Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026 | ހޮނިހިރު 18:59

ފެޑަރަލް އެޖެންޓުން ބަޑިޖަހައި މަރާލީ އުމުރުން 37 އަހަރުގެ އެމެރިކާގެ ރައްޔިތެއް. ޕޮލިސް ޗީފް އޯހާރާ ވިދާޅުވީ ފެޑަރަލް އިދާރާތަކުން މަސައްކަތް ކުރަންވާނީ އިންސާނިއްޔަތުކަމާއި ނަޒާހަތްތެރިކަމާއެކު ކަމަށް. މިނެސޯޓާގެ ގަވަރުނަރު މި އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ރައީސް ޓްރަމްޕަށް ވަނީ ގޮވާލައްވާފައި. މިއީ މި މަހުގެ ކުރީކޮޅު އޮފިސަރަކު ބަޑިޖަހައި ރެނޭ ނިކޯލް ގުޑް މަރާލުމަށްފަހު ދެވަނަ މިފަދަ ހާދިސާ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 18:59
މިނެސޯޓާގެ މިނިއަޕޮލިސްގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމެރިކާގެ ފެޑެރަލް އެޖެންޓުން ހަރަކާތްތެރި ވަނީ - ޖެނުއަރީ 24، 2026.

މިނެސޯޓާގެ މިނިއަޕޮލިސްގައި ބަޑިޖެހުމުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމެރިކާގެ ފެޑެރަލް އެޖެންޓުން ހަރަކާތްތެރި ވަނީ - ޖެނުއަރީ 24، 2026. | ގެޓީ އިމޭޖަސް

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިއަޕޮލިސްގެ ޕޮލިސް ޗީފް ބްރަޔަން އޯހާރާ ވިދާޅުވީ، ބަޑީގެ ހަމަލާތަކެއް އަމާޒުވެ ޒަޚަމްވި އުމުރުން 37 އަހަރުގެ މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. މަރުވި މީހާ އަކީ އެމެރިކާގެ ރައްޔިތެއް ކަމަށާއި، އޭނާއަކީ އެ ސިޓީގައި ދިރިއުޅޭ މީހެއް ކަމަށްވެސް އޯހާރާ ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެ އެވެ.

އޯހާރާ އިތުރަށް ވިދާޅުވީ، ސިޓީގައި ހަރަކާތްތެރިވާ ފެޑަރަލް އިދާރާތަކުން މަސައްކަތް ކުރަންވާނީ އިންސާނިއްޔަތުކަމާއި، ނަޒާހަތްތެރިކަމާއެކު، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރަންޖެހޭ އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ ދަށުން، މިނިއަޕޮލިސްގައި ފެޑަރަލް އެޖެންޓުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިންނެވެ.

މިކަމާ ގުޅިގެން މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ރައީސަށް ގޮވާލައްވާ ކަމަށެވެ. އަދި އެކަށީގެންވާ ތަމްރީނެއް ނެތް، އަނިޔާވެރި އޮފިސަރުން އެ ސިޓީން ވަގުތުން ބޭރުކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފެޑަރަލް އޮފިސަރުންތަކެއް މީހަކު ބިމަށް ތިރިކޮށް ބާރުގެ ބޭނުންކުރަމުން ދަނިކޮށް ބަޑިޖަހާ އަޑު އިވެ އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ މީހާއަށް ބަޑިން ހަމަލާދީފައިވަނީ ބޯޑަރ ޕެޓްރޯލް އެޖެންޓެކެވެ. އެ އިދާރާއިން ބުނާ ގޮތުގައި އެ މީހާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށާއި، އޭނާގެ އަތުން ހަތިޔާރު އަތުލުމަށް ކުރި މަސައްކަތަށް އޭނާ ވަނީ ހުރަސްއަޅާފައި ކަމަށެވެ.

މިއީ މި މަހުގެ ކުރީކޮޅު އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) އޮފިސަރަކު ބަޑިޖަހައި މިނިއަޕޮލިސްގެ އަންހެނެއް ކަމަށްވާ ރެނޭ ނިކޯލް ގުޑް މަރާލި ހާދިސާއަށް ފަހު، ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ.

މިނިއަޕޮލިސްބްރަޔަން އޯހާރާރައީސް ޑޮނަލްޑް ޓްރަމްޕްޓިމް ވޯލްޒްރެނީ ނިކޯލް ގުޑްއިމިގްރޭޝަން އެމެރިކާގެ - އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި

24 ޖެނުއަރީ 2026
އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި
24 ޖެނުއަރީ 2026

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

24 ޖެނުއަރީ 2026
އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި
24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
24 ޖެނުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި
24 ޖެނުއަރީ 2026

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ
24 ޖެނުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި
22 ޖެނުއަރީ 2026

ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް

22 ޖެނުއަރީ 2026
ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ޓްރަމްޕް ފަށްޓަވައިފި: ރިޕޯޓް
22 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

22 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް