Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެ: އެފްއޭއެމް

15 ފެބުރުއަރީ 2019 | ހުކުރު 15:06

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވުމަށް ލަފާދިނީ ފީފާއިން

ލީވާން އަލީ
ލީވާން އަލީ | 15 ފެބުރުއަރީ 2019 | ހުކުރު 15:06
ފީފާގެ ރައީސް އިންފަންޓީނޯ (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ފީފާގެ ރައީސް އިންފަންޓީނޯ (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ވިކްޓްރީ ސްޕޯޓްސް ކްލަބުން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމްއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، 10 ފެބްރުއަރީ 2019 ވަނަ ދުވަހު ވިކްޓްރީން އެ އެސޯސިއޭޝަނަށް ހުށަހަޅާފައިވާ، ހާއްސަ އާންމު ޖަލްސާ ބޭއްވުމާއި އެފްއޭއެމްގެ ހިންގާ ކޮމެޓީގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައާ ބެހޭގޮތުންނާއި، އެފްއޭއެމް އާއި އެ އިދާރާގެ ލީޑާޝިޕްއަށް އަމާޒުކޮށް ހިންގަމުންދާ ކަންކަމާ ގުޅިގެން ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ލަފަޔާއެކު އެ ޖަލްސާ ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމުން ބުނީ، ވިކްޓްރީން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އެދުނު ނަމަވެސް، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވުމަށް މިހާރުވެސް އިއުލާންކޮށްފައިވުމާއެކު، އަހަރީ އާންމު ޖަލްސާއަކީ އެއްވެސް މެމްބަރު ކްލަބަކުން ހިޔާލެއް ފާޅުކުރަން ބޭނުންނަމަ އެކަން ކުރުމުގެ ފުރުސަތު ލިބިދެވޭނެ ޖަލްސާއެއް ކަމަށް ފީފާއިން ދެކޭ ކަމަށާއި، އޭގެ ކުރިން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ މަގްސަދެއް ނެތްކަމަށް އެފްއޭއެމުންވެސް ދެކޭ ކަމަށެވެ.

އެގޮތުން ފީފާގެ އިރުޝާދާއެކު ހާއްސަ އާންމު ޖަލްސާ ނުބާއްވައި، 25 މާޗު 2019 ވަނަ ދުވަހު އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން ވިކްޓްރީން ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލުމަށް އެދުނު ނަމަވެސް، އެ ކަމަކީ ހަމައެކަނި ފީފާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްކަން ފީފާއިން އަންގާފައިވާ ކަމަށާއި، ވިކްޓްރީން އެދުނު ކަމަކީ ފީފާ އާއި އެފްއޭއެމްގެ ގަވައިދުތަކާ ފުށުއަރާ އެދުމަކަށްވާތީ އެކަންވެސް ކޮށްދެވެން ނެތް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ފީފާގެ ގަވައިދުތަކަށް ހަވާލާދީ އެންމެހައި ކަންކަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރަމުންގެންދިޔުމަށް ފީފާއިން ނަސޭހަތްތެރިވެފައިވާ ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އަދި އެފްއޭއެމްގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތައް ވަނުމާއި، ވަކިން ހާއްސަކޮށް އެފްއޭއެމްގެ މެމްބަރު ކްލަބްތަކާއި، އެފްއޭއެމް އާއި ފުޓުބޯޅައިގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއެކު ދިވެހި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު މުއާމަލާތްކޮށް އަމަލުކުރަށްވަމުން ގެންދަވާ ގޮތަށް ރިޔާއަތްކޮށް، އެކަން ނުހުއްޓުވައިފިނަމަ ދިވެހިރާއްޖޭގެ މައްސަލަ ފީފާގެ ކަމާބެހޭ ކޮމެޓީތަކަށް ހުށަހަޅާނެކަމާއި، އެކަމުގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ފީފާއިންވަނީ ދީފައިކަމަށް އެފްއޭއެމް ވަނީ ބުނެފައެވެ.

އެފްއޭއެމުން ބުނީ، މިނިސްޓަރު މަހުލޫފް އެއްވެސް ކަމެއްގައި ރަސްމީކޮށް އެ އިދާރާއާ މަޝްވަރާކޮށްފައިނުވާ ކަމަށާއި، ގަވައިދުތަކުގެ އިންތަކާއި މިންތަކުގެ ބޭރުން ކުރަމުންދާ އެންމެހައި ކަންތައް ހުއްޓާލުމަށް އެދޭ ކަމަށެވެ. އަދި ކަންކަމުގައި އެފްއޭއެމްގެ އެއްވެސް މެމްބަރު ކްލަބަކުން އެ ކަންކަމުގައި ބައިވެރިނުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2017

މުއްދަތެއް ނެތް ގޮތަށް މާސޭ އިން އެވްރާ ސަސްޕެންޑު ކޮށްފި

04 ނޮވެމްބަރު 2017
މުއްދަތެއް ނެތް ގޮތަށް މާސޭ އިން އެވްރާ ސަސްޕެންޑު ކޮށްފި
24 ޖުލައި 2017

ޒެފްރޯލް އަދި ކުޑަހެންވޭރު ކޮލިފައިންގައި ބައިވެރިނުވުމުން މާލޭ ލީގު ކޮލިފައިން ނުބާއްވާ ގޮތަށް ނިންމައިފި

24 ޖުލައި 2017
ޒެފްރޯލް އަދި ކުޑަހެންވޭރު ކޮލިފައިންގައި ބައިވެރިނުވުމުން މާލޭ ލީގު ކޮލިފައިން ނުބާއްވާ ގޮތަށް ނިންމައިފި
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
22 ޖޫން 2017

ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި

22 ޖޫން 2017
ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި
21 ޖޫން 2017

މިނިވަން ޗެމްޕިއަންޝިޕް: ފައިނަލް ބުރު ކުޅުދުއްފުށި އަދި ތިނަދޫގައި ކުޅޭ ގޮތަށް ހަމަޖައްސައިފި

21 ޖޫން 2017
މިނިވަން ޗެމްޕިއަންޝިޕް: ފައިނަލް ބުރު ކުޅުދުއްފުށި އަދި ތިނަދޫގައި ކުޅޭ ގޮތަށް ހަމަޖައްސައިފި
26 މެއި 2017

ލިބޭ ފުރުސަތުގެ ބޭނުން ވިކްޓްރީން ހިފަންޖެހޭ، މިއީ ވިސްނަންޖެހޭ ކަމެއް: ސުޒެއިން

26 މެއި 2017
ލިބޭ ފުރުސަތުގެ ބޭނުން ވިކްޓްރީން ހިފަންޖެހޭ، މިއީ ވިސްނަންޖެހޭ ކަމެއް: ސުޒެއިން
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
28 އެޕްރީލު 2017

ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް

28 އެޕްރީލު 2017
ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް