Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންސް ލީގު

ޓިއުނިސް ސާފްގެ ކުއާޓާ ފައިނަލުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރަކު ހައްޔަރުކޮށްފި

ޓިއުނީޝިއާގެ އެސްޕެރެންސް އާއި އަލްޖީރިއާގެ ޖޭއެސް ކަބީލީ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗު ވަނީ އަނިޔާވެރި އަމަލެއްގެ ސަބަބުން ދެ ވަނަ ހާފު ފެށުން 40 މިނެޓަށް ލަސްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2023 | އަންގާރަ 02:49
ދަނޑުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރު

ދަނޑުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރު

ޓިއުނީޝިއާގެ ސާފް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރަކު ހައްޔަރުކޮށްފި އެވެ.

ރޭސް ސްޓޭޑިއަމްގައި އާދިއްތަ ދުވަހުގެ ރޭ ޓިއުނީޝިއާގެ އެސްޕެރެންސް އާއި އަލްޖީރިއާގެ ޖޭއެސް ކަބީލީ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗު ވަނީ އަނިޔާވެރި އަމަލެއްގެ ސަބަބުން ދެ ވަނަ ހާފު ފެށުން 40 މިނެޓަށް ލަސްވެފަ އެވެ. އެސްޕެރެންސްގެ ސަޕޯޓަރުން ސަލާމަތީ ބާރުތަކާ ކުރިމަތިލައި ޓެރަސްތަކުގައި ވަނީ ހުޅު ވެސް ޖަހައިފަ އެވެ. އެއާއެކު ސްޓޭންޑްތަކުގެ ކުރިމަތީގައި ހުރި ކުދި އަލިފާން ގަނޑުތައް ނިއްވާލުމަށް ފަޔާ ފައިޓަރުންނަށް ގޮވާލަން ވަނީ ޖެހިފަ އެވެ. ލޯކަލް ރިޕޯޓްތައް ބުނާ ގޮތުގައި ދަނޑުގައި ހުރި ގުދަނެއް ލޫޓުވައި، ޗޭނު ކީހެއް ހިމެނޭ ގޮތަށް ބައެއް ސާމާނު ވަނީ ވަގަށް ނަގައިފަ އެވެ. އެހެންކަމުން ޗޭނު ކީސް ހިފައިގެން ހުރި މީހާ އަކީ އެ ގުދަނުން ޗޭނު ކީސް ވަގަށް ނަގައިގެން ހުރި މީހެއް ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެ ޤައުމުގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ، ދަނޑުގައި ޗޭނު ކީހެއް ހިފައިގެން ހުރި ސަޕޯޓަރަކު ހައްޔަރުކޮށްފައިވާ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. މީގެ އިތުރުން އެ ހާދިސާގެ ތެރެއިން 66 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ކޯޓުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. މި މައްސަލަ އެ ޤައުމުގެ ފުލުހުން އަންނަނީ ވަރަށް ސީރިއަސްކަމާއެކު ތަހުގީގު ކުރަމުންނެވެ. އެކަމުގެ ތެރެއިން އަލްޖީރިއާގެ ސަޕޯޓަރުން ވަނީ ސަލާމަތީ ބާރުތަކުން އެމީހުންނަށް ނުހައްގު ހަމަލާތަކެއް ދީފައިވާ ކަމުގެ ޝަކުވާ ކޮށްފަ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު