބިން ހިއްކުމުގެ ޕުރޮޖެކްޓު ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގަމުން ދަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް ފާހަގަކޮށްފައި ވެ އެވެ. އަދި އަވަސް އަރުވާލައިގެން ތިމާވެއްޓަށް މިވަރުގެ ބޮޑު ގެއްލުމެއްދީގެން ބިންހިއްކަންޖެހޭ ޙާލަތެއް ނެތް ކަމަށާއި ބިންހިއްކުމުގެ ނަމުގައި ރާއްޖެ އަށް އެތައް ޑުރެޖަރު ތަކެއް ގެނެސް އެކަން ކުރަމުން ދަނީ އެއްވެސް ބިޑުކުރުމެއްނެތި ކޮރަޕްޝަނަށް މަގުފަހިފާ ގޮތަށް ކަމަށް ފާހަގަކޮށްފައި ވެ އެވެ.

އެހެންކަމުން ވަގުތީ އަމުރެއް ނެރެގެން މިޕްރޮޖެކްޓުތައް ހުއްޓުވާ އަދި އަވަސް މަސްއަލަ އެއް ގެ ގޮތުގައި މި މަސްއަލަ އޭސީސީ އިން ތަޙުޤީޤު ކޮށްދިނުމަށް ސަލީމް ވަނީ އެދިވަޑައިގަންނަވާފަ އެވެ. މީގެ އިތުރުން، މިކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި އެހެނިހެން މުޢައްސަސާތަކުގައި ދަންނަވައި، ވީއެންމެ އަވަސް ފުރުޞަތެއްގައި މިކަން ބެލުމަކީ އޭސީސީގެ މައްޗައް ޤާނޫނުން މަތިކުރެވިފައިވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަ އާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ގާނޫނު އަސާސީން ތިމާވެށި ހިމާޔަތް ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކޮށްފައިވާ ކަމެއް ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމަށެވެ. އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތިން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިސަރުކާރުން މިހާފާޅުކަން ބޮޑުކޮށް ޚިޔާނާތްތެރިވެ، އަދި މިޚިޔާނާތްތެރިވުން ދުވަހެއް ދުވަހަކަށް އިތުރުވަމުން  މިދަނީ އޭސީސީ އަށް ޤާނޫނުން ލާޒިމްކޮށްފައިވާ ޒިންމާ ފުރިހަމަޔަށް އަދާ ނުކުރާތީކަމަށެވެ. މީގެ އިތުރުން ގާނޫނާއި ގަވައިދުގެ ނުހަމަ ބޭނުން ކޮށް މަކަރާއި ހީލާތް އެކުލެވޭ ގޮތުން ސަރުކާރުގެ ބާރާ ނުފޫޒު ގައި ސިޔާސީ މަންފާ ހާސިލު ކުރުމަށް ބިން ހިއްކުމުގެ ކަންތައްތައްކަން ކުރާ ކަމަށް މާސް ސަލީމް ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުން މިކަންކަން ކުރަމުން ގެންދަނީ ތިމާވެށީގެ މިފަދަ ކަންކަމަށް ފާރަވެރިވެ މިފަދަކަންކަން ބަލާ ތަޙުޤީގު ހިންގުމަށް ޤާނޫނުނުން މަތިކޮށްފައިވާ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް ފަހު ކަމަށް އެނާ ވިދާޅުވި އެވެ.

"މި ކޮމިޝަންގައި ތިއްބެވި ބޭފުޅުން ވެސް ޒިންމާދާރު ކުރެވޭނެ ދުވަހެއް އަންނާނެ. ޖަވާބުދާރީ ވާން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭސީސީ އިން ވަޤުތީ އަމުރެއް ނެރެގެން މި މަސައްކަތް ނުހުއްޓުވައިފި ނަމަ ދިވެހި ދައުލަތުގެ މާލިއްޔަތަށް އެތައް ބިލިއަން ރުފިޔާއެއްގެ ބޮޑު ގެއްލުމެއް ލިބި،  ދިވެހިރާއްޖޭގެ ތިމާވެއްޓަށް އިޢާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުބިންހިއްކުންކޮރަޕްޝަން މާޒް ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

25 ޖެނުއަރީ 2026
އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަމަކީ، ސަރުކާރުގަ އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން، އަދަދު ނޫހުގެ ކުރެހުމެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑީޑީ

އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަމަކީ، ސަރުކާރުގަ އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން، އަދަދު ނޫހުގެ ކުރެހުމެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑީޑީ

25 ޖެނުއަރީ 2026
ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

ކޯޓު ގެ ބެންޗް ބަދަލުކޮށް، ޔާމީން ގެ 1 މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަނީ

17 ޖެނުއަރީ 2026
ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

14 ޖެނުއަރީ 2026
ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

09 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު