Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް

ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަައިފި

ކޮންގްރެސްގައި ވަނީ ސާފްގެ ޑިސިޕްލިނަރީ ކޮމެޓީ އާއި، އެތިކްސް ކޮމެޓީ އާއި، އިސްތިއުނާފް ކޮމެޓީ އަދި އިންތިޚާބީ ކޮމެޓީގެ މުއްދަތު އައު ކުރުމަށް ފާސް ކޮށްފައި. އަދި ސާފްގެ ޤަވާއިދާއި، ކޮންގްރެސްގެ ސްޓޭންޑިން އޯޑަރަކަށް ބަދަލު ތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖެނުއަރީ 2026 | އަންގާރަ 04:35
ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން | ސާފް

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިފި އެވެ. 

ތައިލެންޑުގެ ވެރި ރަށް ބެންކޮކުގައި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާފައި ވަނީ ހޯމަ ދުވަހު އެވެ. އެ ކޮންގްރެސްގައި ވަނީ ސާފްގެ އިންތިޚާބު ތަކާއި، އެ ފެޑެރޭޝަންގެ މިނިވަން ކޮމެޓީ ތަކުގެ މުއްދަތު އައު ކުރުމަށް ނިންމައިފަ އެވެ. 

ކޮންގްރެސްގައި ވަނީ ސާފްގެ ޑިސިޕްލިނަރީ ކޮމެޓީ އާއި، އެތިކްސް ކޮމެޓީ އާއި، އިސްތިއުނާފް ކޮމެޓީ އަދި އިންތިޚާބީ ކޮމެޓީގެ މުއްދަތު އައު ކުރުމަށް ފާސް ކޮށްފަ އެވެ. އަދި ސާފްގެ ޤަވާއިދާއި، ކޮންގްރެސްގެ ސްޓޭންޑިން އޯޑަރަކަށް ބަދަލު ތަކެއް ގެނައުމަށް ވެސް ވަނީ ނިންމައިފަ އެވެ. މި ކޮންގްރެސް ބާއްވާފައި ވަނީ އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ފަހުން ނެރުނު ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

ކޮންގްރެސް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ސާފްގެ ރައީސް ކާޒީ މުޙައްމަދު ޞަލާޙުއްދީން ވިދާޅުވީ، އެ ނިމުން ތަކުގެ ސަބަބުން ފެޑެރޭޝަންގެ ހިންގުމުގެ އޮނިގަނޑު ވަރުގަދަ ވާނެ ކަމަށެވެ. އަދި ހަމަހަމަކަން ދެމެހެއްޓުމާއި، މުބާރާތް ތަކާއި، އިންތިޚާބީ މަރުޙަލާގެ ހަމަހަމަކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވަނީ ދެކުނު އޭޝިއާގެ ފުޓުބޯޅަ ކުރިއަށް ގެންގޮސް، ކުރިއަރުވައި، ހަމަޖެހިގެން ނިންމުންތައް ނިންމައި އަދި ބައިވެރިވެ ޚިޔާލު ހާމަ ކުރެއްވުމަށް ކޮންގްރެސްގައި ބައިވެރިވި މެމްބަރުންނަށް ގޮވާލައްވައިފަ އެވެ. 

ކޮންގްރެސްގައި ކާޒީ މުޙައްމަދު ޞަލާޙުއްދީން ވަނީ، ސަރަހައްދުގައި ފުޓުބޯޅަ ތަރައްޤީ ކުރުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި އޭއެފްސީ އިން ދެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައި، އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ތައިލެންޑުގައި ކުރިއަށް ދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިޔުމުގައި ތައިލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ދިން އެހީތެރިކަމަށް ޚާއްސަ ޝުުކުރެއް އަދާ ކުރެއްވި އެވެ. 

މި ކޮންގްރެސްގައި ދެކުނު އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަންގެ މެމްބަރު ހަތް އެސޯސިއޭޝަން އިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ސާފް

އިތުރަށް ކިޔާލަން

11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
06 މެއި 2023

ސާފްގެ ނައިބު ރައީސް ކަމަށް އަލީ އުމަރު

06 މެއި 2023
ސާފްގެ ނައިބު ރައީސް ކަމަށް އަލީ އުމަރު
02 މެއި 2023

ޓިއުނިސް ސާފްގެ ކުއާޓާ ފައިނަލުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރަކު ހައްޔަރުކޮށްފި

02 މެއި 2023
ޓިއުނިސް ސާފްގެ ކުއާޓާ ފައިނަލުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރަކު ހައްޔަރުކޮށްފި
08 ޖޫން 2020

ހާލަތާއި ގުޅިގެން ފަސްކުރި އެފްއޭއެމްގެ ކޮންގްރެސް މި މަހު ބާއްވަނީ

08 ޖޫން 2020
ހާލަތާއި ގުޅިގެން ފަސްކުރި އެފްއޭއެމްގެ ކޮންގްރެސް މި މަހު ބާއްވަނީ
24 މާރިޗު 2019

އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް

24 މާރިޗު 2019
އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު