Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކްލަބްތަކުން ނޫޅޭ: ބައްސާމް

6 މާރިޗު 2019 | ބުދަ 17:11

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ބޭނުންވަނީ 12 ކްލަބެއްގެ ސޮއި

ލީވާން އަލީ
ލީވާން އަލީ | 6 މާރިޗު 2019 | ބުދަ 17:11
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކްލަބްތަކުން ނޫޅޭ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ބުނާގޮތުން އެފްއޭއެމްގެ ފުރިހަމަ މެމްބަރ ކްލަބްތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކޮންމެ ވަގުތަކު ވެސް އެދެވޭނެއެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެދޭތާ 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަކީ މަޖުބޫރު ކަމެކެވެ.

އެގޮތުން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ވިކްޓްރީ ސްޕޯޓްސް ކްލަބުން 15 ކްލަބެއްގެ ސޮޔާއެކު ހުށަހެޅި ނަމަވެސް އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެފްއޭއެމުން ބާއްވާފައެއް ނުވެއެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެފްއޭއެމްއަށް ވިކްޓްރީން ހުށަހެޅި ސިޓީގެ ޖަވާބުގައި އެފްއޭއެމްއިން ބުނީ، ސިޓީގައި ސޮއިކުރި 15 ކްލަބްގެ ތެރެއިން ދެ ކްލަބަކަށް ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންނުވާ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް އީގަލްސްގެ އޮފިޝަލުންނާ އެކު ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، ކްލަބްތަކުގެ ހުށަހެޅުމުގައި ގާނޫނީ އަދަދު ހަމަނުވާ ކަމަށާއި، އެދިފައިވާ ކަމަކީ ވެސް އެފްއޭއެމް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ވިކްޓްރީން ހުށަހެޅި ސިޓީގައި ސޮއިކޮށްފައިވާ ކްލަބްތަކުން އެދިފައިވަނީ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބޭއްވުމަށްޓަކައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ތަން ހަވާލުކުރުމެވެ. ނަމަވެސް ބައްސާމް ވިދާޅުވީ އެއީ ފީފާ އަށް ވެސް ވަކި ހާލަތެއްގައި ކުރެވެން އޮންނަ ކަމެއް ކަމަށާއި، ނަމަވެސް އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ހުށަހަޅައިފި ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާނެ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، ކްލަބްތަކުން ބޭނުންވަނީ ޖޫން މަހު ފެށޭ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ކަމަށާއި، ފުޓްބޯޅަ އާއިލާ އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި އެ ކްލަބްތައް ބޭނުންވަނީ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުގެ ލީޑާޝިޕަށް އެއްބާރުލުން ދޭން ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމުން ބުނީ، ސިޓީގައި ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންވާ 12 ކްލަބުގެ ތެރެއިން ހަތަރު ކްލަބަކުން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލު ކުރުމަށް ކަމަށް ބުނެ، ވަކި ބައެއްގެ ލާބަ އާއި މަންފާއަށްޓަކައި ގާނޫނާއި ހިލާފް އެންމެހައި މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމަށާއި، އެފަދަ އެއްވެސް ކަމެއްގެ އެ ކްލަބުތަކުގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ސިޓީއަކުން އަރުވާފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށާއި، ކްލަބްތަކުން ހުށަހަޅާފައިވާ ސިޓީ އާއި ވިކްޓްރީން ހުށަހެޅި ސިޓީ ފީފާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސޮއި އަނބުރާ ނެގި ކްލަބްތައް މިއަދާ ހަމައަށް ވެސް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2019

ކްލަބްތަކުން އެދޭ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭނެ: އަލީ ވަހީދު

19 ފެބުރުއަރީ 2019
ކްލަބްތަކުން އެދޭ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭނެ: އަލީ ވަހީދު
18 ފެބުރުއަރީ 2019

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާވަރަށް ސޮއި ހަމަނުވޭ: އެފްއޭއެމް

18 ފެބުރުއަރީ 2019
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާވަރަށް ސޮއި ހަމަނުވޭ: އެފްއޭއެމް
15 ފެބުރުއަރީ 2019

ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެ: އެފްއޭއެމް

15 ފެބުރުއަރީ 2019
ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެ: އެފްއޭއެމް
08 ނޮވެމްބަރު 2018

އެފްއޭ ކަޕް ވެސް ނުބާއްވަން އެފްއޭއެމުން ނިންމައިފި

08 ނޮވެމްބަރު 2018
އެފްއޭ ކަޕް ވެސް ނުބާއްވަން އެފްއޭއެމުން ނިންމައިފި
24 އޮކްޓޯބަރު 2018

ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމި ނިންމުން ބަދަލުކުރަން ސުޒޭން ގޮވާލައިފި

24 އޮކްޓޯބަރު 2018
ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމި ނިންމުން ބަދަލުކުރަން ސުޒޭން ގޮވާލައިފި
04 އޮކްޓޯބަރު 2018

ޕްރެސިޑެންޓް ކަޕް ކެންސަލްކޮށް، އަންނަ އަހަރު މާލޭ ލީގު ނުބާއްވަން ނިންމައިފި

04 އޮކްޓޯބަރު 2018
ޕްރެސިޑެންޓް ކަޕް ކެންސަލްކޮށް، އަންނަ އަހަރު މާލޭ ލީގު ނުބާއްވަން ނިންމައިފި
17 ޖުލައި 2017

ގަތަރުގައި ވޯލްޑްކަޕް ބާއްވަން 6 ގައުމަކުން ދެކޮޅުހަދައިފި

17 ޖުލައި 2017
ގަތަރުގައި ވޯލްޑްކަޕް ބާއްވަން 6 ގައުމަކުން ދެކޮޅުހަދައިފި
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
01 މާރިޗު 2017

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް