Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

އެމެރިކާގެ 12 އަށްވުރެ ގިނަ ސްޓޭޓެއްގެ ގަވަރުނަރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި، ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާފަ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 09:10
ނިއުޔޯކަށް ބޯކޮށް ސްނޯ އާއި ގަނޑުފެން ފައިބަނީ.

ނިއުޔޯކަށް ބޯކޮށް ސްނޯ އާއި ގަނޑުފެން ފައިބަނީ. | އޭޕީ ފޮޓޯ

އެމެރިކާގެ ބޮޑު ސަރަހައްދަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ފިނި ތޫފާނާ ގުޅިގެން، މި ހަފުތާ ބަންދުގައި އޮޕަރޭޓް ކުރަން ހަމަޖެހިފައިވާ 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި އެވެ. މި ތޫފާނުގެ ސަބަބުން ބޯކޮށް ސްނޯ ފޭބުމާއި، ޓެކްސަސް އިން ފެށިގެން ނޯތު ކެރޮލައިނާއާ ހަމައަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ގަނޑުފެނުގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފްލައިޓްތަކުގެ ތަފާސްހިސާބު ބަލަހައްޓާ 'ފްލައިޓް އެވެއަރ' ވެބްސައިޓުން ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހު އެކަނިވެސް 3,400 އަށްވުރެ ގިނަ ފްލައިޓް ލަސްވެ ނުވަތަ ކެންސަލްވެފައިވެ އެވެ. އަދި އާދިއްތަ ދުވަހު 5,000 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

ނިއު މެކްސިކޯ އިން ފެށިގެން ނިއު އިންގްލެންޑާ ހަމައަށް ގާތްގަނޑަކަށް 140 މިލިއަން މީހުންނަށް މި ތޫފާނުގެ އިންޒާރު ނެރެފައިވެ އެވެ. މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މި ތޫފާނުގެ ސަބަބުން ލިބޭ ގެއްލުންތައް، ޚާއްޞަކޮށް ގަނޑުފެން ފައިބާ ސަރަހައްދުތަކުގައި، ބާރުގަދަ 'ހަރިކޭން' އެއްގެ ގެއްލުންތަކާ އެއްވަރުވުން އެކަށީގެންވެ އެވެ.

މޫސުމާ ބެހޭ މާހިރެއް ކަމަށްވާ ޖޭކޮބް އެޝާމަން ރޮއިޓާސް ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ މި ސީޒަނުގައި މިހާތަނަށް ކުރިމަތިވި އެންމެ ބާރުގަދަ އަދި އެންމެ ފުޅާ ސަރަހައްދަކަށް އަސަރުކުރާނެ ތޫފާނެވެ. ޑޭކޯޓާސް އަދި މިނެސޯޓާ ފަދަ ސަރަހައްދުތަކުގައި ފިނިމިން މައިނަސް 45 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށަށް ގޮސްފައިވާއިރު، އެކަށީގެންވާ ރައްކާތެރި ހެދުން ނާޅައި ބޭރުގައި އުޅުމަކީ ވަރަށް އަވަހަށް ހަށިގަނޑުގެ ފިނިމިން ދަށްވެ، ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ލޫސިއާނާ، މިސިސިޕީ އަދި ޓެނެސީ ފަދަ ސްޓޭޓްތަކަށް މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެ އެވެ. މި ސަރަހައްދުތަކުގައި ބޯކޮށް ގަނޑުފެން ފޭބުމުގެ ސަބަބުން ގަސްގަހާގެއްސަށާއި، ކަރަންޓުލައިންތަކަށާއި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު ވަނީ ހީވެފަ އެވެ.

އެމެރިކާގެ 12 އަށްވުރެ ގިނަ ސްޓޭޓެއްގެ ގަވަރުނަރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި، ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާފަ އެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވަނީ މަގުތަކުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަމުންދާ ކަމަށާއި، ވީވަރަކުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް އެދިވަޑައިގެންފަ އެވެ. ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކުން ވެސް ދަނީ ކަރަންޓު މެދުކެނޑިދާނެ ހާލަތަކަށް ތައްޔާރުވަމުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި، ސަރުކާރުން ދަނީ ސްޓޭޓްތަކުގެ އިސްވެރިންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ އޮތީ މި ހާލަތަށް އިޖާބަ ދިނުމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތޫފާނަކީ ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ނިއު ޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީ އަށް ކުރިމަތިވާނެ ފުރަތަމަ ބޮޑު އިމްތިހާނެވެ. އޭނާ ވިދާޅުވި ގޮތުގައި، އާދިއްތަ ދުވަހު ވެހޭނެ ކަމަށް ބެލެވޭ ބޯ ސްނޯއާ ކުރިމަތިލުމަށް ސިޓީގެ ކަމާ ބެހޭ މުވައްޒަފުން ވަނީ "ގައުމުގެ އެންމެ ބޮޑު ސްނޯއާ ދެކޮޅަށް މަސައްކަތްކުރާ ފައުޖަށް" ބަދަލުވެ، ފުރިހަމައަށް ތައްޔާރުވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާޓެކްސަސްނޯތު ކެރޮލައިނާރައީސް ޑޮނަލްޑް ޓްރަމްޕްޒޮހްރާން މަމްދާނީނިއުޔޯކްމޫސުން ގޯސްވުން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު

އިޒްރޭލުން ބަލަނީ އީރާން އަށް ހަމަލާ ދޭނެ ފުރުސަތަކަށް: ތުރުކީގެ ފޮރިން މިނިސްޓަރު

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު