Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު މި މަހު

ހާލަތާއި ގުޅިގެން ފަސްކުރި އެފްއޭއެމްގެ ކޮންގްރެސް މި މަހު ބާއްވަނީ

ކޮންގްރެސް ބާއްވާނީ އެޗްޕީއޭއިން ލިބެން ޖެހޭ ހުރިހާ ހުއްދަތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 8 ޖޫން 2020 | ހޯމަ 17:25
ްއެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އައު ދައުރަކަށް ކުރިމަތިލާފައި ވަނީ ބައްސާމް އެކަނި

ްއެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އައު ދައުރަކަށް ކުރިމަތިލާފައި ވަނީ ބައްސާމް އެކަނި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބީ ކޮންގްރެސް މި ޖޫން މަހުގެ ތެރޭގައި ބޭއްވުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި ކޮންގްރެސް މި މަހުގެ ތެރޭގައި ބޭއްވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ މާޗު މަހުގެ 20 ވަނަ ދުވަހުގެރޭއެވެ. އެކަމަކު އެ ކޮންގްރެސް ނުބޭއްވުނީ ކޮވިޑް-19ން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުންނެވެ.

އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގެ ނުވަ މަސް ދުވަސް ކުރިން އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކޮންގްރެސް ބާއްވާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލިބެން ޖެހޭ ހުރިހާ ހުއްދަތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމާ ބެހޭ ފަރާތްތަކުގެ އެންގުމާއި އެއްގޮތަށް ކަމަށެވެ.

އެފްއޭއެމްގެ މަގާމުތަކަށް ކުރިމަތިލަން ހުޅުވާލި މުއްދަތު ހަމަވިއިރު ރައީސްގެ މަގާމަށް ބައްސާމް ފިޔަވައި އިތުރު ފަރާތަކުން ކުރިމަތިލާފައިނުވާއިރު، އެފްއޭއެމްގެ ރައީސް ކަމަށް އެހެން ފަރާތަކުން ކުރިމަތިލާފައި ނުވަނީ ކީއްވެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ކޮންމެ ހަތަރު އަހަރަކުން އޮންނާނެކަން އެއީ ކުޅިވަރުގައި އުޅޭ ކޮންމެ މީހަކަށް ވެސް އިނގޭނެ ކަމެއް ކަމަށާއި، އެހެން ކަމުން މަގާމުތަކަށް ކުރިމަތިލާނެ ފަރާތްތަކެއް ނެތީ އެކަމަށް ތައްޔާރުވެފައިވާ ބަޔަކު ނެތުމުން ކަމަށެވެ.

ބައްސާމަށް ތާއީދުކުރާކަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ގްރީން ސްޓްރީޓްސް އަދި ކްލަބު އީގަލްސް ހިމެނޭއިރު، ދެވަނަ ޑިވިޝަނުން ކްލަބު ވެލެންސިއާ އާއި ކްލަބު ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބުވެސް ހިމެނެއެބެ.

އެފްއޭއެމްގެ އިންތިޚާބުގައި ރައީސް ކަމަށް ކުރިމަތިލާ ކެންޑިޑޭޓް، ހިންގާ ކޮމިޓީގެ އެހެން މަގާމުތަކަށް މެމްބަރުން ނޮމިނޭޓްކުރާއިރު، ވޯޓަށް އަހާނީ ޓީމެއްގެ ގޮތުގައެވެ. އެފްއޭއެމްގެ ސީނިއާ ނައިބު ރައީސްގެ މަގާމަށް ބައްސާމް ހުށަހަޅާފައިވަނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބު ރައީސަކަށް ހުށަހެޅުއްވީ މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ގެ ނަމެވެ.

ހިންގާ ކޮމިޓީގެ އާންމު މެމްބަރުންގެ މަގާމުތަކަށް ހުށަހެޅުއްވީ މިހާރުގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި، މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި، ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި، އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) ގެ އިތުރުން މުހައްމަދު ޝިފާއުގެ ނަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!

ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!

12 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު