Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއޭލާ

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސަރުކާރުން ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އަތުލާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ތެޔޮ މިހާރު ހުޅުވާލެވިފައިވާ ބާޒާރުގައި ވިއްކަމުންދާ ކަމަށް ވެސް އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވި.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 19:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓަސް

ވެނެޒުއޭލާ އިން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރުތަކުގައި ހުރި ތެޔޮ އެމެރިކާ އިން ނަގައި، އެ ގައުމުގެ ރިފައިނަރީތަކުގައި އެ ތެޔޮ ސާފުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު "ނިއު ޔޯކް ޕޯސްޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"މިކަން އޮތް ގޮތް ބުނެދޭނަން؛ އެމީހުންގެ އަތަކު މިހާރު ތެލެއް ނުހުންނާނެ. އެ ތެޔޮ މިހާރު ވަނީ އަހަރެމެންގެ ބާރުގެ ދަށަށް ގެނެސްފައި،" ޓްރަމްޕް އެ ނޫހަށް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، މި ތެޔޮ ސާފުކުރުމުގެ މަސައްކަތް ހިއުސްޓަން ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ދަނީ ކުރަމުންނެވެ.

ވެނެޒުއޭލާގެ ތެޔޮ ބޭރުކުރުން ކޮންޓްރޯލް ކުރުމަށް ޓްރަމްޕް ފެއްޓެވި އެއް މަސް ދުވަހުގެ ކެމްޕޭނުގެ ތެރެއިން، އެމެރިކާގެ އަސްކަރިއްޔާ އިން މިހާތަނަށް ވެނެޒުއޭލާ އާ ގުޅުންހުރި ހަތް ތެޔޮ ޓޭންކަރެއް ވަނީ ހިފަހައްޓާފަ އެވެ.

މީގެ އިތުރުން، އޭނާގެ ސަރުކާރުން ވެނެޒުއޭލާގެ 50 މިލިއަން ފީފާ ތެޔޮ އަތުލާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ތެޔޮ މިހާރު ހުޅުވާލެވިފައިވާ ބާޒާރުގައި ވިއްކަމުންދާ ކަމަށް ވެސް އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވި އެވެ.

ވެނެޒުއޭލާއެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ވެނެޒުއޭލާ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި
24 ޖެނުއަރީ 2026

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި

24 ޖެނުއަރީ 2026
އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވި ސީދާ މަޝްވަރާތައް ޔޫއޭއީ ގައި ކުރިއަށް ގެންގޮސްފި
24 ޖެނުއަރީ 2026

އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި

24 ޖެނުއަރީ 2026
އެމެރިކާގައި ޓްރަމްޕް ސަރުކާރުން ހިންގަމުންދާ ހަރުކަށި އިމިގްރޭޝަން އޮޕަރޭޝަންތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ނިކުމެ މުޒާހަރާކޮށްފި
24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު