Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

އެފްއޭއެމް އިން ނުދައްކާ އޮތް ފައިސާގެ ތެރޭގައި ޗެމްޕިއަން ޓީމަށް ދޭން ޖެހޭ ފައިސާގެ އިތުރުން، ޓީމުތަކަށް ދޭން ޖެހޭ ފީ އަދި ސާފް އަށް ދައްކަން ޖެހޭ ފީ ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖޫން 2024 | އަންގާރަ 04:28
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މީގެ ތިން އަހަރު ކުރިން، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފައިސާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސާފައި ނުވުމުގެ ސަބަބުން، އެފްއޭއެމަށް ފިޔަވަޅު އެޅުމަށް މަޝްވަރާ ކޮށްފި އެވެ.

އެ މައްސަލަ ހޫނުވެ، އެފްއޭއެމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)ގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. ދާދި ފަހުން ބޭއްވި ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެ ވާހަކަ ދެކެވިފަ އެވެ. އެގޮތުން އެ މުބާރާތުގެ ފައިސާ އެފްއޭއެމުން ހަމަޖައްސާފައި ނުވާކަން ފާހަގަކޮށް ވަނީ، ވާހަކަ ދައްކައިފަ އެވެ.

އެފްއޭއެމުން ހަމަޖައްސާފައި ނުވާ ފައިސާ ތަކުގެ ތެރޭގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމު ހިމެނެ އެވެ. އެ އަހަރު ރާއްޖޭގައި އޮތް މުބާރާތުގެ ފައިނަލްގައި ނޭޕާލް ބަލިކޮށް، މުބާރާތް ކާމިޔާބު ކުރީ އިންޑިއާ އިންނެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ޓީމުތަކަށް ފީގެ ގޮތުގައި ދޭން ޖެހޭ ފައިސާ ވެސް ދީފައި ނުވާއިރު، ސާފް އަށް އެފްއޭއެމުން ދައްކަން ޖެހޭ ފީ ވެސް އޮތީ ނުދައްކަ އެވެ.

ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވި އެވެ. ބައްސާމާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާތަކުގެ ސަބަބުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާތީ، އެ ބައްދަލުވުމުގައި ބައްސާމް ބައިވެރިވީ ވާޗުއަލް ކޮށެވެ. އެ ބައްދަލުވުމުގައި ސާފްގެ މެމްބަރުން ވަނީ، އެފްއޭއެމުން އެ ފައިސާ ނުދައްކާތީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބައްސާމް ބުނެފައި ވަނީ، އެފްއޭއެމްގެ އިންތިޚާބަށް ފަހު އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށެވެ. އެފްއޭއެމްގެ އިންތިޚާބުގައި ކުރިއަަށް އޮތް ދައުރަށް ވެސް ވާދަ ކުރައްވަން ނިންމާފައިވާ ބައްސާމް ވިދާޅުވީ، އިންތިޚާބަށް ފަހު ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖެހޭނެ ކަމަށެވެ.

ފައިސާގެ މައްސަލައިގައި އެފްއޭއެމުން ސާފް އަށް ޖަވާބުދާރީ ނުވާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން މިހާރު ސާފުން ވަނީ، އެފްއޭއެމްގެ މައްސަލަ އޭޝިއަން ފުޓުބޯޅަ ކޮންފަޑެރޭޝަން (އޭއެފްސީ)ގެ ސަމާލުކަމަށް ގެންނަން ވެސް ނިންމައިފަ އެވެ.

އެފްއޭއެމްގައި ފައިސާގެ މައްސަލަ ބޮޑުވެފައިވާއިރު، އެކަމުގެ އެންމެ ބޮޑު ތުހުމަތެއް ކުރާ ފަރާތަކީ ބައްސާމް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ޙުސެއިން ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ. ބައްސާމާ ދެކޮޅަށް އުފުލާފައިވާ ދައުވާތުގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ. އެންމެ ފަހުން އޮތް ޝަރީއަތުގައި ބައްސާމް ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ވެސް އެދިފަ އެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ.

އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން މަޑުޖެހިފައިވާއިރު، އެންމެ ފުރަތަމަ ބާއްވަން އިއުލާން ކުރި އިންތިޚާބުގައި ބައްސާމް ވާދަ ނުކުރެ އެވެ. ނަމަވެސް، އެ އިންތިޚާބު ބާތިލުކޮށް، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު، ދެން އިއުލާން ކުރި އިންތިޚާބުގައި ވާދަ ކުރަން ބައްސާމް ވަނީ ފޯމު ހުށަހަޅައިފަ އެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް އިއުލާން ކުރި އިންތިޚާބުގެ ކަންކަން ކުރިއަށް ނުގޮސް، މިހާރު އޮތީ މަޑު ޖެހިފަ އެވެ.

އޭގެ ފަހުން އޭއެފްސީ އަދި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ޚާއްސަ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެެވެ. އެ ދަތުރުގައި އޭއެފްސީ އަދި ފީފާގެ އޮފިޝަލުން ވަނީ ގިނަ ކަންކަމެއް ބަލައިފަ އެވެ. އަދި އެ އޮފިޝަލުން ވަނީ ކުޅިވަރު ވުޒާރާގެ އިތުރުން، ކޮމިޝަނަރ އޮފް ސްޕޯޓްސްއާ ވެސް ބައްދަލުކޮށްފަ އެވެ. މިހާރު ރާއްޖެ އިން އިންތިޒާރު ކުރަމުން އަންނަނީ ފީފާ އިން ނިންމާނެ ނިންމުމަކަށެވެ.

ސާފް ޗެމްޕިއަންޝިޕްސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު